ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޗައިނާގެ ޗެންގްޑޫ ސިޓީ އަށް މިއަދު ދަތުރުތައް ފަށައިފި އެވެ.
06 ޖުލައި 2016
ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޗައިނާގެ ޗެންގްޑޫ ސިޓީ އަށް މިއަދު ދަތުރުތައް ފަށައިފި އެވެ.
މޯލްޑިވިއަން އޮޕަރޭޓު ކުރާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް "މިހާރު" އަށް ވިދާޅުވީ ޗެންގްޑޫ ސިޓީ އަށް ހަފްތާއަކު އެއް ފަހަރު ދަތުރު ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ސިޓީ އަށް ދަތުރުތައް ފެށީ ވަރަށް ގިނަ މަސައްކަތްތަކަށް ފަހު ކަމަށެވެ.
"މާކެޓް ކުރުމުގެ އިތުރުން ނަގަން ޖެހޭ ހުއްދަތައް ނެގިން. އަޅުގަނޑުމެންގެ ސްޓޭޝަންގެ މަސައްކަތްތައް ނިމުމުން އެ ސިޓީ އަށް ދަތުރުތައް ފެށީ،" ހާރިސް ވިދާޅުވި އެވެ.
ޗެންގްޑޫ ސިޓީގެ އިތުރުން ޗައިނާގެ ހަ މަންޒިލަކަށް މޯލްޑިވިއަން އިން މިހާރު ވެސް ދަތުރު ކުރެ އެވެ.
ޗައިނާގެ ޗެންގްޑޫ ސިޓީން މިއަދު މާލެ އައި މޯލްޑިވިއަންގެ ބޯޓު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި.-- ފޮޓޯ: މޯލްޑިވިއަން
ހާރިސް ވިދާޅުވި ގޮތުގައި މޯލްޑިވިއަންގެ އަމާޒަކީ ޗައިނާ އިން ހަފްތާއަކު 1300 ޓޫރިސްޓުން ރާއްޖެ ގެނައުމެވެ. އަދި އެކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ހާރިސް ވިދާޅުވީ ޗައިނާގެ އިތުރުން ދުނިޔޭގެ އެކިއެކި ގައުމުތަކުގެ ސިޓީތަކަށް މޯލްޑިވިއަންގެ ފްލައިޓުތަކުގެ ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އިތުރު މަންޒިލްތަކަށް ދަތުރުތައް ފަށާނެ ކަމުގެ އިޝާރާތެއް ހާރިސް ދެއްވި އެވެ.
މޯލްޑިވިއަންގެ ދަތުރުތަކުގައި 17 ބޯޓު ބޭނުން ކުރެ އެވެ. އެ ކުންފުނީގެ ފްލީޓަށް އެންމެ ފަހުން އިތުރު ކުރީ ސީޕްލޭނެކެވެ.
މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ
އާމްދަނީ ތިން ބިލިއަނަށް އަރުވައި، ބޮޑު ބަދަލަކަށް
އެއާބަސް އޭ330 ގެ ފުރަތަމަ ދަތުރު ޗެންގްޑޫއަށް
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ ބޯޓު ގެނެސްފި
ވައިޑް ބޮޑީގެ ދެވަނަ ބޯޓުގެ ދަތުރުތައް އޮކްޓޫބަރުގައި
ޗުއްޓީއަށް މޯލްޑިވިއަނުން 98 ފްލައިޓް އިތުރުކޮށްފި
މޯލްޑިވިއަން އިން އޭޓީއާރުގެ އިތުރު ދެ ބޯޓު ގެންނަނީ
ވައިޑް-ބޮޑީ އެއާކްރާފްޓުތަކެއްގެ އޮޕަރޭޝަނަށް ގެންނަނީ
ފުރަތަމަ ޕައިލެޓްގެ އިންޖީނަކީ ހިތްވަރާއި އަހުލާގު
މޯލްޑިވިއަންގެ ތިން ވަނަ އޭޓީއާރު ރާއްޖެ ގެނެސްފި