24 ޖެނުއަރީ 2018
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ގ. ހުދުރުވާ އިދްރީސް އިސްމާއިލް، ޕްރައިވެޓައިޒޭޝަން ބޯޑުން އިއްޔެ އައްޔަންކޮށްފި އެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ގ. ހުދުރުވާ އިދްރީސް އިސްމާއިލް، ޕްރައިވެޓައިޒޭޝަން ބޯޑުން އިއްޔެ އައްޔަންކޮށްފި އެވެ.
އިދްރީސްއަކީ ލޭބަ ޓްރައިބިއުނަލްގެ ކުރީގެ ރައީސެވެ. މިހާރު އޭނާ މަސައްކަތް ކުރައްވަނީ ވިލާ ކޮލެޖުގެ ލެކްޗަރާއެއްގެ ގޮތުގަ އެވެ.
މީގެ އިތުރުން ހުސްވެފައިވާ، ހައްޖު ކޯޕަރޭޝަންގެ ބޯޑުގެ މެމްބަރަކަށް އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދުގެ ބޭބެ ހުސެއިން ސައީދު ވެސް އައްޔަންކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ބުންޏެވެ.
ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަގާމު ހުސްވީ، މިހާތަނަށް އެ މަގާމުގައި ހުންނެވި ޔާމީން އިދްރީސް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ވަކިކުރުމުންނެވެ. ޔާމީންގެ އިތުރުން އެ ބޯޑުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ފަރުހާދު ދާއޫދު ވެސް އެ ދުވަހު ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ހައްޖު ކޯޕަރޭޝަންގެ ބޯޑު މެމްބަރަކަށް ހުސެއިން ސައީދު އިއްޔެ އައްޔަން ކުރެއްވީ ފަރުހާދުގެ ބަދަލުގަ އެވެ.
ހައްޖު ކޯޕަރޭޝަންގެ ކުރީގެ އެމްޑީ ޔާމީން އަދި ފަރުހާދު ވަކިކޮށް، އެ މަގާމުތަކަށް އާ ބޭފުޅުން ހަމަޖެއްސިއިރު، އެ ކޯޕަރޭޝަންގެ ފައިސާއާ ގުޅޭ މައްސަލައެއް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބުނެފަ އެވެ.
އެކަމަކު ޔާމީނާއި ފަރުހާދު ވަކިކުރި ސަބަބެއް ޕްރައިވެޓައިޒޭޝަން ބޯޑަކުން ނުބުނެ އެވެ. އަދި އޭސީސީން ބަލަމުން އަންނަ ފައިސާގެ މައްސަލައާ އެ ދެ ބޭފުޅުންނާ ގުޅުން ހުރި ކަމެއް ވެސް ނޭނގެ އެވެ.
"އަޅުގަނޑުމެން ބަލަމުން އަންނަ ފައިސާގެ މައްސަލާގައި ޒިންމާވާނެ ފަރާތެއް އެނގޭނީ މައްސަލަ ބަލައި ނިމުމުން،" އޭސީސގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވެފައިވެ އެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަކީ 2013 ވަނަ އަހަރު ރިއާސީ ގަރާރަކުން އުފައްދަވާފައިވާ ދިވެހި ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ސަރުކާރުގެ ކުންފުންޏެކެވެ. ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ހައްޖު ކޯޕަރޭޝަން އުފެއްދީ ހައްޖަށް ދާން ބޭނުންވާ ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަކަމާ އެކު ހައްޖަށް ދެވޭނެ އިންތިޒާމު ހަމަޖައްސައި، ހައްޖުގެ އަޅުކަން އަދާކުރުމަށް ގަސްދުކުރާ ދިވެހިންގެ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުންނެވެ.
މީގެ ހަތަރު އަހަރު ކުރިން ހައްޖު ކޯޕަރޭޝަން އުފެއްދީ، ބައެއް އަމިއްލަ ކުންފުނިތަކުން މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު ހައްޖަށް ގެންގޮސްނުދިނުމުގެ މައްސަލަ ބޮޑުވާން ފެށުމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.
ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޔާމީން މަގާމުން ވަކިކޮށްފި
ހައްޖު ކޯޓާ ރިޒާވްކުރީ އޭސީސީގެ އެންގުމާ ޚިލާފަށް!
ހައްޖު ކޯޕަރޭޝަންގެ ފައިސާއާ ގުޅޭ މައްސަލައެއް ބަލަނީ
ހައްޖަށް ގެންދާ ކުންފުނިތައް އަލުން ކަނޑައަޅައިފި
ހައްޖު ކޯޓާ ދިން ގޮތުން އޭސީސީ އަނެއްކާ ކަންބޮޑުވެއްޖެ
އިވެލުއޭޓް ނުކޮށް ހައްޖު ކޯޓާ ދިން މައްސަލަ ކޯޓަށް
އިވެލުއޭޓް ނުކޮށް ހައްޖު ކޯޓާ ދިން މައްސަލަ ހޫނުވެއްޖެ
ހައްޖު ކޯޕަރޭޝަނުން މާފުށީގައި ސިޓީ ހޮޓަލެއް އަޅަނީ
ހައްޖު ކޯޕަރޭޝަން ހިންގީ 40 މިލިއަންގެ ގެއްލުމުގައި
ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި