ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހުގައި އަޑުގަދަކޮށް އިހުތިޖާޖް ކުރެއްވި އިދިކޮޅު ހަތަރު މެމްބަރެއްގެ ނަން އިއްވައި މިއަދު ބޭރުކޮށްފި އެވެ.
03 ޑިސެމްބަރ 2019
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހުގައި އަޑުގަދަކޮށް އިހުތިޖާޖް ކުރެއްވި އިދިކޮޅު ހަތަރު މެމްބަރެއްގެ ނަން އިއްވައި މިއަދު ބޭރުކޮށްފި އެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ދޫކޮށްލަން ގޮވާލައި މަޖިލިހުގައި އިހުތިޖާޖް ކުރެއްވި މެމްބަރުންގެ ތެރެއިން ނަން އިއްވާ، ބޭރުކުރެއްވީ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާއި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ.
މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ރިޔާސަތުން މެމްބަރެއްގެ ނަން އިއްވައިފި ނަމަ، އެ މެމްބަރަކު މަޖިލިހުގެ ތަޅުމުން ވަގުތުން ނުކުންނަވަން ޖެހެ އެވެ. އަދި އެ ދުވަހުގެ ޖަލްސާއެއްގެ ބާކީ އޮތް ބައިގައި އެ މެމްބަރަކަށް ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު މަޖިލިހުގެ ގަވައިދަކުން ނުދެ އެވެ.
ނަން އިއްވަން ޖެހިދާނެ ކަމުގެ އިންޒާރު، ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވުމުން މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދާއި ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޣައްސާން ވަނީ އަމިއްލަ އަށް މަޖިލިހުގެ ތަޅުމުން ނުކުމެވަޑައިގެންފަ އެވެ.
އެކަމަކު ނަން އިއްވި ބައެއް މެމްބަރުން މަޖިލިހުގެ ތަޅުމަށް އަލުން ވަޑައިގެންނެވި އެވެ. އެގޮތަށް ކަންތައް ކުރެއްވުމުން ނަޝީދު ވަނީ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމާއި އިތުރު ސެކިއުރިޓީ އޮފިސަރެއްގެ އަރިހުން އެ މެމްބަރުންނަށް ނުވެންނެވޭ ގޮތަށް ދޮރުގެ ތަޅުގެ ގޮނބުގައި ހިފަހައްޓަވައިގެން ހުންނެވުމަށް އަމުރު ކުރައްވައިފަ އެވެ. އަދި އެގޮތަށް އެ ބޭފުޅުން އަމަލު ކުރެއްވި އެވެ.
"ސާޖަންޓް އެޓް އާމްސް ކޮށްދެއްވަންވީ ތިބޭފުޅާ ތި ދޮރު ކައިރީގައި އެ ތެރެއިން ތަޅުގައި ހިއްޕަވައިގެން ހުންނަވަންވީ. އެކޮޅުން އެހެން ބޭފުޅަކު ވެސް ތަޅުގައި ހިއްޕަވައިގެން ހުންނެވުން،" ނަޝީދު ވިދާޅުވި އެވެ.
މަޖިލިހުގެ އިއްޔެގެ ޖަލްސާއެކޭ އެއްގޮތަށް މިއަދުގެ ޖަލްސާގައި ވެސް ނަޝީދު ވަނީ އިދިކޮޅު މެމްބަރުންނަށް އިހުތިޖާޖް ކުރެއްވުމުގެ ފުރުސަތު ދެއްވައިފަ އެވެ. މިއަދު އެ މެމްބަރުންގެ ނަން އިއްވެވީ ބައެއް މެމްބަރުންގެ ހެޑްސެޓަށް އަޑު ނީވޭތީ އާއި ވޯޓު ގަޑީގައި ރިޔާސަތުން ދައްކަވާ ވާހަކަތައް ސާފުނުވާތީ އެވެ.
މަޖިލީހުގައި މިއަދު ވޯޓަށް އަހާފައި ވަނީ އިދިކޮޅު މެމްބަރުން ތަޅުމުން ނެރުމަށް ފަހު އެވެ.
އިދިކޮޅު ބައެއް މެމްބަރުންގެ ނަން އިއްވައިފި
މަޖިލިހުގައި ހަޅޭކާއި ނިޒާމީ މައްސަލަ އާއި އަރާރުން!
ސަރުކާރު ހިންގަނީ މަޖިލިހުން ކަމަށް ބުނެ ފާޑުކިޔައިފި!
އިދިކޮޅުގެ ބޮޑު ބެނާއެއް ރައީސްގެ ކުރިފުޅުމައްޗަށް
ޖަލްސާގައި އިދިކޮޅު ނެތްކަން ފާހަގައެއް ނުވޭ: ނަޝީދު
އިދިކޮޅު މެމްބަރުން އިންޑިއާއަށް ނުދިޔައީ ޔާމީނަށްޓަކައި
ޖަލުތަކަށް ތާސްބައި ވެއްދޭނެ، އެ ހުއްދަ ލިބޭނެ:ނަޝީދު
ހުކުމަށް ފަހު ރައީސުންނަށް އިނާޔަތް ލިބޭ ގޮތް ހަދައިފި
ޔާމީން މިނިވަންކުރަން މަޖިލިހުގައި އިހްތިޖާޖު ކުރަނީ
މިއީ ރާއްޖެ ކަފުން ކުރަން ތައްޔާރުކުރި ބަޖެޓެއް:ޝިޔާމް