Roadha Mihaaru
އުރީދޫއަށް ލިބުނު ފައިދާ ހަ ޕަސެންޓް އިތުރުވެއްޖެ

އުރީދޫއަށް މިދިޔަ ކުއާޓަރުގައި ލިބުނު ފައިދާ ހަ ޕަސެންޓް އިތުރުވެއްޖެ

31 އޮކްޓޯބަރ 2017

ރޯމިން އާއި ޑޭޓާ އިން ލިބުނު އާމްދަނީ އިތުރުވެ، އުރީދޫއަށް މިދިޔަ ކުއާޓަރުގައި ލިބުނު ފައިދާ އޭގެ ކުރީ އަހަރުގެ އެ މުއްދަތަށް ވުރެ ހަ ޕަސެންޓް އިތުރުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރޯމިން އާއި ޑޭޓާ އިން ލިބުނު އާމްދަނީ އިތުރުވެ، އުރީދޫއަށް މިދިޔަ ކުއާޓަރުގައި ލިބުނު ފައިދާ އޭގެ ކުރީ އަހަރުގެ އެ މުއްދަތަށް ވުރެ ހަ ޕަސެންޓް އިތުރުވެއްޖެ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ގަތަރުގެ ކުންފުނިން ނެރުނު މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި 450 މިލިއަން ރުފިޔާ ލިބުނުއިރު ސާފު ފައިދާގެ ގޮތުގައި 136 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 441 މިލިއަން ރުފިޔާ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 134 މިލިއަން ރުފިޔާ އެވެ.

އުރީދޫއަށް މިދިޔަ ކުއާޓަރުގައި ހިންގުމުގެ ހަރަދަށް 229.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން 160.8 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. ޓެކްސްގެ ގޮތުގައި އެ ކުންފުނިން 24.6 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އުރީދޫގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 13 ޕަސެންޓްގެ ކުރިއެރުމެކެވެ.