19 ނޮވެމްބަރ 2017
ޕެރިސް (ނޮވެމްބަރު 19) - މިދިޔަ ސީޒަން ފެށުމުގެ ކުރިން ޒަލަޓާން އިބްރަހިމޮވިޗް ޕީއެސްޖީ ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމުން ޕީއެސްޖީގެ ޓޮޕް ސްޓްރައިކަރަކަށްވީ އެޑިސަން ކަވާނީ އެވެ. އެ މަގާމަށް ކަވާނީ ބަދަލުވި ފަހުން އޭނާ ވަނީ މިހާތަނަށް ކުޅުނު 67 މެޗުން 68 ލަނޑު ޖަހައިފަ އެވެ.
ޕެރިސް (ނޮވެމްބަރު 19) - މިދިޔަ ސީޒަން ފެށުމުގެ ކުރިން ޒަލަޓާން އިބްރަހިމޮވިޗް ޕީއެސްޖީ ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމުން ޕީއެސްޖީގެ ޓޮޕް ސްޓްރައިކަރަކަށްވީ އެޑިސަން ކަވާނީ އެވެ. އެ މަގާމަށް ކަވާނީ ބަދަލުވި ފަހުން އޭނާ ވަނީ މިހާތަނަށް ކުޅުނު 67 މެޗުން 68 ލަނޑު ޖަހައިފަ އެވެ.
ފްރެންޗް ލީގުގައި ރޭ ކްލައުޑިއޯ ރަނިއެރީގެ ކޯޗުކަމުގައި ކުޅޭ ނޯންޓެސް އަތުން 4-1 އިން ޕީއެސްޖީ މޮޅުވިއިރު މި މެޗުގައި ކަވާނީ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ދެ ގޯލު ޖެހީ ހަވިއޭ ޕަސްޓޯރޭ އާއި އެންހެލް ޑި މާރިއާ އެވެ. ނޯންޓެސްގެ ލަނޑު ޖެހީ ޕްރެޖީސް ނެކޯލްމާ އެވެ.
މި ސީޒަނުގެ މިހާތަނަށް ކަވާނީ ވަނީ ލީގުގައި ކުޅުނު 13 މެޗުން 15 ގޯލު ޖަހައިފަ އެވެ. ރޭގެ މެޗަށް ފަހު ކަވާނީ ބުނީ މިއީ އޭނާގެ ކެރިއަރުގައި މިހާތަނަށް އެންމެ ރަނގަޅަށް ކުޅެވޭ އަހަރު ކަމަށެވެ.
"ކޮންމެ މެޗެއްގައި ލަނޑު ޖަހައި ރަނގަޅު ފޯމެއްގައި ހުރުމަކީ ފޯވާޑަކަށް ވަރަށް މުހިއްމު ކަމެއް. އަހަރެން ވަރަށް ހިތްހަމަ ޖެހިފައި މިހުރީ. އެއީ މިއީ އަހަރެންގެ ކެރިއަރުގައި ވެސް ހާްއްސަ ދުވަސްތަކެއް. ބޭނުންވަނީ މި ގޮތަށް ކުރިއަށްދާން،" ކަވާނީ ބުންޏެވެ.
ރޭގެ މެޗުގައި ޕީއެސްޖީން ކުޅުނީ ޗެމްޕިއަންސް ލީގުގައި ކުޅޭ މެޗަށް ޓީމުގެ މުހިއްމު ކުޅުންތެރިން ނުލަ އެވެ.
ނޯންޓެސްގެ ކޯޗު ކުރިން ލެސްޓާ ސިޓީ އަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ރަނިއޭރީ ބުނީ މި މެޗުގައި ނޯންޓެސް ދެއްކި ކުޅުމާ ބަލައި 4-1 އަކީ އެ ޓީމަށް ހައްގު ނަތީޖާއެއް ނޫން ކަމަށެވެ.
ޕީއެސްޖީ އަށް މަޓުއިޑީ މުހިއްމު މޮޅެއް ހޯދައިދީފި
ނީސް އަތުން ކަވާނީ ޕީއެސްޖީ ސަލާމަތްކޮށްދީފި
13 އަހަރުތެރޭ 10ވަނަ ފަހަރަށް ޕީއެސްޖީއަށް ލީގު
އެމްބާޕޭގެ އުފަންދުވަހު ކޮއްކޮ ދަނޑަށް!
ލިޔޯންގެ ބަހަށް ގާއުކައި ކޯޗު ޒަހަމްކޮށްލައިފި
އެމްބާޕޭގެ ގޯލުތަކާ އެކު ވެސް ޕީއެސްޖީ ބަލިވެއްޖެ
ޕީއެސްޖީ އަށް ސީޒަނުގައި ފުރަތަމަ މޮޅު
ތަށި ހޯދިޔަސް ޕީއެސްޖީން ގަލްޓިއޭ އަށް ޖާގައެއް ނެތް
ޕީއެސްޖީ ފްރާންސް ލީގުގެ އެންމެ އުހަށް
މެސީ އެނބުރި އައި މެޗުގައި ސަޕޯޓަރުންގެ ނުރުހުން