Roadha Mihaaru
ފާރިސްގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

ފާރިސްގެ ޝަރީއަތުގެ އަޑުއެހުން ދައުލަތުން އެދިގެން ކެންސަލް ކޮށްފި

13 ނޮވެމްބަރ 2017

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރާ ރިޝްވަތުގެ މައްސަލައިގެ ދައުވާގެ މިއަދުގެ އަޑުއެހުން ދައުލަތުން އެދިގެން ކެންސަލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރާ ރިޝްވަތުގެ މައްސަލައިގެ ދައުވާގެ މިއަދުގެ އަޑުއެހުން ދައުލަތުން އެދިގެން ކެންސަލްކޮށްފި އެވެ.

މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނެ ފާރިސް އަށް ކުރާ އެ ދައުވާގެ މިއަދު ހެނދުނު ބާއްވަން ހަމަޖައްސާފައި އޮތް އިބްތިދާއީ އަޑުއެހުމަކީ ޝަރީއަތުގެ އަޑުއެހުންތައް ފަށައިގަތުމުގެ ކުރިން ފާރިސްގެ ފަރާތުން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތަކަށް ތާވަލްކުރި އަޑުއެހުމެކެވެ.

އެކަމަކު އެ އަޑުއެހުން ފަސްކޮށްދޭން ދައުލަތުން އެދުމުން، ކޯޓުން ވަނީ އެ އަޑުއެހުން ކެންސަލްކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އަޑުއެހުން ފަސްކޮށްދޭން ދައުލަތުން އެދުނީ އެ މައްސަލާގައި ދައުލަތުގެ ފަރާތުން ވަކާލާތުކުރާ ވަކީލާ ރާއްޖެ އިން ބޭޭރުގައި ހުރުމުންނެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އައިސް، މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ވެސް ފާރިސް އަށް ގެއްލޭނެ އެވެ.

ރިޝްވަތުގެ މައްސަލައިގެ އިތުރުން ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ވެސް ފާރިސަށް ވަނީ އުފުލައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.