ހއ. މޮޅަދޫ އިންޖީނުގޭގެ ތިޖޫރި ވަގަށް ނެގި މައްސަލާގައި ފުލުހުން ހައްޔަރުކުރި ދެ މީހުން ގެ ބަންދަށް އިހަވަންދޫ ކޯޓުން 15 ދުވަސް ޖަހައިފި އެވެ.
ހއ. މޮޅަދޫ އިންޖީނުގޭގެ ތިޖޫރި ވަގަށް ނެގި މައްސަލާގައި ފުލުހުން ހައްޔަރުކުރި ދެ މީހުން ގެ ބަންދަށް އިހަވަންދޫ ކޯޓުން 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން ވަނީ ތިޖޫރީގައި ހުރި ފައިސާ މިއަދު ހޯދައިފަ އެވެ. ހޯމަ ދުވަހުގެ ރޭ އެ ތިޖޫރީ ވަގަށް ގެންދިޔައިރު، އޭގައި 38،740ރ. ހުންނާނެ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ފެނަކަ އިން ހިންގަމުން އަންނަ އިންޖީނުގޭގައި ހުރި ތިޖޫރި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 20 އަހަރާއި 26 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކުރީ މިއަދު ކަމަށެވެ.
ރާއްޖޭގެ ރަށްރަށުގެ ތެރެއިން ވެސް ބޮޑު ރަށެއްގެ ގޮތުގައި ބަލާ މޮޅަދުއަކީ އަތޮޅުގެ ނިސްބަތުން އާބާދީ އެންމެ ކުޑަ ރަށެވެ. އެ ރަށުގެ އާބާދީ އަކީ ގާތްގަނޑަކަށް 400 އެވެ.
ބައިލައްކަ ރުފިޔާ ހުރި ތިޖޫރި ފެނުނީ ވަކިލާރިކޮޅާ އެކު
މޮޅަދޫ ތިޖޫރީން ވަގަށް ނެގި ފައިސާ ހޯދައިފި
ތިޖޫރި ވަގަށް ނެގުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު
މޮޅަދޫ އިންޖީނުގޭގެ ތިޖޫރީ ވަގަށް ނަގައިފި
ހެކި ގެއްލެނީ، މިވަރުން އިތުބާރު ކުރާނީ ކިހިނެއް؟
ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ބިދޭސީއަކު ހައްޔަރު
ވަގު ސިނގިރޭޓާ ގުޅޭ މައުލޫމާތު ދޭން ފުލުުުހުން އެދިއްޖެ
އެއާޕޯޓުން ފޭރުނު 'އެންމެ ޑޮލަރެއް' ވެސް އަދި ނުފެނޭ
ހައްޔަރުކުރި މީހުން ޑޮލަރު ގުނާތަން ސީސީޓީވީއަށް ފެނޭ!
އެއާޕޯޓުން ޑޮލަރު ފޭރުނު މީހުން ދިޔައީ ހުރައަށް!