06 ޑިސެމްބަރ 2017
އިނގިރޭސި ވިލާތުގެ ލަންޑަނުން ރާއްޖެ އަންނަ ބްރިޓިޝް އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ވަރުގަދަ ކުރަން ހުށަހެޅި ކަންތައްތައް ފުރިހަމަ ކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
އިނގިރޭސި ވިލާތުގެ ލަންޑަނުން ރާއްޖެ އަންނަ ބްރިޓިޝް އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ވަރުގަދަ ކުރަން ހުށަހެޅި ކަންތައްތައް ފުރިހަމަ ކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގެ ދިފާއީ ވުޒާރާ އިން އެހެން ބުނިއިރު، ދިފާއީ ވަޒީރު އާދަމް ޝަރީފް އިއްޔެ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތް ކުރައްވައި އެތަނުގެ ސަލާމަތީ ކަންކަން ބައްލަވާލައްވައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ބައެއް ކަންކަން ފުރިހަމަ ކޮށްދޭން ބްރިޓިޝް އެއާވޭސް އިން ހުށަހެޅި ކަމަށެވެ. އޭގެ ތެރޭގައި ރެންޑަމްކޮށް ފަސިންޖަރުންގެ ބޮޑީ ސްކޭން ކުރުމާއި އަތްދަބަހުގައި އިލެކްޓްރޯނިކް ބާވަތްތައް ގެންދޭތޯ ބެލުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ އެއާލައިންގެ ކޮންސާންތަކެއް [ކަންބޮޑުވުން ތަކެއް] ހުށަހެޅީ. އޭގެ ތެރެއިން އެއްކަމަކީ ހޭންޑް ލަގެޖްގައި އިލެކްޓްރޯނިކް އައިޓަމްސް ނުގެންދެވޭ ގޮތަށް ހެދުން. ނަމަވެސް މިހާރު އެކަން ދޫކޮށްލައިފި. އޭގެ އިތުރުން ފުރާއިރު ބޮޑީ ޗެކްކުރަން ވެސް އެދުނު. އެކަންތައް ވެސް އަޅުގަނޑުމެން މިއަންނަނީ ކޮށްދެމުން،" މިނިސްޓަރު ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުގެ ތެރެއިން 20 ޕަސެންޓް މީހުންގެ ހަށިގަނޑު މިހާރު ވެސް ބަލައި ފާސްކުރާނެ އެވެ.
"އެ ބޭފުޅުން ހުށަހެޅުއްވި ކަންތައްތަކަކީ ޕެސެންޖަރުންނަށް ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ޔަގީން ކަމެއް ލިބޭނެ ކަންތައްތަކެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ބްރިޓިޝް އެއާވޭސް އިން މި ސީޒަނާ ދިމާކޮށް ލަންޑަނާއި ރާއްޖެއާ ދެމެދު ހަފުތާއަކު ހަތަރު ދަތުރުކުރެ އެވެ.
ޑިފެންސް މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވަނީ އެއާޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ސިފައިން އެއާޕޯޓުގައި ހަރަކާތްތެރިވާން ފެށުމުން ޓޫރިސްޓުން ދިނީ ވަރަށް "ފަހި" ޖަވާބެއް ކަމަށް އެ ޒިޔާރަތަށް ފަހު ޕީއެސްއެމާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި ކަމަށެވެ. އަދި ސިފައިން އެއާޕޯޓުގައި އެގޮތަށް ހަރަކާތްތެރިވުމުން، ޓޫރިސްޓުންނާއި އެއާޕޯޓުން ފުރާ މީހުންނަށް ރާއްޖޭގެ އެއާޕޯޓުގެ ސަލާމަތީ ކަންކަމާމެދުު އިތުރު ޔަގީން ކަމެއް ލިބިގެންދިޔަ ކަމަށް ވެސް ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ދުނިޔޭގެ ބައެއް އެއާޕޯޓުތަކަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަލާމަތީ ކަންކަން ވެސް ވަރުގަދަ ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.
ސިފައިން ހަތިޔާރާއެކު ފޯރިމަރަނީ ރައްކާތެރިވުމުގެ ގޮތުން
މަތިންދާބޯޓުތަކުގެ މައްސަލަ ރިޕޯޓްކުރެވޭނެ ޕްލެޓްފޯމެއް
އުތުރު ތިލަފަޅުގެ އެއްބަސްވުން ހޯދަން މަޖިލީހުން އެދެނީ
މި ފަހުން ސިފައިން އެންމެ ސިޔާސީވީ ޔާމީން ވެރިކަމުގައި
ބަންޑާރަ ކޮށީގައި ހެދި 9 ބުރީގެ އިމާރާތް ހުޅުވައިފި
ދުނިޔޭގެ މޫސުމީ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ބޮޑުވޭ: މިނިސްޓަރު
ރާއްޖޭގައި އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމެއް ފަށައިފި
ވޯޓުނުލާ ގޮތަށް ހަދަން ސިފައިން ތާއީދުކުރޭ: މިނިސްޓަރު
ސިފައިންނަށް ވޯޓު ނުލެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ
ތެލުގެ ވިޔަފާރިކުރާ ތަންތަނުން ނުރައްކާ ބޮޑުވެދާނެ