06 ނޮވެމްބަރ 2017
ރިޔާޒް (ނޮވެމްބަރު 6) - ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި ސައުދީ އަރަބިއާގެ ޕްރިންސަކު އަވަހާރަވެފައިވާ ކަމަށް އަލް އަޚްބާރިއްޔާ ޓީވީ ޗެނަލުން ބުނެފި އެވެ.
ރިޔާޒް (ނޮވެމްބަރު 6) - ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި ސައުދީ އަރަބިއާގެ ޕްރިންސަކު އަވަހާރަވެފައިވާ ކަމަށް އަލް އަޚްބާރިއްޔާ ޓީވީ ޗެނަލުން ބުނެފި އެވެ.
ހެލިކޮޕްޓަރު ވެއްޓިފައި ވަނީ ސައުދީގެ ދެކުނުން ޔަމަނުގެ ބޯޑަރު ކައިރިއަށެވެ. މި ހާދިސާގައި އަވަހާރަވި ޕްރިންސަކީ އާސިރް ޕްރޮވިންސްގެ ގަވަރްނަރު އަދި ކުރީގެ ވަލީ އަހުދު މުގްރިން ބިން އަބްދުލް އަޒީޒްގެ ދަރިކަލެކެވެ.
ހެލިކޮޕްޓަރު ވެއްޓެން ދިމާވި ސަބަބެއް ޓީވީން ބުނެފައެއް ނުވެ އެވެ. އަދި ހެލިކޮޕްޓަރުގައި ތިބި އެހެން އޮފިޝަލުންނާ ބެހޭ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.
ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި ޕްރިންސަކު އަވަހާރަވެފައިވާ އިރު ސައުދީ އަރަބިއާގައި ހޮނިހިރު ދުވަހު ވަނީ ބައެއް ވަޒީރުން މަގާމުން ދުރުކޮށް ކޮރަޕްޝަނުގެ ތުހުމަތުގައި ގިނަ އަދަދެއްގެ ޕްރިންސުން ހައްޔަރުކޮށްފަ އެވެ. އަދި މި ހާދިސާ ހިނގާފައި ވަނީ ޔަމަނުގެ ހޫތީން ރިޔާޒަށް ފޮނުވި މިސައިލް ހަމަލާއެއް ނާކާމިޔާބުކޮށްލާފައި ވަނިކޮށެވެ. ހޫތީގެ ލީޑަރުން ހައްޔަރު ކުރަން އެހީވާ ބަޔަކަށް 30 މިލިއަން ޑޮލަރު ދޭނެ ކަމަށް ސައުދީން ވަނީ އިއުލާންކޮށްފަ އެވެ.
ސައުދީ ޝާހީ އާއިލާގެ އިސް މެމްބަރުންތަކެއް ހައްޔަރުކޮށްފި
ސައުދީ ޝާހީ އާއިލާގެ އެލަވަންސް ބޮޑު ކުރަނީ
ޖަލަކަށް ހެދި ސައުދީ ރިޒް ކާލްޓަން ހޮޓާ ގެސްޓުންނަށް ހުޅުވާލަނީ
އިހްތިޖާޖް ކުރި ސައުދީ ޕްރިންސުންތަކެއް ހައްޔަރުކޮށްފި
ސައުދީން ހައްޔަރު ކުރި ގިނަ ޕްރިންސުން ދޫކޮށްލަނީ
އެއް ބިލިއަން ޑޮލަރުގެ ޑީލަކަށް ޕްރިންސަކު ދޫކޮށްލައިފި
ސައުދީ ރިޒް ކާލްޓަން ހޮޓާ: ޕްރިންސުންގެ ޖަލަކަށް
ސައުދީ ޕްރިންސުންނަށް ހިމާޔަތް ދޭން ހޫތީން ހުށަހަޅައިފި
ބަންދުގައި ހުރި އެއްވެސް ޕްރިންސެއް އަވަހާރައެއް ނުވޭ
ސައުދީން ހައްޔަރުކުރި ވިޔަފާރިވެރިންނަކީ ކޮންބައެއް؟