Roadha Mihaaru
އުރީދުއަށް ފައިދާގެ ގޮތުގައި 140.8 މިލިއަން ރުފިޔާ

އުރީދުއަށް ފަހު ކުއާޓަރުގައި ފައިދާގެ ގޮތުގައި 140.8 މިލިއަން ރުފިޔާ ލިބިއްޖެ

30 ޖެނުއަރީ 2018

އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 140.8 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 140.8 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ކުންފުނިން މިއަދު ނެރުނު މާލީ ހިސާބުތައް ދައްކާ ގޮތުން 472.4 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައި ވެ އެވެ. އެއީ އޭގެ ކުރީގެ ކުއާޓަރަށް ވުރެ ފަސް ޕަސެންޓް އިތުރު އަދަދެކެވެ.

އުރީދުއަށް މިދިޔަ ކުއާޓަރުގައި ޚަރަދުތައް ކަނޑައި، ހިންގުމުގެ ފައިދާގެ ގޮތުގައި 176.5 މިލިއަން ރުފިޔާ ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބިފައި ވަނީ 173.4 މިލިއަން ރުފިޔާ އެވެ. އުރީދޫން ޓެކްސްގެ ގޮތުގައި 32.5 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

އެ ކުންފުނީގައި ވަތަނިއްޔާ އިންޓަނޭޝަނަލްގެ 90.5 ޕަސެންޓް ހިއްސާ އޮންނައިރު، މިދިޔަ އަހަރު ދިވެހިންނަށް 9.5 ޕަސެންޓް ހިއްސާ ވިއްކާފައިވެ އެވެ.