28 ނޮވެމްބަރ 2017
ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ޓޫރިޒަމުން ދައުލަތަށް ލިބުނު އާމްދަނީ 53.7 ޕަސެންޓް އިތުރުވި ނަމަވެސް ޖީޑީޕީ ނުވަތަ ގައުމީ އުފެއްދުންތެރިކަމުގައި ހިއްސާކުރާ މިންވަރު ދަށަށް ހިނގައްޖެ އެވެ.
ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ޓޫރިޒަމުން ދައުލަތަށް ލިބުނު އާމްދަނީ 53.7 ޕަސެންޓް އިތުރުވި ނަމަވެސް ޖީޑީޕީ ނުވަތަ ގައުމީ އުފެއްދުންތެރިކަމުގައި ހިއްސާކުރާ މިންވަރު ދަށަށް ހިނގައްޖެ އެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އިއްޔެ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޓޫރިޒަމުން މިދިޔަ އަހަރު ޖީޑީޕީގައި ހިއްސާކުރި މިންވަރު ފާއިތުވި ހަތަރު އަހަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން 2015 ގައި ޓޫރިޒަމްގެ ހިއްސާ ޖީޑީޕީގެ ނިސްބަތުން 23.2 ޕަސެންޓްގައި ހުރި އިރު މިދިއަ އަހަރު ވަނީ 19.6 ޕަސެންޓަށް ވެއްޓިފަ އެވެ.
ޓޫރިޒަމްގެ ހިއްސާ 2014 ވަނަ އަހަރު ހުރީ 25.2 ޕަސެންޓެވެ. ގާތްގަނޑަކަށް ހަމަ އެވަރުގައި 2013 ގައި ވެސް ހިފެހެއްޓި އެވެ.
މިދިއަ އަހަރު ޓޫރިޒަމްގެ ދާއިރާ އިން އާމްދަނީގެ ގޮތުގައި 6.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި 2013 ގައި 4.1 ބިލިއަން ރުފިޔާ، 2014 ގައި 5.6 ބިލިއަން ރުފިޔާ އަދި 2015 ގައި 6.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބުނެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓޫރިސްޓުން ރާއްޖެ އައިސް ކުރި ހޭދަ ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން 2013 ގައި 33 މިލިއަން ރުފިޔާ، 2014ގައި 50 މިލިއަން، 2015ގައި 104 މިލިއަން އަދި 2016ގައި 146 މިލިއަން ރުފިޔާ ހޭދަކުރި އެވެ.
ޓޫރިޒަމްގެ ހިއްސާ ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި ދަށަށް ދިޔަ އިރު ޓޫރިޒަމް ފިޔަވައި އެންމެ ބޮޑު ހިއްސާއެއް ކުރަނީ ދަތުރުފަތުރާއި މުއާސަލާތުކުރުމުގެ ދާއިރާއިންނެވެ. އެގޮތުން އެ ދާއިރާއިން 13 ޕަސެންޓް ހިއްސާކުރެ އެވެ.
އިމާރާތްކުރުމުގެ ދާއިރާ އާއި ރިއަލްސްޓޭޓް، މި ދެ ދާއިރާ އިން ހަތް ޕަސެންޓްގެ ހިއްސާއެއްވެ އެވެ. މަސްވެރިކަން އުޅެނީ އެންމެ ހަތަރު ޕަސެންޓްގަ އެވެ.
މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރީ 1.2 މިލިއަން ޓޫރިސްޓުންނެވެ.
ޓޫރިސްޓުން މަދުވެ، ޓީޖީއެސްޓީ އާމްދަނީ ދަށަށް!
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
ޓެކްސްގެ ބާގަނޑުން ވަދެ ރިސޯޓްތަކުން ނާޖާއިޒު ފައިދާ
ޓީޖީއެސްޓީގެ އާމްދަނީ 65 ޕަސެންޓް އިތުރުވެއްޖެ
"ޓީޖީއެސްޓީ ބޮޑުކުރީމަ 50 މިލިއަން ޑޮލަރު ގެއްލޭނެ"
ޓީޖީއެސްޓީ ބޮޑުކުރުމުން ޓޫރިޒަމްގެ ޑިމާންޑް ގެއްލިދާނެ
ރިސޯޓު ކުލި ކުޑަކުރުމުން 590 މިލިއަން ގެއްލޭނެ
ގްރީން ޓެކްސްއަށް އޭޕްރީލްގައި ލިބުނީ 35.7 މިލިއަން
ގްރީން ޓެކްސް އަށް 457 މިލިއަން ރުފިޔާ ލިބިއްޖެ