ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު އަދި އޭޓީއެމްގެ ހިދުމަތަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ރޭ ދަންވަރު ހިދުމަތް މެދުކެނޑުމަށްފަހު މިއަދު ހެނދުނު އަލުން ދޭން ފަށައިފި އެވެ.
09 ޖުލައި 2016
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު އަދި އޭޓީއެމްގެ ހިދުމަތަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ރޭ ދަންވަރު ހިދުމަތް މެދުކެނޑުމަށްފަހު މިއަދު ހެނދުނު އަލުން ދޭން ފަށައިފި އެވެ.
ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ ރޭ ދަންވަރު 2:30 ހާއިރު ދިމާވި މައްސަލައާ ގުޅިގެން ގާތްގަނޑަކަށް ހަ ގަޑިއިރަށް ހިދުމަތް މެދުކަނޑާލަން ޖެހުނު ކަމަށެވެ. އަދި އަލުން ހިދުމަތް ދޭން ފެށުނީ ހެނދުނު 8:30 ހާއިރު ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނީ ކުއްލިއަކަށް ދިމާވި މައްސަލައާ ގުޅިގެން ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އާއި ކާޑުގެ ހިދުމަތްތަކުގެ އިތުރުން އޭޓީއެމް އަދި ޕީއޯއެސްގެ ހިދުމަތް ވެސް މެދުކަނޑާލަން ޖެހުނު ކަމަށެވެ.
"ރޭ އެ ދިމާވި މައްސަލަ މިހާރު ވަނީ މުޅިން ހައްލުކުރެވިފައި. ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ނިހާޔަތަށް މައާފަށް އެދެން،" އެ ބޭންކުން ބުނެފައިވެ އެވެ.
އެ ބޭންކުގެ ޕީއޯއެސްތަކަށް ދިމާވި މައްސަަލައަކާ ގުޅިގެން މިދިޔަ ހަފުތާގައި ވެސް ދެ ގަޑިއެއްހާ އިރަށް ހިދުމަތް މެދުކެނޑިފައިވެ އެވެ.
ބީއެމްއެލް އިން މާލެ އާއި އަތޮޅުތަކުގައި 76 އޭޓީއެމް އަދި ކޭޝްކާޑުގެ ހިދުމަތް ދޭ 3،200 ތަން ހުރެ އެވެ.
ބީއެމްއެލްގެ ކާޑުތައް ބޭނުންކުރެވޭ ގޮތް ބަދަލުކޮށްފި
ތިންގަޑިއިރަށްފަހު ބީއެމްއެލްގެ ކާޑުގެ ހިދުމަތް ފަށައިފި
ބީއެމްއެލްގެ ކާޑުގެ ހިދުމަތް މެދުކެނޑިއްޖެ
ބީއެމްއެލްގެ އަގުވަޒަންކޮށް ބައިނަލްއަގްވާމީ އެވޯޑެއް
ބްރާންޗުތަކުގެ މުވައްޒަފުން ފައިނޭންޝަލްއެޑްވައިޒަރުންނަށް
ހަނިމާދޫ އެއާޕޯޓަށް ޑޮލަރު އޭޓީއެމަކާއި ޑޮލަރު ކައުންޓަރެއް
ރަށްރަށުގައި 82 އޭޓީއެމް، 313މިލިއަންގެ މުއާމަލާތް
ފ.އަތޮޅު ހުރިހާ ރަށަކަށް ބީއެމްއެލް އޭޓީއެމް ހިދުމަތް
ގދ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް
ނޮޅިވަރަންފަރުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި