15 ޖެނުއަރީ 2018
ރިޔާޒް (ޖެނުއަރީ 15) - ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރު ކުރި ސައުދީ ބިލިއަނަރުންނާއި ކުރީގެ ވަޒީރުންނާއި ޕްރިންސުން ބަންދުގައި ތިބި ރިޔާޒުގެ ފަސް ތަރީގެ ރިޒް ކާލްޓަން ހޮޓާ ގެސްޓުންނަށް އަލުން ހުޅުވާލަން ނިންމައިފި އެވެ.
ރިޔާޒް (ޖެނުއަރީ 15) - ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރު ކުރި ސައުދީ ބިލިއަނަރުންނާއި ކުރީގެ ވަޒީރުންނާއި ޕްރިންސުން ބަންދުގައި ތިބި ރިޔާޒުގެ ފަސް ތަރީގެ ރިޒް ކާލްޓަން ހޮޓާ ގެސްޓުންނަށް އަލުން ހުޅުވާލަން ނިންމައިފި އެވެ.
ކޮރަޕްޝަނުގެ ތުހުމަތުގައި އަތުލައިގަތް މީހުން މިދިޔަ ނޮވެމްބަރު މަހު ބަންދު ކުރަން ފެށި ފަހުން ރިޒް ކާލްޓަން ހޮޓާ ހުރީ ގެސްޓުންނަށް ބަންދުކޮށްފަ އެވެ. ނަމަވެސް އަންނަ މަހުން ފެށިގެން އެ ހޮޓަލަށް ބުކިން ހަދަން މިހާރު ވަނީ ފަށައިފަ އެވެ. ހޮޓަލުން ބުނީ ބުކިންސް ހެއްދި ނަމަވެސް ކުރު ނޯޓިސްއެއްގައި ކެންސަލް ކުރަން ޖެހިދާނެ ކަމަށެވެ.
ކޮރަޕްޝަނުގެ ތުހުމަތުގައި ގާތްގަނޑަކަށް 200 ވަރަކަށް މީހުން ބަންދުކުރި އެވެ. އޭގެ ތެރޭގައި ދުނިޔެ އަށް މަޝްހޫރު ބިލިއަނަރު ވަލީދު ބިން ތަލާލް އާއި ޝާހީ އާއިލާގެ އިސް މެންބަރުން ހިމެނެ އެވެ. ސަރުކާރަށް ފައިސާ ދޭން އެއްބަސްވުމުން މީގެ ތެރޭން ބައެއް މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ޕްރިންސް މުތުއަބް ބިން އަބްދުﷲ ހިމެނެ އެވެ. ސައުދީގެ ބައެއް ނޫސްތަކުން ބުނީ މުތުއަބް މިނިވަން ކުރީ އެއް ބިލިއަން ޑޮލަރު ސަރުކާރަށް ދިނުމުން ކަމަށެވެ. ސައުދީ ސަރުކާރުން އުއްމީދުކޮށްފައި ވަނީ ބަންދުގައި ތިބި މީހުންގެ އަތުން 100 ބިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ.
ނޮވެމްބަރު 4 ވަނަ ދުވަހު މީހުން ބަންދު ކުރަން ފެށި އިރު ރިޒް ކާލްޓަން ހޮޓަލުގައި ގެސްޓުން ތިއްބެވެ. ނަމަވެސް އެ މީހުން ވަނީ އެހެން ހޮޓާތަކަށް ބަދަލުކޮށްފަ އެވެ.
ސައުދީގެ ދިފާއީ އިސް އޮފިޝަލުންތަކެއް ވަކިކޮށްފި
ސައުދީ ޝާހީ އާއިލާގެ އިސް މެމްބަރުންތަކެއް ހައްޔަރުކޮށްފި
ސައުދީގެ ކޮރަޕްޝަނާ ދެކޮޅު ކެމްޕޭން ނިންމާލައިފި
އަހަރެއް ފަހުން ސައުދީ ބިލިއަނަރު ދޫކޮށްލައިފި
ބަންދުގައި ހުރި ޕްރިންސަކު ސައުދީން މިނިވަންކޮށްފި
ފަސްޓް ލޭޑީ ފާތުން މާދަމާ މާލެ ވަޑައިގަންނަވަނީ
ސައުދީ ޕްރިންސުންގެ ކޮރަޕްޝަނުގެ މައްސަލަ ބަލަން ފަށައިފި
ސައުދީގައި އެންޓި-ކޮރަޕްޝަން ޔުނިޓްތަކެއް އުފައްދަނީ
ސައުދީ ޝާހީ އާއިލާގެ އެލަވަންސް ބޮޑު ކުރަނީ
ބަންދުކުރި މީހުންގެ އަތުން 107 ބިލިއަން ޑޮލަރު