20 ޖެނުއަރީ 2018
ރ. ދުވާފަރުގައި މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ދަންވަރު 25 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ރ. ދުވާފަރުގައި މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ދަންވަރު 25 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީއެފަދަ މައްސަލައެއް ހުށަހަޅައި ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އެނގިފައިވާ ގޮތުގައި، ކައިވެނިކޮށްގެން ދުވާފަރުގައި ދިރިއުޅެމުން އަންނަ އަންހެން މީހާ ރޭޕްކުރީ، ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ގްރޫޕަކުން އޭނާ ދިރިއުޅޭ ގޭގަ އެވެ. އޭރު އެރޭ އޭނާގެ ފިރިމީހާ ހުރީ ބޮޑު ކަންނެލީގެ މަސްވެރިކަމަށް ގޮހެވެ.
އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި، އަންހެންމީހާ ދިރިއުޅެނީ ފިރިމީހާގެ އާއިލާގެ ބައެއް މީހުންނާ އެކުގަ އެވެ. އެކަމަކު، އަންހެންމީހާއާ މެދު އަނިޔާވެރި އަމަލެއް ހިންގިކަން އެ ގޭގެ މީހުންނަށް އެނގުނީ، އެ ގްރޫޕު ދިޔަ ފަހުން ކަމަށް ވެސް ވެ އެވެ.
އަންހެންމީހާ ރޭޕްކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފަސް މީހުން އެ އަތޮޅު އުނގޫފާރު ޕޮލިސް ސްޓޭޝަނަށް ގެންގޮސް، އެ ރަށުގެ ކޯޓުން ވަނީ އެ މީހުންގެ ބަންދަށް ހަފުތާއަކަށް ވުރެ ގިނަ ދުވަސް ޖަހައިފަ އެވެ. އޭގެ ތެރޭގައި 18 އަހަރު ނުފުރޭ ކުއްޖަކު ހިމެނޭތީ، އޭނާ ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.
އެ ހާދިސާއާ ގުޅިގެން އަންހެން ކުއްޖާ ވަނީ ދުވާފަރު ދޫކޮށް، އޭނާގެ އަމިއްލަ ރަށަށް ބަދަލުވެފަ އެވެ.
މި މަހުގެ ކުރީކޮޅު މާލޭގައި ވެސް އަންހެނަކު ރޭޕްކޮށްލި މައްްސަލައެއް ފެންމަތިވެ ފުލުހުން ވަނީ ތަހުގީގު ފަށައިފަ އެވެ. އެ މައްސަލާގައި 34 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ލ. ކަލައިދޫގައި އުމުރުން 18 އަހަރު ނުފުރޭ އަންހެން ކުއްޖަކު ރޭޕުކޮށް، ބަރަހަނާ ފޮޓޯތަކެއް ލީކުކޮށްލާނެ ކަމަށް ބުނެ ބިރުދައްކަމުން އައި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ކުއްޖާ ރޭޕްކުރި މައްސަލަ: ތުހުމަތުވާ މީހާ ހައްޔަރު
ޓޫރިސްޓަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ
ހުޅުމާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ބަލަނީ
ރޭޕްކުރުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލި އަމުރު ބާތިލް
15 ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް
ރޭޕް ކޭސް: ހައްޔަރުކުރި މީހުންގެ ބަންދު އިތުރުކޮށްފި
ރޭޕް މައްސަލައެއްގައި އާއްމުން ރުޅިގަދަވެ މުޒާހަރާ
ރޭޕްގެ އަމަލެއް ނުހިނގާ، ނުރުހުމުގައި އަތްލާން އުޅުނު
ރުގްޔާކުރަން ހަތަރު މައިން ރަހީނުކޮށް، ޖިންސީ ގޯނާ
ސަފާރީ ކޭސްގައި ވިކްޓިމަށް މަރުގެ އިންޒާރުދިން: ވަކީލު