މާރާމާރީތަކާއި މީހުުން މެރުން ދުވަސްކޮޅަކަށް މަޑުޖެހިފައި އޮތުމަށް ފަހު އަނެއްކާވެސް މިއީ އެފަދަ ދުވަސްވަރެކެވެ. ދެ ހަފުތާގެ ތެރޭގައި މާލޭގައި އެތައް މާރާމާރީ ހިންގައި، ދެ ޒުވާނަކު މަރާލައިފި އެވެ. މިދިޔަ އަހަރު އެއް ދުވަހެއްގެ ތެރޭގައި، ބަދަލު ހިފުމުގެ ގޮތުން، ދެ ކުއްޖަކު މަރާލި އެވެ. ރާއްޖޭގައި ހިނގާ މާރާމާރީތަކާއި މީހުން މެރުމުގެ ގިނަ އަމަލްތަކުގައި ގޭންގްތައް ބައިވެރިވެ އެވެ.
02 އޯގަސްޓް 2017
މާރާމާރީތަކާއި މީހުުން މެރުން ދުވަސްކޮޅަކަށް މަޑުޖެހިފައި އޮތުމަށް ފަހު އަނެއްކާވެސް މިއީ އެފަދަ ދުވަސްވަރެކެވެ. ދެ ހަފުތާގެ ތެރޭގައި މާލޭގައި އެތައް މާރާމާރީ ހިންގައި، ދެ ޒުވާނަކު މަރާލައިފި އެވެ. މިދިޔަ އަހަރު އެއް ދުވަހެއްގެ ތެރޭގައި، ބަދަލު ހިފުމުގެ ގޮތުން، ދެ ކުއްޖަކު މަރާލި އެވެ. ރާއްޖޭގައި ހިނގާ މާރާމާރީތަކާއި މީހުން މެރުމުގެ ގިނަ އަމަލްތަކުގައި ގޭންގްތައް ބައިވެރިވެ އެވެ.
ރާއްޖޭގައި ގޭންގްތަކުން ފާޅުގައި ނިކުމެ މާރާމާރީ ހިންގަން ފެށުމުގެ ސިލްސިލާގެ އެންމެ ބޮޑު ފެށުމަކީ 2007 ގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހިސާބެވެ. އެ މަރަށް ފަހު ބަދަލުހިފުމުގެ ގޮތުން އެކި ގޭންގްތަކުން ނިކުމެ މީހުންނަށް ހަމަލާދޭން ފެށި އެވެ. ގޭންގް ހަރަކާތްތައް އެންމެ ބޮޑަށް ފުޅާވި ހިސާބަކީ އެއީ އެވެ. އޭގެ ފަހުން މިހާތަނަށް ގޭންގް މާރާމާރީތަކުގައި އެކަނި ވެސް 40 އާ ގާތްކުރާ އަދަދެއްގެ މީހުން މަރާލާފައިވެ އެވެ.
ގިނަ ފަހަރަށް އެފަދަ މާރާމާރީތައް ހިންގަނީ ވަކިވަކި މީހުންގެ މެދުގައި ޖެހޭ މައްސަލަތަކަށް ވުރެ ބޮޑަށް ގޭންގްތަކުގެ މެދުގައި އުފެދޭ ދެބަސްވުންތަކުގަ އެވެ. ގޭންގަކުން ނިކުމެ އެހެން ގޭންގަކަށް ނިސްބަތްވާ މީހަކަށް ނުވަތަ އެ މީހަކާ ގުޅުން ހުރި މީހަކަށް ގެއްލުމެއް ދިނުމުން ނުވަތަ މަރާލުމުން އޭގެ ބަދަލު ހިފަން އަނެއް ބަޔަކު ވެސް ނިކުމެ މާރާމާރީތައް ހިންގަނީ އެވެ.
މާރާމާރީ ހިންގާ މީހުންނާއި މީހުން މަރާ މީހުންނަށް ބޮޑެތި އަދަބު ދޭ ގާނޫނުތައް ރާއްޖޭގައި އެބަ ހުއްޓެވެ. އެފަދަ ކުށްވެރިންނަށް ބޮޑެތި އަދަބުތައް ދިނަސް އެ މީހުން ނިސްބަތްވާ ގޭންގްތައް އޭގެ ޒާތުގައި ހުއްޓުމަކަށް ގެނެވޭނެ ފަދަ ބާރުވެރިކަމެއް ގާނޫނުތަކުގައި ނެތެވެ.
ގޭންގްތައް ހުއްޓުމަކަށް ނުގެނެވޭތީ ނަތީޖާއަކަށް ވަނީ މާރާމާރީތައް ދޭތެރެ ދޭތެރެއިން އިތުރުވުމެވެ. ކޮންމެ
ގޭންގް ކުށްތައް ހުއްޓުވަން 2010 ގައި ޚާއްސަ ގާނޫނެއް ހެދި އެވެ. އެކަމަކު އެ ގާނޫނުގައި ހުރި މައްސަލަތަކެއްގެ ސަބަބުން، ހަތް އަހަރު ތެރޭގައި ހުއްޓުވުނު ގޭންގެއް ނެތެވެ. އެ ގާނޫނުގެ ދަށުން ކުރެވުނީ އެންމެ ދެތިން ހަތަރު ދައުވާ ކަމަށްވެ އެވެ.
އެ ގާނޫނުގައި ގޭންގެއްގެ މެމްބަރުކަން ކުރުމާއި ގޭންގްތަކަށް މީހުުން ރެކްރޫޓް ކުރުމާއި ގޭންގްތަކުގެ ނިޝާން އާންމު ކުރުމާއި ގޭންގްތަކަށް ފައިސާ ޚަރަދު ކުރުމާއި ގޭންގްތަކުގެ ސަރަހައްދު ކަނޑައެޅުމާއި ގޭންގްތަކުން ހިންގާ އެކި ކުށްތަކަށް ބޮޑެތި އަދަބު ކަނޑައަޅާފައިވެ އެވެ. އެކަމަކު އެއިން އެއްވެސް ކަމެއްގެ ތެރެއަށް ގޭންގެއް ނުވަތަ ގޭންގެއްގެ ބަޔަކު ފެއްތެން ނެތީ އެ ގާނޫނުގައި ހުރި ބޮޑެތި ބާގަނޑުތަކެއްގެ ސަބަބުންނެވެ.
އެ ގާނޫނާ ބެހޭ ގޮތުން ގާނޫނީ ގިނަ ބަޔަކު ފާހަގަކުރާ މައްސަލަތަކުގެ ތެރޭގައި ގާނޫނުގެ ތެރެއަށް މީހަކު ނުވަތަ ބަޔަކު ފެއްތެން އޮންނަނީ އެ މީހަކު ނުވަތަ އެ ބަޔަކު ނިސްބަތްވާ ގްރޫޕަކީ ގޭންގެއް ކަން ސާބިތުކޮށް ދިީގެން ކަމަށް ވުމެވެ. އެ މީހަކު ނުވަތަ އެ ބަޔަކީ އެ ގޭންގެއްގެ މެމްބަރެއްކަން ސާބިތުކޮށް ދޭން ޖެހުމަކީ ކުރިމަތިވާ ބޮޑު ހުރަހެކެވެ.
ގާނޫނު ބުނާ ގޮތުން ގޭންގަކީ މައިގަނޑު ހަރަކާތެއްގެ ގޮތުގައި ކުށް ކުރުން ހިމެނޭ ގޮތަށް، ތިން މީހުން ނުވަތަ އެއަށް ވުރެ ގިނަ މީހުން އެކުވެގެން އުފައްދާ ޖަމާއަތްތައް ނުވަތަ ގްރޫޕްތަކެވެ. އެހެންވުމުން ގޭންގެއް ކަމަށް ތުހުމަތުކުރެވޭ ގްރޫޕުން މައިގަނޑު ހަރަކާތެއްގެ ގޮތުގައި ޖިނާއީ ކުށްތައް ކުރާ ކަން ސާބިތުކޮށް ދޭން ދައުލަތަށް ޖެހެ އެވެ.
ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބުނާ ގޮތުން "އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް" ޖިނާއީ ކުށެއް ޝަރީއަތަށް ސާބިތުކޮށްދޭން ޖެހެ އެވެ. އެ މިންގަނޑުން ކަންކަން ސާބިތުކޮށް ދިނުން އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. ގޭންގް ކުށްތަކާ ބެހޭ ގާނޫނު ތަންފީޒް ނުކުރެވެނީ އެހެންވެ އެވެ.
މާރާމާރީއެއް ހިންގި ސަރަހައްދު ބަންދު ކޮށްފައި: ގޭންގް ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ބޭނުމެއް ނެތް
ސީރިއަސް އެކި ކުށްކުށާ ގުޅޭ ގޮތުން ފަހުގެ ތާރީޚުގައި ހެދި ޚާއްސަ ގާނޫނުތަކުގައި، ކުށުގެ ތުހުމަތުކުރެވޭ މީހުންނަށް ލިބިދޭ ބައެއް ހައްގުތައް ހުންނަނީ ހަނިކޮށްފަ އެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ގާނޫނާއި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބައެއް ހައްގުތައް ހަނިކޮށްފައިވެ އެވެ. މިސާލަކަށް ހަނުހުރުމުގެ ހައްގާއި ބަންދުން މިނިވަންވުމުގެ ހައްގުތައް ފަދަ ހައްގުތަކެވެ.
އެގޮތަށް ބައެއް ހައްގުތައް ހަނިކުރަނީ އެ ކުށުގެ ނުރައްކާތެރިކަމުން މުޖްތަމައު ހިމާޔަތް ކުރުމަށެވެ. އެކަމަކު ގޭންގް ކުށްތައް މަނާކުރުމުގެ ގާނޫނުގައި އެފަދަ އެއްވެސް ހައްގެއް ހިފަހައްޓައި، ނުވަތަ ހަނިކޮށްފައެއް ނުވެ އެވެ. އެހެންވުމުން ކިތަންމެ ނުރައްކާތެރި ތުހުމަތުތަކެއް ކުރެވުނަސް ގާނޫނު އަސާސީން ލިބިދޭ ހުރިހާ ހައްގެއް އެމީހުންނަށް ވެސް އެބަ ދޭން ޖެހެ އެވެ.
އެ ގާނޫނު ފާސްކުރަން އެމްޑީޕީ ސަރުކާރުން އޭރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ގޭންގްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ތަންފީޒީ އިދާރާތަކަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަކަށެވެ. އޭރު ތަންފީޒު އިދާރާތަކުން ވެސް ބުނަމުން ދިޔައީ އެ ބިލް އޮތް ގޮތަށް ފާސްކޮށްފި ނަމަ ގޭންގްތައް "މުލުން ލުހެލެވޭނެ" ކަމަށެވެ. ނަމަވެސް މަޖިލީހާ ހަމައަށް ބިލް ދިޔުމާ އެކު ބިލްގެ މުޅި މަގްސަދު، އޭރުގެ އިދިކޮޅު ޕާޓީ، ޑީއާރުޕީ އިސްވެ އޮވެ ގެއްލުވާލީ އެވެ. އޭރުގެ އިދިކޮޅު މެމްބަރުން ނުވަތަ މިހާރު ސަރުކާރު ފަޅީގައި ތިއްބެވި ބޭފުޅުން، ގަބޫލުކުރެއްވީ އެ ގާނޫނުގައި އެހާ ބޮޑެތި ބާރުތަކެއް ތަންފީޒީ އިދާރާތަކަށް ދީފި ނަމަ ސިޔާސީ ފަރާތްތަކާ ދެކޮޅަށް ބޭނުން ހިފާފާނެ ކަމަށެވެ.
ޑީއާރުޕީ މެމްބަރުން ބޭނުންވީ ސަރުކާރުން ހުށަހެޅި ގިނަ ކަންކަން ބިލުން އުނިކޮށް، ބާރުތައް ހަނިކޮށްލާށެވެ. އެހެންކަމުން މުޅި ބިލް އޮތީ "ކޮށައި ކުދިކޮށްލާފަ" އެވެ. އޭގެ ބޭނުން ހިފޭ ވަރަށް ވުރެ ބަލިކަށިކޮށްލައިފަ އެވެ.
އެ ގާނޫނު "ބޭކާރު" އެއްޗަކަށް ވެ، ގޭންގް ހަރަކާތްތަކާއި މާރާމާރީތައް އިތުރުވާން ފެށުމުން "ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް" 2014 ގައި މަޖިލީހުން އިސްލާހުތަކެއް ގެނަ އެވެ. އަސާސީ ބައެއް ހައްގުތައް ހަނިކޮށް، ހަރުކަށި އުސޫލުތަކާއި ބޮޑެތި އަދަބުތަކާ އެކު ގެނައި އިސްލާހުގެ ސަބަބުން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގައި، ބިރު ދައްކާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ދޭން ފެށުނެވެ. އެކަމަކު ގޭންގްތަކަށް އޭގެ މާ ބޮޑު އަސަރެއް ނުކުރި އެވެ.
އެއީ އޭގެ ޒާތުގައި ގޭންގް ހަރަކާތްތައް ހުއްޓުވަން އޮތް ގާނޫނެއް ނޫނެވެ. އޭގެ ދަށުން ކުށްވެރިވާނީ ކުށެއް ކުރި ވަކިވަކި މީހުންނެވެ. އެ މީހަކު ނުވަތަ ބަޔަކު ވަކި ގޭންގަކަށް ނިސްބަތް ވިޔަސް ގޭންގެއް ނުހުއްޓުވޭނެ އެވެ.
އަނެއްކާވެސް ނުރައްކާތެރި މާރާމާރީ އެވެ. މިނިވަންކަމާ އެކު ގޮސް އެއް ބަޔަކު އަނެއް ބަޔަކަށް ހަމަލާދީ މަރަނީ އެވެ. ޒުވާން ކުދިންނެވެ. ރަނގަޅު ދިރިއުޅުމެއް ފެށުމުގެ އުފަލެއް ލިބުމުގެ ކުރިންނެވެ.
މިކަމުން އަހަރެމެން ސަލާމަތްވާނީ ކޮން ދުވަހަކުން ހެއްޔެވެ؟
"މާރާމާރީ ހިންގާ މީހުން ފިލުވުމަށް އެހީތެރި އެބަވޭ"
ރަށުތެރޭގައި ހެލްމެޓް އަޅާ މީހުން ހުއްޓުވައި ފާސްކުރަނީ
ވަޅި ހަރައި ޒަހަމްކޮށްލި ޒުވާނާ އަދިވެސް ހޭނާރާ
ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި
ފުވައްމުލަކުގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި
ވަޅި ހެރުމުން ޒަހަމްވި ޒުވާނާގެ ހާލު އަދިވެސް ސީރިއަސް
މާލޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލަދީފި
މާރާމާރީތަކާ ގުޅިގެން މީހުން ފާސްކުރަން ފަށައިފި
ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި
ދަރުމަވަންތަ ކުއްޖާއަށް ހަމަލަދިން ބަޔަކު ދޫކޮށްލައިފި