27 ޖެނުއަރީ 2018
ލ. އަތޮޅު ކައުންސިލުގެ ރައީސް އަބްދުﷲ ޝަރީފަކީ ދުވުމަށް ޝައުގުވެރިން ހުރި މީހެއް ނޫނެވެ. އެއީ ކުރިން އޭނާގެ ވިސްނުމަށް އެއްވެސް ވަރަކަށް އައިސްފައިވާ ކަމެއް ވެސް ނޫނެވެ. އާއިލާއާ ކުޅިވަރާ ހުރި ގުޅުމަކީ ކޮއްކޮ ޒައިދު ޝަރީފް ރަށު ޓީމަށް ފުޓްބޯޅަ ކުޅުމެވެ. އެކަމަކު މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޒައިދު ދުވުމުގެ ތެރެއަށް ވަދެ، ރާއްޖޭގެ އެންމެ މަތީ ފަންތީގެ ދުވުންތެރިޔަކަށް ބަދަލުވި އެހިސާބުން އަބްދުﷲ ޝަރީފުގެ ލޯ ވެސް އެދިމާލަށް ދިޔަ އެވެ. އެކަމަކު އޭނާ ބަދަލުވީ ދުވުންތެރިޔަކަށް ނޫނެވެ.
ލ. އަތޮޅު ކައުންސިލުގެ ރައީސް އަބްދުﷲ ޝަރީފަކީ ދުވުމަށް ޝައުގުވެރިން ހުރި މީހެއް ނޫނެވެ. އެއީ ކުރިން އޭނާގެ ވިސްނުމަށް އެއްވެސް ވަރަކަށް އައިސްފައިވާ ކަމެއް ވެސް ނޫނެވެ. އާއިލާއާ ކުޅިވަރާ ހުރި ގުޅުމަކީ ކޮއްކޮ ޒައިދު ޝަރީފް ރަށު ޓީމަށް ފުޓްބޯޅަ ކުޅުމެވެ. އެކަމަކު މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޒައިދު ދުވުމުގެ ތެރެއަށް ވަދެ، ރާއްޖޭގެ އެންމެ މަތީ ފަންތީގެ ދުވުންތެރިޔަކަށް ބަދަލުވި އެހިސާބުން އަބްދުﷲ ޝަރީފުގެ ލޯ ވެސް އެދިމާލަށް ދިޔަ އެވެ. އެކަމަކު އޭނާ ބަދަލުވީ ދުވުންތެރިޔަކަށް ނޫނެވެ.
"އެހިސާބުން އަޅުގަނޑު ހިތަށް އަރައިފި ކޮއްކޮ އަކީ ވެސް މީގެ ކުރިން ދުވި މީހެއް ނޫނޭ އެކަމަކު ދުވަން ފެށީމާ އޭނާގެ ހުރި ފެނިއްޖެޔޭ. އެހެންވީމާ އެފަދަ ކިތަންމެއް ކުދިންނެއް މި އަތޮޅުގައި ތިބޭނެޔޭ. އެ ކުދިންނަށް ވެސް ފުރުސަތުތަކެއް ހޯދައިދޭން ޖެހެޔޭ. އެއާ އެކު ބޭނުންވީ މި އަތޮޅަށް ދުވުމުގެ އިވެންޓް ގެންނަން،" ގަމު ދާއިރާގެ ކައުންސިލަރުގެ މަގާމް ވެސް އަދާކުރާ އަބްދުﷲ ބުންޏެވެ.
އޭނާ ބޭނުންވީ ދުވުމުގެ ހަމައެކަނި ދުވުންތެރިންނަށް އުފައްދާކަށް ވެސް ނޫނެވެ. މި އަތޮޅަކީ، އޭނާ ދެކޭ ގޮތުގައި ދިގު ރާސްތާ ދުވުމުގެ އިވެންޓް ބޭއްވުމަށް މުޅި ރާއްޖޭގައި ވެސް އޮތް އެންމެ ވަރުގަދަ ޓްރެކް އޮތްތަނެވެ.
ލ. އަތޮޅު ކައުންސިލުގެ ރައީސް އަބްދުﷲ ޝަރީފް (ކ) އަދި އޭނާގެ ކޮޮއްކޮ، ރާއްޖޭގެ މަޝްހޫރު ދުވުންތެރިޔާ ޒައިދު ޝަރީފް.
"އަޅުގަނޑުމެން ކައުންސިލާ ހަވާލުވެފަ ފުރަތަމަ ބޭނުންވީ ރާއްޖޭގެ ފެންވަރުގައި މި އަތޮޅު ޕްރޮމޯޓްކުރަން. އެހެންބަލާއިރު ގުޅިފައިވާ ރަށްތަކުގައި މިއޮތް ލިންކް ރޯޑުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިގެން އެބައޮތް އެކަން ކުރެވެން. އެއީ ދުވުމުގެ އިވެންޓެއް ބޭއްވުން. އެހެންވެ ހުރިހާ ގޮތަކުން ވެސް އެއީ ވަރަށް ކުރަން ބޭނުންވެފައި ހުރި ކަމެއް،" އަބްދުﷲ ބުންޏެވެ.
އޭރު ރާއްޖޭގެ މަޝްހޫރު ފިޓްނަސް ސެންޓަރު، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އޮތީ އެ ތަނުން ބާއްވަމުން އަންނަ "ކޮކާކޯލާ ލޯންގް ރަން" މުޅި ރާއްޖެ އަށް ފުޅާކުރަން ނިންމައި އެ ސިލްސިލާގެ ފުރަތަމަ ދުވުން އައްޑޫ ސިޓީގައި ބާއްވައިފަ އެވެ.
"އެ އިވެންޓް ވެސް ފެނިފައި ދެން އަޅުގަނޑުމެން ވެސް ބޭނުންވި މި އަތޮޅުގައި ބާއްވަން. އޭރު ޓީއެފްޖީން ވެސް އޮތީ އެކަން ރާވާފައި. ދެން އަޅުގަނޑުމެން (ޓީއެފްޖީގެ ޑިރެކްޓަރު) ޒިނާންމެންނާ ބައްދަލުކޮށްފައި ކުރިއަށްގެންދަން ނިންމީ،" އަބްދުﷲ ބުންޏެވެ.
ރޭހުގައި ބައިވެރިވި ލ. އަތޮޅުގެ ބައެއް ޒުވާނުން. --ފޮޓޯ: ޓީއެފްޖީ
އޭނާ އާއި ކައުންސިލުގެ އުއްމީދު މިއަދު މިވަނީ ހާސިލްވެފަ އެވެ. ޓީއެފްޖީގެ "ކޮކާކޯލާ ރަން އިން ލާމު" މިއަދު ވަނީ ކާމިޔާބުކަމާ އެކު މި އަތޮޅުގައި ބާއްވައިފަ އެވެ. ލ. އަތޮޅުގެ ރަށްތައް ގުޅުވައިދޭ ލިންކް ރޯޑް ވެގެންދިޔައީ، އަބްދުﷲ ވެސް ފާހަގަކުރި ގޮތަށް ދުވުންތެރިންނަށް ފައްކާ ޓްރެކަކަށެވެ.
މިއަދުގެ ރޭހުގައި މާލޭން އައި 200 އެއްހާ ދުވުންތެރިން ބައިވެރިވިއިރު މި އަތޮޅުން ވެސް ސަތޭކައެއްހާ ދުވުންތެރިން ބައިވެރިވި އެވެ. އޭގެ ތެރޭގައި ގިނައީ މީގެ ކުރިން މިފަދަ އިވެންޓެއްގައި ބައިވެރިވެފައިނުވާ ޒުވާން ކުދިންނެވެ. އަދި އިއްޔެ ހަވީރު ބޭއްވި ކުޑަކުދިންގެ ދުވުމުގައި ވެސް މި އަތޮޅުގެ ގިނަ ކުޑަކުދިން ބައިވެރިވި އެވެ. އެހެންވެ މި އިވެންޓާ އެކު ދުވުމުގެ ތެރެއަށް ލ. އަތޮޅު ހުޅުވިގެންދާނެ ކަމަށް ބެލެވެ އެވެ.
ގަމު ފުޓްބޯޅަ ޓީމުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ހުރި އަބްދުﷲގެ ކޮއްކޮ ޒައިދަކީ ވެސް އެގޮތަށް ދުވުމުގެ ތެރެއަށް ވަދެ މިހާރު ރާއްޖޭގައި ހުރި އެންމެ ފާހަގަކޮށްލެވޭ އެއް ދުވުންތެރިޔާ އެވެ. އޭނާ ވަނީ ރާއްޖޭގެ 10 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް ވެސް ހަދައިފަ އެވެ.
އަބްދުﷲ ޝަރީފް މިއަދުގެ ރޭހަށް ފަހު މެޑަލް ދައްކާލަނީ.
"ޒައިދަކީ ވެސް ކުރިން ދުވި ކުއްޖެއް ނޫން. އެކަމަކު ދުވަން ފެށީމާ އެނގިއްޖެ އޭނާގެ ޕޮޓެންޝިއަލް ހުރީ މިކަމުގައިކަން. އެހެންވެ މި އަތޮޅުގައި އެފަދަ އެތައް ކުދިން ތިބޭނެ ކަމަށް މި ބަލަނީ. މިފަދަ ރޭސްތައް ބޭއްވުމުން އަތޮޅު ޕްރޮމޯޓްވުމާ އެކު ދުވުންތެރިންނަށް ވެސް އުފެދޭނެ،" އަބްދުﷲ ބުންޏެވެ.އެގޮތުން މި އަހަރު މި އަތޮޅުގައި މިނީ އޮލިމްޕިކްސް އެއް ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ބާއްވަން ވަނީ ތާވަލްކުރެވިފަ އެވެ. އޭގެ ތެރެއިން ވެސް ހުނަރުވެރި ކުދިން ފެންނާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.
އެގޮތުން މި އަހަރު މި އަތޮޅުގައި މިނީ އޮލިމްޕިކްސް އެއް ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ބާއްވަން ވަނީ ތާވަލްކުރެވިފަ އެވެ. އޭގެ ތެރެއިން ވެސް ހުނަރުވެރި ކުދިން ފެންނާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.
އަބްދުﷲ ބުނީ ފުރަތަމަ ފަހަރަށް މިފަދަ ރޭހެއް ބާއްވާއިރު، އެންމެ އެކަށީގެންވާ ތަރުހީބެއް ނުލިބިދާނެ ކަމަށާއި އެކަމަކު އޭގެ މާނައަކީ ނާކާމިޔާބުވުމެއް ނޫން ކަމަށެވެ.
އިއްޔެ ހަވީރު ބޭއްވި ކުޑަކުދިންގެ ރޭހަށް ފަހު ރޭސް ނިންމި ކުއްޖެއްގެ ގައިގައި އޭނާގެ ބެލެނެވެރިޔާ ބައްދާލަނީ. –ފޮޓޯ: ޓީއެފްޖީ
"މި އަތޮޅުގައި ލޯކަލް ޓޫރިޒަމް އެބައޮތް. މާނައަކީ ދުވުން އަންނަ މީހުން މި އަތޮޅުގައި އެކޮމަޑޭޓް ކުރެވޭނެޔޭ. ދުވާނެ ދިގު ރާސްތާ ގުދުރަތީ ޓްރެކެއް އެބައޮތް. އެހެންވީމާ މިކަން މި އަތޮޅުގައި ކުރިއަށްނުގެންދެވޭނެ ސަބަބެއް ނެތް. އަންނަ އަހަރު ވެސް، އަދި ކުރިއަށް އޮތްތަނުގައި ވެސް އެނުއަލް އިވެންޓެއްގެ ގޮތުގައި މި ރޭސް އަޅުގަނޑުމެން ބާއްވާން ބޭނުންވޭ،" މިއަދުގެ އިވެންޓުގެ ފަސް ކިލޯމީޓަރު ރޭހުގައި ދުވި އަބްދުﷲ ބުންޏެވެ.
އެގޮތުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ސްކޫލް ކުދިންނަށް ވެސް ދައުވަތު ދޭން ބޭނުންވެ އެވެ. ޖުމްލަކޮށް ކައުންސިލުން އޮތީ ޓީއެފްޖީ ފަދަ މިކަމުގެ ތަޖުރިބާ އާއި ގާބިލްކަންކުރި ކޮންމެ ބަޔަކަށް ވެސް ދޭން ޖެހޭ ފުރިހަމަ ސަޕޯޓްދޭން ތައްޔާރަށެވެ.
"އަޅުގަނޑުމެންނަށް ދެވޭނީ ސަޕޯޓް. އެކަން ކޮށްދޭނަން. އުއްމީދަކީ މި އަތޮޅު ޕްރޮމޯޓްވުމާއި މި އަތޮޅުން ވެސް ފެންވަރު ރަނގަޅު އިތުރު ދުވުންތެރިން ނެރުން،" އަބްދުﷲ ބުންޏެވެ.
"ރަން އިން ލާމު": މިއީ އެއް ވަނައިގެ ރޫޓެއް!
މެރެތަން ފުރިހަމަކުރައްވައި ފަސްޓްލޭޑީ ތާރީހުގެ ތެރެއަށް
ރައީސް، ޓީއެފްޖީ ރަން އަށް ލ. އަތޮޅަށް
ތިން އަތޮޅެއްގައި ޑްރަގު ރިހެބިލިޓޭޝަން ސެންޓަރު ހަދަނީ
ޓީއެފްޖީ ލޯންގް ރަންގެ ދުވުންތެރިންނަށް މެޑަލް ދީފި
ޓީއެފްޖީ ލޯންގްރަން މިރޭ ދަންވަރު 2:00 ގައި ފަށާނެ
ޓީއެފްޖީ ލޯންގް ރަންގެ ރަޖިސްޓްރޭޝަން ކުރިއަށް ދަނީ
ލ. އަތޮޅުން ގިނަ ބަޔަކު ޕީޕީއެމަށް ސޮއިކޮށްފި
ޓީއެފްޖީން ކުޑަކުދިންނަށް ހާއްސަ ޖިމެއް
ތުނބުރި އެންމެ ފަހުން ދަނޑުވެރިކަމަށް ދޫކޮށްފި