22 ޖެނުއަރީ 2018
ތެލް އަވީވް (ޖެނުއަރީ 22) - އެމެރިކާ އެމްބަސީ ތެލް އަވީވުން ގުދުސް އަށް އަންނަ އަހަރު ފަހުކޮޅު ބަދަލު ކުރާނެ ކަމަށް އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސް ވިދާޅުވެއްޖެ އެވެ.
ތެލް އަވީވް (ޖެނުއަރީ 22) - އެމެރިކާ އެމްބަސީ ތެލް އަވީވުން ގުދުސް އަށް އަންނަ އަހަރު ފަހުކޮޅު ބަދަލު ކުރާނެ ކަމަށް އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސް ވިދާޅުވެއްޖެ އެވެ.
އިޒްރޭލަށް މިހާރު ވަޑައިގެން އުޅުއްވާ ޕެންސް އެކަން އިއުލާން ކުރެއްވީ އިޒްރޭލުގެ ޕާލަނެންޓުގައި މިއަދު ދެއްވި ތަގްރީރުގަ އެވެ. އޭނާގެ ތަގްރީރަށް ވަނީ ޕާލަމެންޓުގެ އަރަބި މެމްބަރުން އިރުކޮޅަކަށް ނަމަވެސް ހުރަސް އަޅައިފަ އެވެ.
އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވީ މިދިޔަ މަހު އެވެ. ޓްރަމްޕް އެކަން އިއުލާން ކުރުމާ ހަމައަށް އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ދުނިޔޭގެ އެއްވެސް ގައުމަކުން ބަލައިގެންފައެއް ނުވެ އެވެ.
އިޒްރޭލާއި ފަލަސްތީނުގެ މެދުގައި ހަމަޖެހުން ގާއިމްކުރުން ގުޅިފައި ވަނީ ގުދުސްގެ ކުރިމަގާ އެވެ. އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެ މީހުން ބުނަމުންދާ އިރު ފަލަސްތީނުން ބުނަނީ ކުރިމަގުގައި އުފެދޭ ދައުލަތުގެ ވެރިރަށަށް ވާނީ އިރުމަތީ ގުދުސް ކަމަށެވެ.
އިޒްރޭލުން ގުދުސް ހިފާފައި ވަނީ 1967 ވަނަ އަހަރު ކުރި ހަނގުރާމައިގަ އެވެ. އޭގެ ފަހުން އިޒްރޭލުން ވަނީ އިރުމަތީ ގުދުސްގައި 200،000 ޔަހޫދިން ވަޒަންވެރި ކުރުވައިފަ އެވެ.
އެމެރިކާގެ ވިސްނުމަކީ ދެ ދައުލަތުގެ ސިޔާސަތު
ގުދުސްގަ އެމެރިކާގެ ކޮންސުލޭޓް ހުޅުވުން ބޮޑު ބަހުސަކަށް
އެމެރިކާ އިން އދ. އަށް ދޭ އެހީ މަދުކުރަނީ
ގުދުސްގައި ކްރިސްމަސް ފާހަގަކުރުން ފަނޑު ގޮތަކަށް
ފަލަސްތީނު މުޒާހަރާތައް ފުޅާވެ ދެ ސަހަރެއް ބަންދުކޮށްފި
އެމެރިކާ: އަހަންނަކީ ބޮޑުބާރު، ހަދާނީ ބޭނުން ގޮތެއް
ސީސީ އާއި އައްބާސް މިއަދު ބައްދަލުކުރައްވަނީ
ޓްރަމްޕުގެ ނިންމުން އަނބުރާ ގެންދޭ: އަރަބި ލީގް
އިޒްރޭލުގެ ވެރިރަށަށް ގުދުސް ހެދޭނެ ގޮތެއް ނެތް
"ޓްރަމްޕުގެ ނިންމުމުން ގުދުސްގެ ހަގީގަތަށް ބަދަލެއް ނާންނާނެ"