Roadha Mihaaru
ކަސްޓަމާ އެކްސްޕީރިއަންސް ކޮންފަރެންސްގެ ވެބްސައިޓް

ކަސްޓަމާ އެކްސްޕީރިއަންސް ކޮންފަރެންސް، އޮންލައިންކޮށް ރެޖިސްޓްރީ ކުރެވޭ ގޮތް ހަދައިފި

20 ނޮވެމްބަރ 2017

ކަސްޓަމަރުންނާއި ކުންފުނިތަކާ ދެމެދު އޮންނަ ގުޅުންތަކާއި ތަޖުރިބާތަކުގެ ދާއިރާ އިން ރާއްޖޭގައި ބާއްވާ ފުރަތަމަ "ކަސްޓަމާ އެކްސްޕީރިއަންސް ކޮންފަރެންސް"ގެ ވެބްސައިޓް ތައާރަފްކޮށް، އޮންލައިންކޮށް ރެޖިސްޓްރީ ކުރެވޭ ގޮތް ހަދައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ކަސްޓަމަރުންނާއި ކުންފުނިތަކާ ދެމެދު އޮންނަ ގުޅުންތަކާއި ތަޖުރިބާތަކުގެ ދާއިރާ އިން ރާއްޖޭގައި ބާއްވާ ފުރަތަމަ "ކަސްޓަމާ އެކްސްޕީރިއަންސް ކޮންފަރެންސް"ގެ ވެބްސައިޓް ތައާރަފްކޮށް، އޮންލައިންކޮށް ރެޖިސްޓްރީ ކުރެވޭ ގޮތް ހަދައިފި އެވެ.

މި ކޮންފަރެންސް އޮންނާނީ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު، ޕެރަޑައިސް އައިލެންޑް ރިސޯޓުގަ އެވެ. މިއީ ކަސްޓަމާ އެކްސްޕީރިއަންސް ފައުންޑޭޝަން މޯލްޑިވްސް އިން ކަސްޓަމާ އެކްސްޕީރިއަންސް ފައުންޑޭޝަން ޔޫކޫއާ ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ.

"ވެބްސައިޓް މެދުވެރިކޮށް ފަސޭހަކަމާ އެކު އޮންލައިންކޮށް ރެޖިސްޓްރީ ކޮށްލެވޭނެ. އަޅުގަނޑުމެންނަށް ގުޅައިގެން ނުވަތަ އީމެއިލް ކޮށްގެން ވެސް ރެޖިސްޓްރީ ކުރެވޭނެ،" ކަސްޓަމާ އެކްސްޕީރިއަންސް ކޮންފަރެންސް އޮފިޝަލަކު ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭ ގޮތަށް ހެދީ ވީހާ ވެސް ފަސޭހަ އިން ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. އޭގެ އިތުރުން ވެބްސައިޓުން ކޮންފަރެންސާ ގުޅޭ ގިނަ މައުލޫމާތުތައް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ކޮންފަރެންސްގައި މައުލޫމާތު ދެއްވާ ބޭރުގެ ތަޖުރިބާކާރުންގެ މައުލޫމާތުތައް ވެސް ވެބްސައިޓުން ލިބޭނެ އެވެ.

ކަސްޓަމާ އެކްސްޕީރިއަންސް ލީޑަރުންނާއި، ކަސްޓަމާ އެކްސްޕީރިއަންސް މަސައްކަތްތައް ކުރާ އައިޓީ މީހުންނާއި، ކަސްޓަމާ ޑޭޓާ އަދި އެނަލިސްޓިކްސް މެނޭޖަރުންގެ އިތުރުން ކަސްޓަމާ ސާވިސަސް އަދި ސަޕޯޓް މެނޭޖަރުންނަށް އަމާޒުކޮށްފައިވާ ކޮންފަރެންސްގެ މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ.

މި ކޮންފަރެންސްގައި ދޭނެ މައުލޫމާތުތަކުގެ ތެރޭގައި، ކުންފުނީގެ ސަގާފަތްތަކާ އެކު ވިިޔަފާރި ބަދަލު ކޮށްލާނެ ގޮތް ނުވަތަ ޑިޖިޓަލް ޓްރާންސްފޮމޭޝަން އާއި ކަސްޓަމަރުން ހިދުމަތްތައް ހޯދަން ހަރަކާތްތެރިވާ ގޮތް ދެނެގަތުމަށް ކަސްޓަމާ ޖާނީ މެޕިން ހަދާނެ ގޮތް ހިމެނެ އެވެ. އޭގެ އިތުރުން މުވައްޒަފުން ބާރުވެރި ކުރުވައިގެން ކޮންމެ ކަސްޓަމަރަކަށް ވެސް އަމިއްލަވަންތަ ތަޖުރިބާއެއް އިހުސާސް ކޮށްދެވޭނެ ގޮތަށް އެންޕްލޯއީ އެންގޭޖްމަންޓް ގެންގުޅޭނެ ގޮތްތަކުގެ އިތުރުން ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ހިދުމަތްތައް ދެވޭނެ އެންމެ ފަހުގެ ޓެކްނޮލިޖީތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރާނެ އެވެ.

ކޮންފަރެންސްގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 7783303 އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ވެސް ރެޖިސްޓްރީ ކުރެވޭނެ އެވެ.