އަލިފާނުގެ ހާދިސާތައް ހިނގަމުން ދަނީ ސަލާމަތީ ފިޔަވަޅުތަައް ދަށް އަދި ކުރީގެ އިންޖީނުގެތަކުގައި ކަމަށް، ބައެއް ތަޖުރިބާކާރުން މިއަދު ބުނެފި އެވެ.
09 ނޮވެމްބަރ 2017
އަލިފާނުގެ ހާދިސާތައް ހިނގަމުން ދަނީ ސަލާމަތީ ފިޔަވަޅުތަައް ދަށް އަދި ކުރީގެ އިންޖީނުގެތަކުގައި ކަމަށް، ބައެއް ތަޖުރިބާކާރުން މިއަދު ބުނެފި އެވެ.
ކަރަންޓާ ބެހޭ އެއް ތަޖުރިބާކާރަކު ވިދާޅުވީ ކުރިން ބައެއް ރަށްރަށުގެ ރައްޔިތުން ހިންގި އިންޖީނުގެތައް ފެނަކަ ނުވަތަ ސްޓެލްކޯއާ ހަވާލުކުރި ނަމަވެސް އެތަންތަނަށް މާ ބޮޑެތި ބަދަލުތަކެއް ގެނެސްފައި ނުވާ ކަމަށެވެ.
"ހުންނަންވާ ސެކިއުރިޓީއެއް ނުހުރޭ. މިހާރުގެ ސެކިއުރިޓީއަށް ގެނެވެނީއެއް ނޫން ބަޖެޓު ނެތުމުން. ބައިވަރު ރަށްރަށް އެބަހުރި ސަލާމަތީ ކަންކަން ރަނގަޅު ކުރަން ޖެހޭ،" އެ ތަޖުރިބާކާރު ވިދާޅުވި އެވެ.
މި ފަހުން ރާއްޖޭގެ ހަތަރު ރަށެއްގެ އިންޖީނުގެތަކުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
އެޕްރީލް މަހު ށ. ނަރުދޫ އިންޖީނުގޭގައި ހުރި 80 ކިލޯވޮޓްގެ ޖަނަރޭޓަރުގައި ރޯވީ ބާރުގަދަ އަޑެއް ގޮވުމަށް ފަހުގަ އެވެ. އެ ހާދިސާގައި އެތަނުގައި ހުރި 50 ކިލޯވޮޓްގެ ދެ ވަނަ ޖަނަރޭޓަރު ވެސް ބޭނުންނުކުރެވޭ ވަރަށް ހަލާކުވި އެވެ.
ގދ. ފިޔޯރީގެ އިންޖީނުގޭގެ ބެޓެރިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި އެތަން ހަމައެކަނި އެނދީކީ ނޫނެވެ. ޑިއުޓީގައި ހުރި ޒުވާން މުވައްޒަފަކު މަރުވުމުގެ ހިތާމައާ ވެސް ކުރިމަތިލާން ޖެހުނެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ށ. ބިލެތްފަހީ އިންޖީނުގޭގައި ރޯވެ އެނދީ އެތަނުގައި ހުރި 112 ކިލޯވޮޓުގެ އިންޖީނުގެ ޓާބޯ ވަރަށް ބޮޑަށް ދޮންވެގެން މައްޗަށް ތެޔޮ އެރުމުން ހިނގި ހާދިސާގަ އެވެ.
މި ހުރިހާ ހާދިސާއެއްގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް އިގުތިސާދީ ބޮޑެތި ގެއްލުންތަކާ ވެސް ކުރިމަތިވެ އެވެ. އަދި ކަރަންޓް ހިދުމަތް ކެނޑުމުން އާންމު ދިރިއުޅުމުގައި ވެސް އެތައް އުނދަގޫތަކެއް ތަހައްމަލްކުރަން ޖެހެ އެވެ.
ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި އެހެން ތަޖުރިބާކާރަކު ވިދާޅުވީ އެކަހަލަ ބާ އިންޖީނުގެތަކުގައި ނުރައްކާތެރި ހާދިސާތައް ހިނގަން މެދުވެރިވެދާނެ އެތައް ސަބަބުތަކެއް ހުރި ކަމަށެވެ. އޭގެ ތެރޭގައި ޑީސަލް ލީކުވުމާއި އިންޖީނުގޭ ތެރޭގައި ތެޔޮ ތާނގީތައް ހުރުން ހިމެނެ އެވެ. އެ ހާލަތުގައި ހުންނަ އިންޖީނުގެތަކުގައި އަލިފާނުގެ ކުޑަކުޑަ ކަންޏެއް ބުރިޔަސް ނުރަައްކާތެރި ހާދިސާއެއް ހިނގުން އޮންނާނީ ކައިރީގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށެއްގެ އިންޖީނުގެ ހިންގުމާ ހަވާލުވެ ހުންނެވި ބޭފުޅަކު ވިދާޅުވީ ބައެއް އިންޖީނުގެތަކުގައި ފޭކް ބެޓެރި ވެސް ބޭނުންކުރާ ކަމަށެވެ. "މިހާރު އަންގާފައި ވަނީ ފޮއްޓެއްގެ ތެރެއަށް ބެޓެރި ލުމަށް. ބެޓެރި ސިސްޓަމް އިންޖީނާ ދުރުގައި ބައިންދަން ވެސް އެންގި. އެކަމަކު ތަނެއް ނުހުރޭ މި އިންޖީނުގެތަކުގައި،" އޭނާ ވިދާޅުވި އެވެ. ކުރީގެ އިންޖީނުގެތަކުގެ ބަދަލުގައި އާ އިންޖީނުގެތައް ހަދަން ފެނަކަ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އާ އިންޖީނުގެތަކުގައި ޑީސަލް ޓޭންކްތަކާއި ބެޓެރި ވެސް ހުންނާނީ އިންޖީނާ ދުރުގައި ކަމަށް ފެނަކައިން ބުނެ އެވެ.
އޭގެ އިތުރުން އެ ކުންފުނިން ބުނެފައި ވަނީ އާ އިންޖީނުގެތަކުގައި އަލިފާން ނިންވާނެ ނިޒާމް ހަރުކޮށް ސަލާމަތީ ގޮތުން ވެސް ފެންވަރު ރަނގަޅުވާނެ ކަމަށެވެ.
ހާލުގައި ޖެހުނު މީހުންނަށް ފެނަކައިން އެއް މިލިއަން
ހުޅުމާލޭ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އަލިފާނުގައި ދެ ގެއެއްގެ ފެން ހޮޅިއަށް ގެއްލުންވެއްޖެ
އޭޑީކޭ ގުރޫޕްގެ ޔޮޓެއްގައި ރޯވެ އަޑިއަށް ހިނގައްޖެ
ގޭސް ދޫކޮށްގެން އުނދުން ރޯކުރަނިކޮށް ކުއްޖަކު ފިހިއްޖެ
ފުރުޓް ފިހާރާގައި ރޯވެ 10 މިލިއަން ރުފިޔާގެ ގެއްލުން
އަލިފާނުގައި ގެއްލުންވި ގެތަކުން 22މީހަކު ބަދަލުކޮށްފި
ތުރުކީގެ ހޮޓަލެއްގައި އަލިފާން ރޯވެ، 76 މީހުން މަރު
ހުޅުމާލެ 2 ގައި ފަޔަ ހައިޑްރެންޓް ސިސްޓަމް ބަހައްޓަނީ
އޮސްކާގެ ނޮމިނޭޝަންތަައް އިއުލާންކުރުން ފަސްކޮށްފި