07 ޖެނުއަރީ 2018
ގދ. ހޯޑެއްދޫ އިންޖީނުގެ އިން ވަގަށް ނެގި ތިޖޫރި ހޯދުމުގެ މަސައްކަތް ކުރަނިކޮށް، އެ ރަށު ކުޅީ ސަރަހައްދުން އިއްޔެ އެ ތިޖޫރީ ފެނިއްޖެ އެވެ. އެކަމަކު ބައި ލައްކައެއްހާ ރުފިޔާއާ އެކު ވަގަށް ނެގި އެ ތިޖޫރީ ފުލުހުންނަށް ފެނުނު އިރު އޭގައި ހުރީ ވަކި ލާރިކޮޅު އެކަންޏެވެ.
ގދ. ހޯޑެއްދޫ އިންޖީނުގެ އިން ވަގަށް ނެގި ތިޖޫރި ހޯދުމުގެ މަސައްކަތް ކުރަނިކޮށް، އެ ރަށު ކުޅީ ސަރަހައްދުން އިއްޔެ އެ ތިޖޫރީ ފެނިއްޖެ އެވެ. އެކަމަކު ބައި ލައްކައެއްހާ ރުފިޔާއާ އެކު ވަގަށް ނެގި އެ ތިޖޫރީ ފުލުހުންނަށް ފެނުނު އިރު އޭގައި ހުރީ ވަކި ލާރިކޮޅު އެކަންޏެވެ.
ހޯޑެއްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޔާޒު ވިދާޅުވީ ފެނަކަ އިން ހިންގާ އިންޖީނުގޭގެ ޕެނަލް ރޫމު ތެރޭގައި ބަހައްޓާފައި ހުރި ތިޖޫރީ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އެކަމަކު ތިޖޫރީ ގެއްލުނު އިރެއް އެއްވެސް މީހަކަށް ނޭނގެ އެވެ.
"މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް އޮފީހުގައި ތިޖޫރި ހުރި ކަމަށްވޭ. އޭގެ ފަހުން ތިޖޫރި ނެތް ކަން އެނގުމުން ރިޕޯޓު ކުރީ. ވަގަށް ނެގި އިރެއް އެކަކަށް ވެސް ނޭނގޭ. ފުލުހުން އެ ތިޖޫރި ހޯދަމުން ދަނިކޮށް ފެނުނީ ރަށުގެ އޮޅު އަލަ ހައްދާ ސަރަހައްދުގައި އެއްލާލާފައި އޮއްވާ." އަޔާޒު ވިދާޅުވި އެވެ.
"އެކަމަކު ވަކި ލާރިކޮޅެއް ނޫނީ އެޔަކު އެއްވެސް އެއްޗެއް ނެތް،"
ފުލުސް އޮފީހުން ބުނީ އިއްޔެ އިރުއޮއްސުނު އިރު ތިޖޫރީ ފެނުނު އިރު އޭތި އޮތީ ވަރަށް ބޮޑަށް ހަލާކުކޮށްލާފައި ކަމަށެވެ.
މިއީ އެ ރަށު އިންޖީނުގޭ ތިޖޫރި ވަގަށް ނެގި ދެ ވަނަ ފަހަރެވެ.
ކައުންސިލުން ބުނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވެސް ތިޖޫރި ވަގަށް ނެގި ކަމަށާއި އެ ފަހަރު ލައްކައެއްހާ ރުފިޔާ ގެއްލުނު ކަމަށެވެ. އަދި ދެ ފަހަރު ވެސް ތިޖޫރި ފެނުނީ އެއް ސަރަހައްދަކުން ކަމަށް އެ ކައުންސިލުން ބުންޏެވެ.
ތިޖޫރި ވަގަށް ނެގުމުގެ ތުހުމަތުގައި އޭރު މީހަކު ހައްޔަރު ކުރި ނަމަވެސް ދުވަސްކޮޅެއް ނުވެ، އެ މީހާ ދޫކޮށްލާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
އަޔާޒު ވިދާޅުވީ އެންމެ މީހަކަށް ވެސް އުފުލޭ ވަރުގެ އެ ދެ ތިޖޫރި ވެސް ހުރީ ތަނެއްގައި ހަރުނުކޮށް، ބިންމަތީގައި ބަހައްޓާފައި ކަމަށެވެ. އަދި ޕެނަލް ރޫމް ތެރޭގައި ތިޖޫރީ ހުންނަ އިރު، އެ ތަނުގައި ޑިއުޓީ އަށް ހުންނަ މުވައްޒަފު، ގެއެއްގައި ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެ ނަމަ ކޮންމެ ވަގުތަކު ވެސް ބޭރަށް ނިކުންނަން ޖެހިދާނެ ކަމަށް ވިދާޅުވި އެވެ.
"ދެން އޭނާ ދާން ޖެހޭނީ އިންޖީނުގެ ބަންދުނުކޮށް އެ ހުރި ގޮތަށް ބަހައްޓާފައި. ހަގީގަތުގައި ބައެއް މުވައްޒަފުން ބޭނުމެއް ނުވޭ ޕެނަލް ރޫމްގައި ތިޖޫރި ބަހައްޓާކަށް. އެއީ އެހާ ފަރުވާ ކުޑަކޮށް ކަންކަން ހުންނައިރު، އެ ގެއްލިއްޖެއްޔާ އެ މީހަކު ޒިންމާ ނަގަން ޖެހޭތީ،" އެމްޑީޕީ ކައުންސިލަރު ވިދާޅުވި އެވެ.
އޭނާ ތުހުމަތު ކުރާ ގޮތުގައި އިންޖީނުގޭ ތިޖޫރި ދެ ފަހަރު ވެސް ގެއްލުނީ ފެނަކައިގެ އިހުމާލުންނެވެ. އެއީ ދައުލަތުގެ ފައިސާ އެހާ ފަރުވާ ކުޑަކޮށް ބަލަހައްޓާތީ ކަމަށް އަޔާޒު ވިދާޅުވި އެވެ.
ތިޖޫރި ވަގަށް ނެގި މައްސަލާގައި ބަންދަށް 15 ދުވަސް
މާވެޔޮމަގު ފިހާރައެއް ފަޅާލި 3 މީހުން ހައްޔަރުކޮށްފި
ވަޅިން ބިރުދައްކައި ފޭރުނު އިތުރު މީހަކު ހައްޔަރު
ސޭޓަކަށް ވަޅިން ބިރުދައްކައި ފޭރުނު މީހަކު ހައްޔަރު
އޮޅުވާލައިގެން ގެންގޮސް ފޭރުނު މައްސަލާގައި ދައުވާކޮށްފި
ދުވަސްވީ މީހުންގެ އަތުން ފޭރޭ މައްސަލަތައް އިތުރުވަނީ
ޓޫރިސްޓެއްގެ ދަބަސް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
ވަގު ސްލިޕް ހަދަން ހާއްސަ އެޕެއް، ސަމާލުވާން އެދެފި
މަޑިދަށުން ވައްކަން ކުރުން: ބުނަނީ ފްރޭމް ކުރިކަމަށް!
ފެނަކައިގެ އޮފީހަކުން ފައިސާތަކެއް ގެއްލުނު މައްސަލައެއް