03 ޖުލައި 2016
ހަވީރު" ނޫހާއި އެ ނޫހުގައި މިދިޔަ ފެބްރުއަރީ މަހާ ހަމަ އަށް މަސައްކަތް ކުރި އެއްވެސް މީހަކު އެހެން މީީޑިއާއެއްގައި މިއަދުން ފެށިގެން ދެ އަހަރު ވަންދެން މަސައްކަތް ކުރުން މަނާކޮށް، އެކަން ހުއްޓުވަން ހޯމް މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން އަމުރުކުރި ނަމަވެސް، އެ މުވައްޒަފުން ހުއްޓުވޭނެ ގޮތެއް ނެތް ކަމަށް އެ މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓަރު އަދި ބަންޑާރަ ނައިބު މުހައްމަދު އަނިލް މިރޭ ވިދާޅުވެއްޖެ އެވެ.
ހަވީރު" ނޫހާއި އެ ނޫހުގައި މިދިޔަ ފެބްރުއަރީ މަހާ ހަމަ އަށް މަސައްކަތް ކުރި އެއްވެސް މީހަކު އެހެން މީީޑިއާއެއްގައި މިއަދުން ފެށިގެން ދެ އަހަރު ވަންދެން މަސައްކަތް ކުރުން މަނާކޮށް، އެކަން ހުއްޓުވަން ހޯމް މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން އަމުރުކުރި ނަމަވެސް، އެ މުވައްޒަފުން ހުއްޓުވޭނެ ގޮތެއް ނެތް ކަމަށް އެ މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓަރު އަދި ބަންޑާރަ ނައިބު މުހައްމަދު އަނިލް މިރޭ ވިދާޅުވެއްޖެ އެވެ.
"މިހާރު" ން ދެންނެވި ސުވާލަކާ ގުޅިގެން އަނިލް ވިދާޅުވީ "ހަވީރު"ގެ ކުރީގެ މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތް ކުރި ނަމަވެސް، "މިހާރުގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ތެރެއިން އެއްވެސް މުވައްޒަފަކާ މެދު އެޅިދާނެ އަދި އެޅޭނެ ފިޔަވަޅެއް ނެތް" ކަމަށެވެ.
"މިއީ މަދަނީ މައްސަލައެއް ކަމަށްވާއިރު، އެ މައްސަލައެއް އިސްތިއުނާފު ކުރުމަކީ މައްސަލަ ރައްދުވާ ފަރާތްތަކުގެ ކަމެއް. އެކަމަކު ހޯމް މިނިސްޓްރީގެ މައްޗަށް ކަމެއް އައީމާ އަޅުގަނޑަށް ފެންނަން އޮތް ގޮތަކީ، ހަވީރުގެ ކުރީގެ މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތް ކުރިޔަސް މިހާރުގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ތެރެއިން އެޅޭނެ އަދި އެޅިދާނެ ފިޔަވަޅެއް ނެތް ކަން،" ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ވެސް ވާހަކަ ދައްކަވަމުން އަނިލް ވިދާޅުވި އެވެ.
މި މައްސަލާގައި އިތުރަށް އަނިލް އެއްޗެއް ވިދާޅެއް ނުވެ އެވެ.
ސިވިލް ކޯޓުގެ އަމުރުގައި ވަނީ ހަވީރުގެ ކުރީގެ މުވައްޒަފުން، އެހެން މީޑިއާއެއް ނުވަތަ އެހެން މީޑިއަކާ ގުޅުން ހުރި ތަނެއްގައި މަސައްކަތް ކުރާ ކަމަށް ހަވީރު ނިއުސް އެޖެންސީގެ މެޖޯރިޓީ ހިއްސާދާރުންނަށް ފެނިއްޖެ ނަމަ، އެކަން ހޯމް މިނިސްޓްރީ އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ނުވަތަ ދައުލަތުގެ ކަމާއި ގުޅޭ މުއައްސަސާއަކަށް ހުށަހަޅައި، އެ މުއައްސަސާތަކުން ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަން އަމުރުކޮށްފަ އެވެ.
އެގޮތަށް ކޯޓުން އަމުރުކުރީ ހަވީރު ނިއުސް އޭޖެންސީގެ ތިން ހިއްސާދާރުން ކަމަށްވާ އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަނާއި މުހައްމަދު ނައީމްގެ ފަރާތުން ހަވީރު ނޫހުގެ ކުރީގެ މަސްއޫލުވެރިޔާ މުހައްމަދު ޒާހިރު ހުސައިނާ ދެކޮޅަށް ހުށަހެޅި މައްސަލައިގަ އެވެ. އެ ތިން މީހުންގެ ފަރާތުން ދައުވާ ކޮށްފައި އޮތީ "ހަވީރު" ނޫސް ހިންގައިގެން މިހާތަނަށް ލިބުނު ފައިދާގެ ތެރެއިން އެ ތިން މީހުންނަށް ލިބެން ޖެހޭ މިންވަރު ކޯޓު މެދުވެރިކޮށް ހޯދައިދިނުމަށާއި ހަވީރު ނޫސް ހިންގުމުގައި ބައިވެރިވެވޭނެ ގޮތް ހަދައިދިނުމަށެވެ.
"ހަވީރު" އޮފީސް ހިންގި އިމާރާތް: "ހަވީރު"ގައި މަސައްކަތްކުރި މުވައްޒަފުން އެހެން މީޑިއާއެއްގައި ދެ އަހަރު ވަންދެން މަސައްކަތް ނުކުރެވޭ ގޮތަށް ސިވިލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައި.
"ހަވީރު"ގައި މަސައްކަތް ކުރި މީހުންނާ މެދު ފިޔަވަޅެއް އެޅުމަށް، އެ ދައުވާގައި އެދިފައި ނެތަސް، ކޯޓުން ހުކުމް ކުރި އިރު އޮތީ މުވައްޒަފުންގެ މައްޗަށް ވެސް އަމުރު ކޮށްފަ އެވެ.
މީގެ އިިތުރުން "ހަވީރު" ގެ މެޖޯރިޓީ ހިއްސާދާރުން ކަނޑައަޅާ ގޮތެއްގެ މަތިން ވިޔަފާރި ކުރި އަށް ގެންދިއުމަށާއި އެ ވިޔަފާރި އޮޑިޓްކޮށް، އެ ވިޔަފާރިން ރަޝީދު މޫސާ އާއި ފާރޫގާއި ނައީމަށް ލިބެންޖެހޭ ހައްގުތައް އެ މީހުންނަށް ދިނުމަށް ވެސް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. "ހަވީރު" ނޫހާއި އޮންލައިނާއި ހަވީރުގެ ވިޔަފާރީތައް މިހާރު އޮތީ ޒާހިރު ހުސައިންގެ ތިން ދަރިންގެ ނަމުގައި އޮތް ހަވީރު މީޑިއާ ގްރޫޕްގެ ނަމުގައި ކަމަށް ވިޔަސް، ރަޝީދު މޫސާ އާއި ފާރޫގާއި ނައީމް ކަނޑައަޅާ ގޮތެއްގެ މައްޗަށް އެ ވިޔަފާރި ބަދަލު ކޮށްދޭން ވެސް އެ ހުކުމުގައިވަނީ އަންގައިފަ އެވެ. ރަޝީދު މޫސާ އާއި ފާރޫގާއި ނައީމް އުފެއްދި "ހަވީރު ނިއުސް އޭޖެންސީ" ގައި ޒާހިރު ހުސައިން ހިމެނިފައި ނުވިޔަސް، ހައި ކޯޓުން މިދިޔަ އަހަރު ނިންމާފައިވަނީ އެ އޭޖެންސީގައި ޒާހިރު ވެސް ހިމެނޭ ކަމަށާއި ޒާހިރުގެ މަސްއޫލުވެރިކަމުގެ ދަށުގައި ރަޖިސްޓްރީކޮށްފައި އޮތް ހަވީރަކީ، އެ އޭޖެންސީގެ މިލްކެއް ކަމަށެވެ. "ހަވީރު" ހުއްޓާލި އިރު އެތަނުގައި މަސައްކަތްކުރި ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުން ދަނީ "މިހާރު" ނޫހުގަ އެވެ.
ހުކުމްތަކުގެ ތެރެއިން މިއީ ވަރުގަދަ ހުކުމެއް!
އަނިލްގެ ވާހަކަ ތަކަށް ސިވިލް ކޯޓުން ގޮންޖަހައިފި
"ހަވީރު"ގެ ހުކުމާ މެދު ހައިރާންވޭ، ފިޔަވަޅެއް ނޭޅޭނެ
ހަވީރުގެ މުވައްޒަފުންގެ މައްސަލައަށް އެމްއެމްސީ ވަންނަނީ
އަނިލްގެ ނިންމެވުމަށް ޝިފާގްގެ ތައުރީފު
"ކޯޓުތައް މެދުވެރިކޮށް ދަނީ މީޑިއާ އިނދަޖައްސާލަމުން"
ހަވީރުގެ ހުކުމަށް ކުރީގެ ފަނޑިޔާރަކު ފާޑު ވިދާޅުވެއްޖެ
"ހަވީރު" އަކީ ޑރ.ޒާހިރުގެ މިލްކެއް: ސުޕްރީމް ކޯޓު
އެންމެ މުހިއްމު ވާންޖެހޭނީ ނޫސްވެރިކަމުގެ މިނިވަންކަން
"ބިލުން ނޫސްވެރިކަމަށް ހުރަސް ނޭޅޭނެކަމުގެ ޔަގީންކަން ދޭ"