މެންޗެސްޓާ (ނޮވެމްބަރު 28) - އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ބްރައިޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗުގައި އެ ޓީމުގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ އާއި ބްރައިޓަންގެ ގައެޓަން ބޮންގާ ދެމެދު ޖެހުނު މައްސަލަ ނުބަލަން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.
28 ނޮވެމްބަރ 2017
މެންޗެސްޓާ (ނޮވެމްބަރު 28) - އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ބްރައިޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗުގައި އެ ޓީމުގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ އާއި ބްރައިޓަންގެ ގައެޓަން ބޮންގާ ދެމެދު ޖެހުނު މައްސަލަ ނުބަލަން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.
ޔުނައިޓެޑް 1-0 އިން ބްރައިޓަން އަތުން ކުރި ހޯދި މި މެޗުގައި ބޮންގް އަށް ލުކާކޫ ދެ ފަަހަރެއްގެ މަތިން ހަމަލާދިން މަންޒަރު ވީޑިއޯ އިން ފެނެ އެވެ. މި މައްސަލަ އިނގިރޭސި އެފްއޭ އިން ބެލި ނަމަ ލުކާކޫ އަށް ތިން މެޗުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އޮތެވެ. ތިން މެޗަށް ލުކާކޫ ސަސްޕެންޑްކުރި ނަމަ އޭނާ އަށް އަންނަ މަހު 10 ވަނަ ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗު ގެއްލޭނެ އެވެ.
އިނގިރޭސި އެފްއޭ އިން މި މައްސަލަ ނުބެލީ އެ މެޗުގެ ރެފްރީ ނީލް ސްވާބްރިކްގެ މެޗު ރިޕޯޓްގައި އެކަން ހިމަނާފައިނުވާއިރު، އެއްވެސް އޮފިޝަލަކަށް ވެސް ލުކާކޫ އާއި ބޮންގާ ދެމެދު ހިނގި ކަންތައްތައް ފެނިގެން ރިޕޯޓްކޮށްފައި ނުވާތީ އެވެ. އަދި މީގެ އިތުރުން އިނގިރޭސި އެފްއޭ އިން ވެސް، ކުރީގެ ތިން އޮފިޝަލުންގެ މައްޗަށް އެކުލަވާލާފައިވާ ޕެނަލުން މެޗު ރެފްރީގެ ރިޕޯޓަށް ވުރެން އިތުރަށް މި މައްސަލަ ބަލަން ބޭނުންނުވެ އެވެ.
އެވަޓަން ދޫކޮށް މި ފަހަރު 75 މިލިއަން ޕައުންޑަށް ޔުނައިޓެޑަށް ބަދަލުވި ލުކާކޫ މިހާތަނަށް ވަނީ އެ ޓީމަށް ލީގުގައި އަށް ގޯލު ޖަހައިދީފަ އެވެ. ޔުނައިޓެޑް ލީގުގައި މިރޭ ރަށުން ބޭރުގައި ނުކުންނާނީ ވަޓްފޯޑާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.
ލުކާކޫ ވަރުބަލިވެއްޖެ: މޮރީނިއޯ
"އިބްރަހިމޮވިޗް ހުރުމަކީ ލުކާކޫ އަށް ކަންބޮޑުވުމެއް"
ލުކާކޫ - ރޫނީ އަށް ހާއްސަ މެޗުން ކުރިހޯދީ ޔުނައިޓެޑް
ލުކާކޫގެ ދެ ލަނޑާ އެކު ޔުނައިޓެޑަށް ހުވަފެނީ ފެށުމެއް
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ އަމޯރިމް ކަންބޮޑެއްނުވޭ
ރަޝްފޯޑަށްވުރެ 63 އަހަރުގެ ކޯޗު ވެސް ރަނގަޅު
މާޓިނޭޒްގެ ނަސީބު ގޯލުން ޔުނައިޓެޑަށް ހިނިތުންވުން
މިއީ ޔުނައިޓެޑުގެ އެންމެ ދަށް ޓީމު: ކޯޗު
ލިވަޕޫލް އަތުން ޕޮއިންޓެއް ލިބުނަސް އަމޯރިމް ދެރަވެފައި