ވޮޝިންޓަން (ނޮވެމްބަރު 3) - ނިއު ޔޯކުގައި ޓްރަކަކުން ޖައްސާ، އަށް މީހުން މަރާލި މީހާ އަށް މަރުގެ އަދަބު ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.
03 ނޮވެމްބަރ 2017
ވޮޝިންޓަން (ނޮވެމްބަރު 3) - ނިއު ޔޯކުގައި ޓްރަކަކުން ޖައްސާ، އަށް މީހުން މަރާލި މީހާ އަށް މަރުގެ އަދަބު ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.
ނިއު ޔޯކުގައި ބައިސްކަލް ދުއްވާ މަގަކަށް ބާރު ސްޕީޑުގައި ޓްރަކް ވައްދާ އެކްސިޑެންޓްކޮށްފައި ވަނީ އުޒްބެކިސްތާނުން އެމެރިކާ އަށް ހިޖުރަކޮށްފައިވާ ސައިފުﷲ ސައިޕޯވް ކިޔާ 29 އަހަރުގެ މީހެކެވެ. ޓްރަމްޕް ކުރިން ވަނީ އޭނާ ގުއަންޓަނާމޯ ޖަލަށް ފޮނުވުމަށް ވެސް ގޮވާލައްވައިފަ އެވެ. ނަމަވެސް ފަހުން ވަނީ އެއީ މާދިގު ޕްރޮސެސްއަކަށް ވާނެތީ އޭނާ އަށް މަރުގެ އަދަބު ދޭން އެދިވަޑައިގެންފަ އެވެ. ޓްރަމްޕް ކުރިން ވަނީ ނިއު ޔޯކުގައި މަރުގެ އަދަބު ތަންފީޒު ނުކުރި ނަމަވެސް ސައިފުﷲ އަށް މަރުގެ އަދަބު ދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕް އެހެން ވިދާޅުވުމުން ބައެއް ގާނޫނީ މާހިރުން ވަނީ އެއީ ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ ދަރަޖައިގައި ބެލެވިދާނެ ކަމެއް ކަމަށް ބުނެފަ އެވެ.
ފުލުހުންގެ ތަހުގީގުގައި ސައިފުﷲ ވަނީ އޭނާ އަށް ކުރެވުނު ކަންތަކާ އުފާކުރާ ކަމަށާއި އޭނާ ބޭނުންވީ ހެލޮވީން ޕެރޭޑް ކުރިއަށްދާ އިރު ޓްރަކުން ޖައްސާ ވީހާވެސް ގިނަ މީހުން މަރާލަން ކަމަށް ބުނެފަ އެވެ.
ސައިފުﷲ ވެހިކަލުން ފޭބިތަނުން ފުލުހުން ވަނީ ބަޑިޖަހާ އޭނާ ހައްޔަރުކޮށްފަ އެވެ. ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ފްރޮޅުލީ ގޮނޑިއެއްގައި އޭނާ އިއްޔެ ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ. ސައިފުﷲ ބުނެފައި ވަނީ އޭނާ އަށް ހިތްވަރު ލިބިފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފަރާތުން ކަމަށެވެ. އޭނާ ދުއްވި ވެހިކަލުގައި އައިއެސްގެ ދިދައެއް ހަރުކުރަން ބޭނުންވި ކަމަށް ވެސް ބުންޏެވެ. އަދި ހޮސްޕިޓަލުގައި އޭނާ އޮންނަ ކޮޓަރީގައި އައިއެސްގެ ދިދައެއް ބަހައްޓައިދޭން ވަނީ އެދިފަ އެވެ. ސައިފުﷲ ގެ ފޯނުން ވަނީ 3،800 އަށް ވުރެ ގިނަ އައިއެސްގެ ޕްރޮޕަގެންޑާ މެސެޖް ފެނިފަ އެވެ. ނިއު ޔޯކުގައި ދިން ހަމަލާއާ ގުޅިގެން އައިއެސް އިން މިހާތަނަށް އެއްވެސް ވާހަކައެއް ބުނެފައެއް ނުވެ އެވެ.
އެމެރިކާ ޑަބްލިޔުއެޗްއޯއިން ވަކިވެ ބޮޑެތި ނިންމުންތަކެއް
ބަލައިގަންނާނީ 'ދެ ޖިންސު' އެކަނި: ޓްރަމްޕް
ޓްރަމްޕް އެނބުރި ވެރިކަމަށް
ޓްރަމްޕުގެ ވައުދާއެކު އެމެރިކާއަށް ޓިކްޓޮކް އަލުން ދީފި
މަހުޖަނުންގެ ނުފޫޒުން ގައުމު ސަލާމަތްކުރާތި: ބައިޑެން
ޓްރަމްޕް: އަލިފާން ނިއްވާނުލެވޭ، މިއީ ކޮން ބައެއް؟
ޓްރަމްޕަށް ސާބިތުވި ކުށަށް އަދަބު ނުދޭން ހުކުމްކޮށްފި
ޓްރަމްޕަށް އަދަބު ދިނުން ހުއްޓުވަން ސުޕްރީމް ކޯޓަށް
ޓްރަމްޕުގެ އިންޒާރެއް: ޕެނަމާ ކެނަލް އަތުލަންޖެހިދާނެ
ޑޮލަރަށް ބަރޯސާވުން ކުޑަކުރާތީ ޓްރަމްޕްގެ އިންޒާރެއް