10 ނޮވެމްބަރ 2017
ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އޮތީ ވަރަށް ދުވަސްވީ ގާތް ގުޅުމެއް ކަމަށާއި އެ ގުޅުމަށް ބުރޫއެރުވުމުގެ ހައްގެއް އެކަކަށް ވެސް ނޯންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އޮތީ ވަރަށް ދުވަސްވީ ގާތް ގުޅުމެއް ކަމަށާއި އެ ގުޅުމަށް ބުރޫއެރުވުމުގެ ހައްގެއް އެކަކަށް ވެސް ނޯންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި އެހީތެރިވެ، އެކަމުގެ އަޑީގައި އޮތީ ލަންކާގެ ސަރުކާރު ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ފާޑުވިދާޅުވެފއި ވަނިކޮށް، މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ ރާއްޖޭން ވަރަށް އިތުބާރު ކުރާ ގައުމެއް ކަމަށެވެ.
ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ އިސްވެރިންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ރިޔާޒްގެ ވާހަކަތަކާ ގުޅޭ ގޮތުން ދިވެހި ސަރުކާރާއި ލަންކާ ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ރިޔާޒް ވިދާޅުވީ ރާއްޖޭގައި އޮތް ގާނޫނީ ވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި ލަންކާ ސަރުކާރުގެ މަދަދު ލިބެމުން އަންނާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ރިޔާޒް ފާހަގަކުރެއްވި ގޮތުގައި ލަންކާގައި ގިނަ އަހަރުތަކެއް ވަންދެން ހިނގި ދާޚިލީ ހަނގުރާމައާ ގުޅިގެން އެކަމުގެ ގެއްލުން ލިބުނީ ލަންކާގައި ދިރިއުޅޭ މީހުންނަށެވެ. އަދި އެ ފަދަ ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ރާއްޖެ ވައްޓާލަން ލަންކާ ސަރުކާރު ބޭނުންވަނީތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"ގިނަ އަހަރުތަކެއް ވަންދެން ލަންކާގައި ހަނގުރާމަ ކުރީމަ، އެކަމުން އެ ގައުމަށް ކުރި ނޭދެވޭ އަސަރާއި ގެއްލުން އެ މީހުންނަށް އިހްސާސް ކުރެވޭނެ. އެފަދަ ކަމެއް ލަންކާ ސަރުކާރުން އެދިގެން ނުވާނެ އެހެން ބަޔަކަށް. އެކަމަކު މި ފެންނަނީ އެ މަންޒަރު. ރާއްޖޭގައި އޮތް ގާނޫނީ ވެރިކަން ވައްޓާލަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަށް ލަންކާ ސަރުކާރުން ވާގިވެރިވަނީ،" ރިޔާޒް ވިދާޅުވި އެވެ.
ޕީޕީއެމުން މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިޔާޒް ވިދާޅުވީ ރާއްޖޭގައި ކުރިން އުފެދިފައި ހުރި ވެރިކަންތައް ބަދަލުކުރުމަށް ދިވެހިންގެ ތެރެއިން ބަޔަކު މަސައްކަތް ކުރި ކަން ދިވެހި ތާރީޚުން ފެންނަން އެބައޮތް ކަމަށެވެ. އަދި މިއަދު ވެސް ފެނިގެންދަނީ ބޭރު ގައުމުތަކުގައި ތިބެގެން ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން މަސައްކަތް ކުރާ މަންޒަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Sri Lanka has always been a very close and highly trusted friend of Maldives. No one has the right to disturb our bilateral relations.
— Maumoon Abdul Gayoom (@maumoonagayoom) November 10, 2017
ރިޔާޒް ވިދާޅުވި ގޮތުގައި ރާއްޖެ އަށް އަންނަ ތަރައްގީ ފެނިފައި އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ ބޮޑެތި ގައުމުތައް ވަރަށް ބޮޑަށް ކަންބޮޑުވެ އެވެ.
ޓެރަރިޒަމް ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެން ހިމާޔަތް ހޯއްދެވި ފަހުން، އެމްޑީޕީގެ ބޮޑެތި ހަރަކާތްތައް ހިންގަނީ ލަންކާގަ އެވެ. އެހެންވެ، ގިނަ ބަޔަކު ބުނާ ގޮތުގައި ލަންކާ އަކީ އެމްޑީޕީގެ "ކިއްލާ" އެކެވެ. ނަޝީދު ވެސް ގެންދަވަނީ އެ ގައުމަށް ދޭތެރެ ދޭތެރެއިން ވަޑައިގެން ބައެއް ބައްދަލުވުންތައް ބާއްވަވަމުންނެވެ.
ނަމަވެސް ރާއްޖެ އިން ލަންކާ އަށް ދާދި ފަހުން އައްޔަން ކުރެއްވި އާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެފައި ވަނީ ލަންކާ އަކީ އެމްޑީޕީގެ "ކިއްލާއެއް" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ އާއްމު މެމްބަރުންނަށް ދައްކަވާ ފޮޓޯއަކީ ހަގީގަތެއް ނޫން ކަމަށެވެ.
ރާއްޖޭގެ ތުހުމަތުތާ މެދު ކަންބޮޑުވޭ: ނަމަލް ރާޖްޕަަސަ
ރައީސް ނަޝީދު، މަލިކު ލަވައިގައި ތާށިވެފައި!
ޕާޓީ ގޭމް ތެރެއަށް ޗައިނާ ނުވެއްދޭނެ: ސަފީރު
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް
އިދިކޮޅު ޕާޓީއެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފި
އިބޫ އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވާނެ: ރިޔާޒް
ޕީޕީއެމްގެ ރައްދު: އެމްޑީޕީގެ ހިޔާނާތް ބަލާނަންތޯ؟
މުޖުރިމުންނަށް ރާއްޖޭގައި ޖާގައެއް ނެތް: ރައީސް ޔާމީން
މެލޭޝިއާގެ އިންތިހާބަކީ ރާއްޖެއަށް ފިލާވަޅެއް: ވަހީދު
މައުމޫން، ޖަލުގައި 50: "ނާތަހުޒީބު އަމަލެއް؟"