16 ޖެނުއަރީ 2018
ރިއާސީ ބަޔާން އިއްވުމަށް އަންނަ މަހުގެ 5 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ދަރުބާރުގޭގައި ބާއްވާ ގޮތަށް ނިންމައިފި އެވެ.
ރިއާސީ ބަޔާން އިއްވުމަށް އަންނަ މަހުގެ 5 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ދަރުބާރުގޭގައި ބާއްވާ ގޮތަށް ނިންމައިފި އެވެ.
މި ޖަލްސާގައި އޮންނާނީ ރައީސް އަބްދުﷲ ޔާމީން ރިއާސީ ބަޔާން އިއްވެވުން އެކަންޏެވެ. މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުގެ ރިއާސީ ބަޔާން އިއްވުމުގެ ޖަލްސާ ބޭއްވީ ވެސް ދަރުބާރުގޭގަ އެވެ.
ރިއާސީ ބަޔާނުގައި، މި އަހަރަށް ދައުލަތުގެ ސިޔާސަތު ކަނޑައެޅިފައިވާ ގޮތް ބަޔާން ކޮށްދެއްވާނެ އެވެ.
ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގައި، ރިއާސީ ބަޔާން އިއްވަވަން ޖެހިވަޑައިގަންނަވާނީ ގައުމުގެ ހާލަތު ބަޔާންކޮށްދީ، އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަމުގެ ގޮތުގައި އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށެވެ.
މަޖިލީހުގެ ޖަލްސާތައް ފަށާއިރު، މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް މިހާތަނަށް އައިއިރު، އެއްވެސް ދާއިރާއެއްގެ ބައި އިލެކްޝަން އިލެކްޝަނުން ބާއްވާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެ އެވެ. އެހެންކަމުން މި އަހަރުގެ ޖަލްސާތައް ވެސް ފަށާނީ އެ ދާއިރާތަކުގެ މެމްބަރުންނާ ނުލައި ކަމަށް ބެލެވެ އެވެ.
ތިން ދައުރަކަށް ބަހާލައިގެން އަހަރުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ބާއްވާ އިރު، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން އޭޕްރީލް މަހުގެ ނިޔަލަށެވެ.
މިދިޔަ އަހަރަކީ މާ ބޮޑު މަސައްކަތެއް ނެތް، އެންމެ މަދުން ޖަލްސާތައް ބޭއްވި އަހަރަށް ވާނެ އެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވީ އެންމެ 36 ޖަލްސާ އެވެ.
މިދިޔަ އަހަރު މަޖިލީހުން ފާސް ކުރި މުހިންމު ބައެއް ކަންކަމުގެ ތެރޭގައި މި އަހަރަށް ލަފާކޮށް، ސަރުކާރުން ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 493 މިލިއަން ރުފިޔާ ފާސް ކުރުމާއި ރާއްޖެ އާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރުމަށް ރުހުން ދިނުން ހިމެނެ އެވެ. އަދި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން މެމްބަރުންގެ މުސާރަ ބޮޑު ކުރަން ފާސް ކުރި އެވެ.
މިދިޔަ އަހަރުގެ ދެވަނަ ދައުރާއި ތިން ވަނަ ދައުރުގެ ގިނަ ޖަލްސާތަކެއް ބޭއްވީ އިދިކޮޅު މެމްބަރުންގެ ދެކޮޅު ހެދުމާއި ހަޅޭއްލެވުމުގެ ތެރޭގަ އެވެ. އެގޮތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ނުކުރާތީ ކޮންމެ ދުވަހަކުހެން، އިދިކޮޅު މެމްބަރުން ޗެމްބަރުގައި އިހްތިޖާޖް ކުރައްވަ އެވެ.
އެހެންވެ، ފަހު ދައުރުގެ ޖަލްސާތައް ފެށީ ރިޔާސަތުގެ މޭޒު ކައިރިއަށް މެމްބަރުންނަށް ވަޑައިނުގެންނެވޭނެހެން ރިއާސަތާއި އިދާރީ މޭޒުގެ ކުރިމަތީގައި ލަކުޑިން އުސް ބިތްގަނޑެއް ޖަހައިގެންނެވެ. އެކަމަކު، އިދިކޮޅު މެމްބަރުން ކުރައްވަމުން ގެންދެވި އިހްތިޖާޖްތަކަށް ނިމުމެއް ނާދެ އެވެ.
މަޖިލިހަށް ހުށަހެޅި މަސީހުގެ އިތުބާރު ނެތް މައްސަލަ ފޭލްކޮށްލީ، އެ މައްސަލަ ހުށަހެޅުމަށް ސޮއި ކުރެއްވި ބައެއް މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުންނެވެ. ވެރިކަން ކުރާ ޕީޕީއެމުން އެދުނު ގޮތަށް އިލެކްޝަނުން ނިންމި އެ ނިންމުމާ އެކު، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަ ނުވާކަމަށް މަޖިލީހުގެ ރިޔާސަތުން ކަނޑައަޅައި، އެ މައްސަލަ ބާތިލް ކުރީ އެވެ.
މިއީ ދިވެހިންގެ ހިދުމަތުގައި އޮތް ސަރުކާރެއް: ރައީސް
ރިޔާސީ ބަޔާން އިއްވާ ޖަލްސާ މިރޭ ދަރުބާރުގޭގައި
ޕީޕީއެމްގެ މަޖިލިސް މެމްބަރުން ތިބީ ފިތިފައި: މަހްލޫފް
މަޖިލީހުގެ ޖަލްސާތައް އަންނަ މަހުގެ 6 ގައި ފަށަނީ
އިދިކޮޅު މެމްބަރުން އިންޑިއާއަށް ނުދިޔައީ ޔާމީނަށްޓަކައި
ޖަލުތަކަށް ތާސްބައި ވެއްދޭނެ، އެ ހުއްދަ ލިބޭނެ:ނަޝީދު
މަޖިލިހުގައި ހަޅޭކާއި ނިޒާމީ މައްސަލަ އާއި އަރާރުން!
މަޖިލިހުގައި އިހުތިޖާޖުކުރި މެމްބަރުން ބޭރުކޮށްފި
ހުކުމަށް ފަހު ރައީސުންނަށް އިނާޔަތް ލިބޭ ގޮތް ހަދައިފި
ޔާމީން މިނިވަންކުރަން މަޖިލިހުގައި އިހްތިޖާޖު ކުރަނީ