Roadha Mihaaru
ހައިއެޗީވާސް ސްކޮލަޝިޕުން ކިޔެވޭ ގައުމުތައް ބަދަލުކޮށްފި

ހައި އެޗީވާސް ސްކޮލަޝިޕުން މިހާރު ކިޔެވޭނީ ޑީއެޗްއީން ކަނޑައަޅާ ގައުމުތަކުން

06 ނޮވެމްބަރ 2017

ހައި އެޗީވާސް ސްކޮލަޝިޕްގެ ދަށުން ކިޔެވޭނީ ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން ކަނޑައަޅާ ގައުމުތަކުން ކަމަށް ނިންމައި، ހައި އެޗީވާސްގެ އުސޫލު ބަދަލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހައި އެޗީވާސް ސްކޮލަޝިޕްގެ ދަށުން ކިޔެވޭނީ ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން ކަނޑައަޅާ ގައުމުތަކުން ކަމަށް ނިންމައި، ހައި އެޗީވާސްގެ އުސޫލު ބަދަލުކޮށްފި އެވެ.

އެ ސްކޮލަޝިޕަކީ ޖީސީއީ އޭލެވެލް އިމްތިހާނުގެ ތިން މާއްދާގެ އިތުރުން ދިވެއްސާއި އިސްލާމް މާއްދާ އިން ދަށްވެގެން އޭ ފާސް ހޯދާ ދަރިވަރުންނަށް މި އަހަރު އަލަށް ތައާރަފުކުރި ފުރުސަތެކެވެ. އެ ސްކޮލަޝިޕް ލިބޭނީ މި އަހަރުން ފެށިގެން އޭ ލެވެލް ނިންމާ ދަރިވަރުންނަށެވެ.

މިިދިޔަ މެއި މަހު ގެޒެޓުކުރި ހައި އެޗީވާސް ސްކޮލަޝިޕްގެ އުސޫލު ބުނާ ގޮތުން، އެ ސްކޮލަޝިޕްގެ ދަށުން ކިޔަވަން ދެވޭނީ ސާކުގެ ގައުމުތަކަށެވެ. އެކަމަކު އެ ދަރިވަރު ކިޔަވަން ބޭނުންވާ ކޯސް، ސާކުގެ ގައުމެއްގައި ކުރިއަށް ނުގެންދާ ނަމަ، ނޮން އޯއީސީޑީގެ ގައުމުތަކުން ވެސް އެ ފުރުސަތު ވަނީ ކުރިން ދީފަ އެވެ.

ނޮން-އޯއީސީޑީ އަކީ އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ފޯރަމްގައި ނުހިމެނޭ ގައުމުތަކެވެ.

އެކަން ބަދަލުކޮށް މިއަދު ކުރި އިއުލާނުގައި ބުނީ އެ ސްކޮލަޝިޕްގެ ދަށުން ކިޔަވަން ދެވޭނީ ޑީއެޗްއީ އިން ކަނޑައަޅައި އިއުލާނުކޮށްފައިވާ ގައުމުތަކަށް ކަމަށެވެ. އެ ލިސްޓުގެ ގައުމެއްގައި ދަރިވަރު ކިޔަވަން ބޭނުންވާ ކޯހެއް ނުހިންގާ ނަމަ އެހެން ގައުމަކުން ވެސް މަތީ ތައުލީމް ހާސިލްކުުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެކަމަކު އެއީ ޑީއެޗްއީގެ ލިސްޓުގައި ހިމެނޭ ގައުމުތަކަށް ވުރެ އަގު ހެޔޮ ނުވަތަ އެއާ އެއްވަރުގެ ހަރަދުތަކެއް ހިނގާ ނަމަ އެވެ.

މި ސްކޮލަޝިޕްގެ ދަށުން ކިޔަވާއިރު އިތުރު ހަރަދެއް ހިނގާ ނަމަ، ޑީއެޗްއީގެ ސަޕްލިމެންޓްރީ ލޯނުގެ ތެރެއިން އެ ހަރަދުތައް ދައްކަން ނުވަތަ އަމިއްލަ ފައިސާއިން އެކަމާ ޒިންމާވާނެ ކަމުގެ ބޭންކް ގެރެންޓީއެއް ހުށަހެޅުމުން ވެސް ހުއްދަ ދެވިދާނެކަން ކަނޑައަޅާފައިވެ އެވެ.