05 ނޮވެމްބަރ 2017
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން އަލަށް ތައާރަފްކުރާ 17 ޕްރޮގްރާމަކާ އެކު، އަންނަ އަހަރުގެ ކޯސްތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން އަލަށް ތައާރަފްކުރާ 17 ޕްރޮގްރާމަކާ އެކު، އަންނަ އަހަރުގެ ކޯސްތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އިއުލާންކުރީ ސެޓްފިކެޓް ލެވެލް އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް، ފަސް ދާއިރާއަކުން ޖުމްލަ 50 ކޯހެވެ. ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ޑިސެމްބަރު 14 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
އަންނަ ޖެނުއަރީގައި އަލަށް ފަށާ ކޯސްތައް ލޯންޗުކޮށްދެއްވުމަށް ފަހު ވާހަކަދައްކަވަމުން އެ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އަރަބި ކޯސްތަކަކީ ރާއްޖެއަށާއި އައިޔޫއެމަށް ވެސް އާ ކޯސްތަކެއް ކަމަށެވެ. އެގޮތުން އެ ކޯސްތަކުގައި ކިޔަވައިދޭން ހާއްސަކޮށްގެން ފޮތްތަކެއް ތައްޔާރުކުރަމުން އަންނަކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އަދި ކިޔެވުން ފެށުމުގެ ކުރިން އޭގެ ތެރެއިން 43 ފޮތް ސެޓު ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިޔޫއެމް އިން އަންނަ އަހަރު ފަށާ ކޯސްތަކުގެ މައުލޫމާތު ދޭން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޔުނިވާސިޓީގެ އިސް ބޭފުޅުން ބައިވެރިވެވަަޑައިގަންނަވަނީ.--ފޮޓޯ: އައިޔޫއެމް
"އަޅުގަނޑުމެން އަމިއްލައަށް އަދި މުޅިން އާ އަރަބި ކޯސްތަކެއް މި ހިންގަނީ. އެ ކޯސްތައް ހިންގުމަށް ފޮތްތައް ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަ ދޭ. އެ ފޮތުގައި ރާއްޖޭގެ ތާރީހާއި ރާއްޖޭގެ މާހައުލާ ބެހޭ ވަރަށް މުހިއްމު މައުލޫމާތުތައް ހުންނާނެ،" ޝަހީމް ވިދާޅުވި އެވެ.
އައިޔޫއެމް އިން ފަށާ ކޯސްތަކުގެ ތެރޭގައި ނޫސްވެރިކަމާއި ހާރިޖީ ގުޅުންތަކާ ގުޅޭ އަރަބި ކޯހާއި ޓޫރިޒަމާއި ބިޒްނަސް އަދި މާކެޓިންނާ ގުޅުން ހުރި އަރަބި ކޯސްތައް ހިމެނެ އެވެ. އޭގެ އިތުރުން ޕްރައިމަރީ ޓީޗިންނާއި ލޯކަލް ގަވަނެންސްއާ ގުޅުން ހުރި ކޯސްތައް ވެސް ފަށަން ވަނީ ހަމަޖައްސައިފަ އެވެ.
ޖެނުއަރީގައި ފަށާ ކޯސްތަކުން 1500 ދަރިވަރުންނަށް ޖާގަ ލިބޭނެ އެވެ.
ޗާންސެލަކަމުން އިސްތިއުފާ ނުދިނުމުން ޝަހީމަށް ފާޑުކިއުން
އައިޔޫއެމްގެ ކޯސްތަކަށް ރެކޯޑު އަދަދަކަށް ދަރިވަރުން
ތިން ސަރަހައްދެއްގައި އައިޔޫއެމްގެ ކެމްޕަސް އަޅަނީ
އައިޔޫއެމްގެ ރިސާޗް ކޮންފަރެންސް ފަށައިފި
އައިޔޫއެމް ތަރައްގީކުރަން ސައޫދީން އެހީވަނީ
އައިޔޫއެމް ހިންގުމަށް ވައިސް ޗާންސެލާއެއް ހަމަޖައްސައިފި
އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ސައުދީގައި
އައިޔޫއެމް-މަދީނާ ޔުނިވަސިޓީ ގުޅިގެން މަސައްކަތް ކުރަނީ
މާލި ނިޒާމެއް ނެތި ޔުނިވަސިޓީ ތަރައްގީއެއް ނުވާނެ
ކޮރަޕްޝަން ހުއްޓުވޭނެ ގޮތް ހޯދަންޖެހޭ: އާދަމް ޝަރީފް