ޕެރިސް (އޮކްޓޫބަރު 18) - ފްރެންޗް ލީގުގައި ހުކުރު ދުވަހުގެ ރޭ ޕީއެސްޖީ އަމިއްލަ ދަނޑުގައި ސްޓްރާސްބޯގާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު 3-3 އިން އެއްވަރުކޮށް މި ވަގުތަށް ޓޭބަލްގެ އެއްވަނައިގައި މަގާމު ދަމަހައްޓައިފި އެވެ.
ޕެރިސް (އޮކްޓޫބަރު 18) - ފްރެންޗް ލީގުގައި ހުކުރު ދުވަހުގެ ރޭ ޕީއެސްޖީ އަމިއްލަ ދަނޑުގައި ސްޓްރާސްބޯގާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު 3-3 އިން އެއްވަރުކޮށް މި ވަގުތަށް ޓޭބަލްގެ އެއްވަނައިގައި މަގާމު ދަމަހައްޓައިފި އެވެ.
މެޗުގެ ހަވަނަ މިިޓުގައި ބްރެޑްލީ ބާކޮލާގެ ގޯލަކުން ޕީއެސްޖީ ފުރަތަމަ ކުރި ހޯދާފައި ވަނިކޮށް ޖޯގުއެއިން ޕަނިކެލީ ވަނީ ވިއްސަކަށް މިނިޓުފަހުން އެ ސްޓްރާސްބޯގަށް އެއްވަރު ކޮށްދީފަ އެވެ. އަދި ހާފު ނިމުމުގެ ކުރިން ޑިއޭގޯ މޮރިއޭރާ ވަނީ އެ ޓީމަށް ލީޑު ވެސް ނަގައިދީފަ އެވެ.
ޕީއެސްޖީ އެއްވަރުކުރީ ސްޓްރާސްބޯގުން ދެވަނަ ހާފުގައި އިތުރު ލަނޑެއް ވެސް ޖަހާފައި ވަނިކޮށެވެ. ދެވަނަ ހާފު ފެށުނުތަނާ މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޕަނިކެލީ އެވެ.
މެޗުގައި ޕީއެސްޖީ ފަރަގު ކުޑަކުރީ 58 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމުޔާބު ކޮށްދިނީ ގޮންސާލޯ ރާމޯސް އެވެ. އަދި އެއްވަރު ކުރި ލަނޑު 79 ވަނަ މިނިޓުގައި ޖަހައިދިނީ ސެނީ މަޔޫލޫ އެވެ.
މި ނަތީޖާއާ އެކު ޕީއެސްޖީ މިވަގުތަށް އެއްވަނައިގައި އޮތީ އަށް މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. ސްޓްރާސްބޯގް ދެވަނައިގައި އޮތީ 16 ޕޮއިންޓާ އެކު އެވެ. ނަމަވެސް ފަހަތުގައި އޮތް ޓީމުތަކަށް އެއްވަނައަށް އެރުމުގެ ފުރުސަތު އެބަ އޮތެވެ.
އެއް މެޗު މަދުން ކުޅެގެން ތިންވަނައިގައި އޮތީ މާސޭ އެވެ. އަދި ހަތަރުވަނައިގައި އޮތީ ލިޔޯން އެވެ. ދެ ޓީމަށް ވެސް ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. އޭގެ ފަހަތުގައި އޮތް މޮނާކޯ އާއި ލެންސަށް ލިބިފައި ވަނީ 13 ޕޮއިންޓެވެ.
މޮޅު ކްލަބްގެ އެވޯޑް ލިބުނު ރޭ ޕީއެސްޖީ ބަލިވެއްޖެ
މިލާނުގެ އަވޭ ރެކޯޑް ޕީއެސްޖީން މުގުރާލައިފި
ޕީއެސްޖީ، ފްރާންސް ލީގުގައި ރެކޯޑަކާ ދިމާލަށް
ހަ މެޗު ބާކީ އޮއްވާ ޕީއެސްޖީ ލީގު ކާމިޔާބުކޮށްފި
އެމްބާޕޭގެ އުފަންދުވަހު ކޮއްކޮ ދަނޑަށް!
ލިޔޯންގެ ބަހަށް ގާއުކައި ކޯޗު ޒަހަމްކޮށްލައިފި
އެމްބާޕޭގެ ގޯލުތަކާ އެކު ވެސް ޕީއެސްޖީ ބަލިވެއްޖެ
ތަށި ހޯދިޔަސް ޕީއެސްޖީން ގަލްޓިއޭ އަށް ޖާގައެއް ނެތް
މެސީ އެނބުރި އައި މެޗުގައި ސަޕޯޓަރުންގެ ނުރުހުން
އަހަރެން ކުޅެނީ ތާރީހުން ޖާގަ ހޯދަން: އެމްބާޕޭ