ގާހިރާ (ޖުލައި 13) - ގައިދީއަކަށް އަނިޔާކޮށް މަރާލުމުގައި ބައިވެރިވި ހަ ފުލުހަކު ތިން އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލާން މިސްރުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
13 ޖުލައި 2016
ގާހިރާ (ޖުލައި 13) - ގައިދީއަކަށް އަނިޔާކޮށް މަރާލުމުގައި ބައިވެރިވި ހަ ފުލުހަކު ތިން އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލާން މިސްރުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
ދެކުނުގެ ގީނާ ޕްރޮވިންސްގައި 47 އަހަރުގެ ގައިދީ އަށް އަނިޔާކޮށްފައި ވަނީ ފުލުސް އޮފިސަރަކާއި ދަށް ރޭންކުތަކުގެ ފަސް މީހެކެވެ. އެ މީހުންގެ ޝަރީއަތް ފަށާފައި ވަނީ ޑިސެމްބަރު މަހު އެވެ. މި މައްސަލާގައި ފުލުހުންގެ ހަތް މީހަކު ކުށްވެރި ނުވާ ކޯޓުން ވަނީ ނިންމައިފަ އެވެ.
ގައިދީންނަށް އަނިޔާ ކުރުމާއި ފުލުހުންނަށް ލިބިފައިވާ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އަބްދުލް ފައްތާހު ސީސީ ވަނީ ވިދާޅުވެފަ އެވެ. ސީސީ ވިދާޅުވީ ވަކިވަކި ފުލުހުން ކުރާ އެ ބާވަތުގެ ކަންކަމުގެ ސަބަބުން ފުލުހުންގެ މުޅި މުއައްސަސާ ބަދުނާމު ނުވާނެ ކަމަށެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެފައި ވަނީ މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރްސީގެ ސަރުކާރު 2013 ވަނަ އަހަރު ސިފައިން ނުކުމެ ވައްޓާލި ފަހުން މިސްރުގައި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުން ވަނީ އިތުރުވެފައި ކަމަށެވެ. މިސްރުގައި 30 އަހަރު ވެރިކަން ކުރެއްވި މުހައްމަދު ހުސްނީގެ ވެރިކަމާ ދެކޮޅަށް 2011 ވަނަ އަހަރު ރައްޔިތުން ނުކުންނަށް މަޖުބޫރުވީ ވެސް ފުލުހުންގެ އަނިޔާވެރިކަން ބޮޑުވުމުންނެވެ.
އަބްދުﷲ މަރަށް ހަތަރު މަސް، ޖަވާބެއް ނުލިބޭ!
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
މަޑިފުށީގައި ރޭޕްގެ ތުހުމަތުވި މީހަކު މަރުވެއްޖެ
އައްޑޫގައި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
ތަހުގީގަށް ވަގުތުނަގަނީ އާދައިގެ މަރަކަށް ނުވާތީ: ސީޕީ
ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރުސީއެމުން ބަލަނީ
"ކެތްތެރިކަން ކޮޅުންލައިފި، ގަސްތުގައި މަރާލީ"
މަރުވިމީހާގެ ފޮޓޯ، މަންޒަރު އާންމު ނުކުރަން އެެދިއްޖެ
ސްޓެލްކޯގެ ފްލެޓަކުން މީހަކު ވެއްޓި މަރުވެއްޖެ
އަނިޔާވި މީހާގެ ބޯމަތިން ސައިކަލެއް ދިޔަ ވީޑިއޯއެއް