Roadha Mihaaru

ހުޅުމާލޭގެ ގެސްްޓްހައުސެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލޭގައި ހުންނަ ގެސްޓްހައުސެއްގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެ އެވެ.

ގެސްޓްހައުސެއްގެ ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލޭގައި ހުންނަ ގެސްޓްހައުސެއްގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެ އެވެ.

ފުލުހުން ދެންމެ ބުނީ ހުޅުމާލޭގެ ގެސްޓްހައުސެއްގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ ބިދޭސީ ފިރިހެނެއް ކަމަށެވެ.

އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ނުދެ އެވެ.

ފުލުހުން ބުނި ގޮތުގައި، އެ މީހާ މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކުރީ މިއަދު މެންދުރު 12:14 ގަ އެވެ. އެ ރިޕޯޓް ލިބުމާ އެކު، އެތަނުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.