18 ޑިސެމްބަރ 2017
އެތައް ގަރުނެއް ކުރިއްސުރެ މީހުންނަށް ހީވެފައި އޮންނަ އެއް ކަމަކީ ހުޅުހުޅުގައި ރިއްސަނީ ވިއްސާރަ ވާން އުޅޭތީ ކަމަށެވެ. ނަމަވެސް ފަހުގެ ހޯދުމަކަށް ފަހު ސައިންސްވެރިން ބުނަނީ ވިއްސާރަވެހި ފިނިވުމާއި ހުޅުގައި ރިއްސުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
އެތައް ގަރުނެއް ކުރިއްސުރެ މީހުންނަށް ހީވެފައި އޮންނަ އެއް ކަމަކީ ހުޅުހުޅުގައި ރިއްސަނީ ވިއްސާރަ ވާން އުޅޭތީ ކަމަށެވެ. ނަމަވެސް ފަހުގެ ހޯދުމަކަށް ފަހު ސައިންސްވެރިން ބުނަނީ ވިއްސާރަވެހި ފިނިވުމާއި ހުޅުގައި ރިއްސުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
މިފަހަރުގެ ހޯދުން ހޯދާފައިވަނީ އެމެރިކާގެ ހާވާޑް މެޑިކަލް ސްކޫލްގެ ސައިންސްވެރިންނެވެ. ހޯދުމުގައި ފިނިވުމުގެ ސަބަބުން ހުޅުހުޅުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކި އެތައް މިލިއަން ބައެއްގެ އިންޝުއަރެންސް ކްލެއިމް އާއި މޫސުމާ ބެހޭ ސްޓޭޝަންތަކުން އެއްކުރި މޫސުމާ ގުޅޭ މައުލޫމާތު އަޅާބަލާފައިވެ އެވެ.
ޖާނަލް ބީއެމްޖީގައި މިހާރު ޝާއިއުކޮށްފައިވާ މި ހޯދުމުގައި 2008 އާއި 2012 އާ ދެމެދު ޑޮކްޓަރަށް ދެއްކި 11 މިލިއަން މީހުންގެ މައުލޫމާތު ޗެކްކުރި އެވެ.
މި ހޯދުމަށް ރިސާޗް ޓީމުން ތަފާތު ސުވާލުތައް ކުރި އެވެ. އޭގެން އެންމެ މުހިއްމު ސުވާލަކީ ވިއްސާރަ މޫސުމަށް ނުވަތަ ވިއްސާރަ މޫސުމާ ގުޅިގެން ހުޅުހުޅުގައި ރިއްސާތީ ޑޮކްޓަރަށް ދައްކާ މީހުން ގިނަވެފައިވޭތޯ އެވެ. އަދި އެހެން ކޮންމެވެސް ސިއްހީ މައްސަލައެއް ހުރެގެން ޑޮކްޓަރަށް ދައްކާ މީހުން ވިއްސާރަ މޫސުމުގައި ހުޅުހުޅުގައި ރިއްސާކަމުގެ ޝަކުވާ ކުރީތޯ ވެސް ބެލި އެވެ. ނޫން ނަމަ ވިއްސާރަ މޫސުން ނޫނަސް ޑޮކްޓަރަށް ދައްކާ މީހުން އަބަދުވެސް ހުޅުތަކުގައި ރިއްސާތީ ޝަކުވާ ކުރޭތޯ އާއި ރިއުމެޓޮއިޑް އާތުރައިޓިސް ހުންނަ މީހުން މާ ބޮޑަށް ހުޅުތަކުގައި ރިއްސާތީ އުޅޭތޯ ވެސް ސައިންސްވެރިން ކުރި ސުވާލުތަކުގެ ތެރޭގައި ހިމެނެ އެވެ.
މި ސުވާލުތަކުގެ ޖަވާބު ލިިބިފައިވާ ގޮތުން ވިއްސާރަ މޫސުމުގައި ވަކިން ގިނައިން ހުޅުތަކުގައި ރިއްސާތީ މީހުން އުޅެފައި ނެތްކަން ވަނީ ޔަގީންވެފަ އެވެ.
ޑޮކްޓަރުންނަށް ދެއްކި މީހުންގެ ތެރެއިން 6.35 ޕަސެންޓް މީހުން ވިއްސާރަ ދުވަސްތަކުގައި ހުޅުތަކުގައި ރިއްސާ ވާހަކަ ބުނިއިރު ވިއްސާރަ ނޫން ދުވަސްވަރު ހުޅުތަކުގައި ރިއްސާ ކަމަށް ބުނި މީހުންގެ އަދަދު އުޅެނީ 6.39 ޕަސެންޓްގަ އެވެ.
"ވިއްސާރަ މޫސުމާއި ހުޅުތަކާއި ބުރަކަށީގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމާ އެއްވެސް ގުޅުމެއް ހުރި ކަމަކަށް އަހަރެމެންގެ ހޯދުމަކުން ނުދައްކާ،" ދިރާސާގައި މަސައްކަތް ކުރެއްވި ސައިންސްވެރިއަކު ވިދާޅުވި އެވެ.
އާތުރައިޓިސް ހުންނަ ނަމަ މި އެއްޗިއްސާ ދުރުވޭ
ޑިޕްރެޝަނުން ހިތުގެ ބަލިތަކާއި އާތުރައިޓްސް
އޮމްނިކޫރިސް: ހިޖާމާއަށް ހާއްސަ ކްލިނިކެއް
ކިރާއި ގެރިމަހުން އާތުރައިޓިސްގެ ނުރައްކާ ބޮޑުވޭ
އާތުރައިޓިސް ހުންނަ މާބަނޑު މީހުން ސަމާލުވާން ޖެހޭ
އާތުރައިޓިސް ހުންނަ މީހުން ކައްޓަލަ ކެއުމުން ލުއި ލިބޭ
"ބަލި ފަހަތުން ދުވާ ސިއްހީނިޒާމުގައި ތިބެވޭކަށް ނެތް"
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!
ހެޔޮ އަގުގައި ސިއްހީ ހިދުމަތް ދޭން ބަޖެޓް ކްލިނިކެއް
ޝާހު ސިނގިރޭޓު ބުއިން ހުއްޓާލައިފި