Roadha Mihaaru
ދިރާގުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 8.45ރ.

ދިރާގުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 8.45ރ ބަހަން ފާސްކޮށްފި

20 އެޕްރީލް 2017

ދިރާގުގެ މިދިޔަ އަހަރުގެ ސާފު ފައިދާ އިން ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 8.45ރ ބަހަން އެ ކުންފުނީ އަހަރީ އާއްމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ދިރާގުގެ މިދިޔަ އަހަރުގެ ސާފު ފައިދާ އިން ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 8.45ރ ބަހަން އެ ކުންފުނީ އަހަރީ އާއްމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.

ނެޝަނަލް އާޓްގެލެރީގައި ބޭއްވި ދިރާގުގެ 28 ވަނަ އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 642 މިލިއަން ރުފިޔާ ބަހަން ވަނީ 25 ވޯޓުން ފާސްކޮށްފަ އެވެ. އެއާއެކު ޖުމްލަ ޑިވިޑެންޑްގެ ގޮތުގައި 1.09 ބިލިއަން ރުފިޔާ ހިއްސާދާރުންނަށް ލިބިގެންދާނެ އެވެ.

ދިރާގުގެ އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ޗެއާޕާސަން މުހައްމަދު އަޝްމަލީ މިރޭ ވާހަކަ ދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

ދިރާގުގެ އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ޗެއާޕާސަން މުހައްމަދު އަޝްމަލީ މިރޭ ވާހަކަ ދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

ދިރާގުގެ ޑިވިޑެންޑްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ބަހަނީ އޭގެ ކުރީ އަހަރުތަކުގެ ރިޒާވްގެ ބައެއް ހިމަނައިގެންނެވެ. ދިރާގަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 840 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 16 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ވަނީ މިދިޔަ އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި 450 މިލިއަން ރުފިޔާ ބަހައިފަ އެވެ. އެގޮތުން ހިއްސާއަކަށް 5.92ރ ބެހި އެވެ.

މިރޭ ބަހަން ފާސްކުރި 8.45ރ. އާއެކު މިދިޔަ އަހަރު އެ ކުންފުނީގެ ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް ޖުމްލަ 14.37ރ. ލިބޭނެ އެވެ.

ދިރާގުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންނާއި ކުންފުނީގެ އިސްވެރިން މިރޭ ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ނިޝާން އަލީ /މިހާރު

ދިރާގުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންނާއި ކުންފުނީގެ އިސްވެރިން މިރޭ ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ނިޝާން އަލީ /މިހާރު

ދިރާގަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 840 މިލިއަން ރުފިޔާ ލިބުނުއިރު، ޖުމްލަ އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރަށްވުރެ 226 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ރިޕޯޓްގައިވާ ގޮތުން އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ މޯބައިލް ފޯނު ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެ، ހައި ސްޕީޑް ޑާޓާ އަދި އިތުރު ހިދުމަތްތައް ބޭނުންކުރި މިންވަރު އިތުުރުވުމުން ކަމަށެވެ.