މޮބައިލް ޑޭޓާ އާއި ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތުން ލިބުނު އާމްދަނީ އިތުރުވުމުން ދިރާގަށް މިދިޔަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 210.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
31 އޮކްޓޯބަރ 2017
މޮބައިލް ޑޭޓާ އާއި ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތުން ލިބުނު އާމްދަނީ އިތުރުވުމުން ދިރާގަށް މިދިޔަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 210.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ބަހުރެއިންގެ ބަޓެލްކޯ އާއި ދިވެހި ސަރުކާރު އަދި ރައްޔިތުން ހިއްސާވާ މުއާސަލާތީ ކުންފުނިން އާއްމުކުރި މިދިޔަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި 652 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ ކުއާޓަރަށްވުރެ ހަތަރު ޕަސެންޓް އިތުރު އަދަދެކެވެ.
ރާއްޖޭގައި އެންމެ ދާއިރާގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރަށް ވުރެ ތިން ޕަސެންޓް އިތުރުވެފައިވެ އެވެ. އަދި މިއަހަރުގެ ދެވަނަ ކުއާޓަރަށް ވުރެ އެއް ޕަސެންޓް އިތުރުވެފައިވެ އެވެ.
އެ ކުންފުނިން މިދިޔަ ކުއާޓަރުގައި ކުންފުނީގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި 453 މިލިއަން ރުފިޔާ ބަހާފައިވެ އެވެ.
ދިރާގުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި ހިންގުމުގެ ހަރަދުގެ ގޮތުގައި 327 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ޓެކްސްގެ ގޮތުގައި 37.1 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
އެ ކުންފުނީގެ ހިއްސާއަކަށް ފައިދާގެ ގޮތުގައި ތިންވަނަ ކުއާޓަރުގައި ޖެހިފައި ވަނީ 2.77ރ. އެވެ.
ދިރާގަށް 234 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ
ދިރާގު ދިވެހިންގެ ހިދުމަތުގައި 29 އަހަރު
ސެމްސަންގުގެ އާ ފޯނުތައް ދިރާގުން ތައާރަފުކޮށްފި
ދިރާގަށް 30: ދިވެހިންގެ ދިރިއުޅުން ބަދަލުކޮށްލި
ދިރާގު: މިއީ ދިވެހިންގެ ކާމިޔާބު ކުންފުންޏެއް
ދިރާގަށް 209 މިލިއަން ރުފިޔާގެ ފައިދާއެއް
ދިރާގުން ހިއްސާދާރުންނަށް 452 މިލިއަން ރުފިޔާ ބަހަނީ
ދިރާގުގެ އާ ބަދަލު: "ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅި"
ސެމްސަންގްގެ އެންމެ ފަހުގެ ފޯނު އަންނަ މަހު ނެރެނީ
ދިރާގުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 8.45ރ.