ދަރުމަވަންތަ ސްކޫލްގެ ކުއްޖާގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި ބަޔަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
26 ޖެނުއަރީ 2018
ދަރުމަވަންތަ ސްކޫލްގެ ކުއްޖާގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި ބަޔަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ އެ ދަރިވަރަށް ހަމަލަ ދިން މައްސަލައިގެ ތަހުގީގަށް އުމުރުން 14 އަހަރުގެ ކުއްޖަކާއި 15 އަހަރުގެ ދެ ކުދިންނާއި 18 އަހަރުގެ ކުއްޖަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން 14 އަހަރުގެ ކުއްޖާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި އުމުރުން 15 އަހަރުގެ ދެ ކުދިންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޖުވެނައިލް ކޯޓަށް ހާޒިރު ކުރުމުން އެ ކުދިން ދޫކޮށްލަން އެ ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އުމުރުން 18 އަހަރުގެ ކުއްޖާގެ ބަންދާ މެދު ގޮތެއް ނިންމަން މިރޭގެ ވަގުތެއްގައި ކޯޓަށް ހާޒިރު ކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މަހުގެ 17 ވަނަ ދުވަހު ދަރުމަވަންތަ ސްކޫލުގެ ދަރިވަރުގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލީ ފަސް މީހުން ހިމެނޭ ގްރޫޕަކުން ކަމަށްވެ އެވެ. އެ ކުއްޖާއަށް ހަމަލާދިނީ، ސްކޫލް ނިންމާފައި ގެއަށް ދިޔަ މަގުމަތީގަ އެވެ. އަދި ދަރިވަރަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ވެސް ދިނެވެ.
ސީއެޗްއެސްއީ ކައިރީގައި ހިންގި އެ މާރާމާރީގައި އެ ދަރިވަރުގެ އަރިކައްޓަށް ވަޅި ހަރާފައިވާއިރު އިނގިއްޔެއް ބިންދައިގެން ދިއުމުގެ އިތުރުން ބޮލަށް ވެސް ވަނީ ކުދި ކުދި ގެއްލުންތަކެއް ލިބިފަ އެވެ.
ދަރިވަރު ބުނެފައިވާ ގޮތުގައި އޭނާ އަށް ހަމަލާދިނީ މާލޭގެ ގޭންގަކަށް ނިސްބަތްވާ މީހެއް ކަމަށް ބުނެ އެވެ.
ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި
"މާރާމާރީ ހިންގާ މީހުން ފިލުވުމަށް އެހީތެރި އެބަވޭ"
މާރާމާރީތަކުގައި ހައްޔަރުކުރި ފަސް މީހަކު ދޫކޮށްލައިފި
މާރާމާރީތައް އިތުރުވަނީ، ހައްލެއް ނުހޯދުނު!
މާރާމާރީއެއްގައި މީހެއްގެ ބޯފަޅާލައިފި
މާލޭގައި މިއަދުވެސް ވަޅިހަރައި މީހަކު ޒަހަމްކޮށްލައިފި
ލަންކާގައި އުޅުނީ ރާއްޖޭގެ ގޭންގު ލީޑަރަކު މަރާލަން!
ޖޫސްޓައިމަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި
ރަށުތެރޭގައި ހެލްމެޓް އަޅާ މީހުން ހުއްޓުވައި ފާސްކުރަނީ
މާލޭގެ ގޭންގުތަކުގެ ގޮފިތައް މާފުށީގައިި ވަރުގަދަ!