28 ޖެނުއަރީ 2018
ލިވަޕޫލް (ޖެނުއަރީ 28) - އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ހެރީ ކޭން ޖެހި ގޯލުން ނިއުޕޯޓް ކައުންޓީ އަތުން ބަލިނުވެ ޓޮޓެންހަމް ހޮޓްސްޕާސް ސަލާމަތްވިއިރު، އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމްވިޗް އަލްބިއަން އަތުން ބަލިވެ ލިވަޕޫލް މުބާރާތުން ކަޓައިފި އެވެ.
ލިވަޕޫލް (ޖެނުއަރީ 28) - އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ހެރީ ކޭން ޖެހި ގޯލުން ނިއުޕޯޓް ކައުންޓީ އަތުން ބަލިނުވެ ޓޮޓެންހަމް ހޮޓްސްޕާސް ސަލާމަތްވިއިރު، އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމްވިޗް އަލްބިއަން އަތުން ބަލިވެ ލިވަޕޫލް މުބާރާތުން ކަޓައިފި އެވެ.
ނިއުޕޯޓް ދަނޑުގައި ޓޮޓެންހަމް ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. ވެސްޓް ބްރޮމް އަތުން ލިވަޕޫލް ބަލިވީ 3-2 އިންނެވެ. މި މެޗުގައި ގިނަ ނިންމުންތައް މެޗުގެ ރެފްރީ ކްރެއިގް ޕޯސަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގަ އެވެ.
ގިނަ ބަދަލުތަކާ އެކު ނުކުތް ޓޮޓެންހަމް ކޮޅަށް ނިއުޕޯޓްގެ ލަނޑު މެޗުގެ ފުރަތަމަ ހާފުގައި ކާމިޔާބު ކޮށްދިނީ ޕަޑްރައިގް އާމޮންޑް އެވެ. ކޭން ޓޮޓެންހަމަށް އެއްވަރުކޮށްދިނީ މެޗު ނިމެން އަށް މިނިޓަށް ވެފައި ހުއްޓަ އެވެ.
ރޭގެ މެޗު އެއްވަރުވުމުން ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މި މެޗުގައި އެ ޓީމުން ނަގާލީ މުހިއްމު ފުރުސަތެއް ކަމަށެވެ. އެއީ މޮޅު ކުޅުމެއް ދައްކައިގެން ޓޮޓެންހަމުން ތަށްޓެއް ބޭނުންވާކަން ސާބިތުކޮށްދެވޭން އޮތް ފުރުސަތު ކަމަށް އޭނާ ބުންޏެވެ.
މިދިޔަ ހަފްތާގައި އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފުލުގައި އޮތް ސްވަންސީ ސިޓީ އަތުން ބަލިވުމުން ރޭ ވެސްޓް ބްރޮމްއާ ދެކޮޅަށް ލިވަޕޫލުން ނުކުތީ މޮޅުވުމުގެ އަޒުމުގަ އެވެ. މެޗުގެ ފަސް ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަގައިދިނީ ރޮބާޓޯ ފިރްމީނޯ އެވެ. އޭގެ ފަހުން ހަތް މިނިޓް ތެރޭ ގާތްގާތުގައި ޖޭ ރޮޑްރިގޭޒް ޖެހި ދެ ގޯލުން ވެސްޓް ބްރޮމް އިން މެޗުގެ ނަތީޖާ އަނބުރާލި އެވެ.
ލިވަޕޫލަށް ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީ ފިރްމީނޯ އަތުންވަނީ ބޭކާރުވެފަ އެވެ. މި ހާފު ނިމުމުގެ ކުރިން ވެސްޓް ބްރޮމް އިން ތިން ވަނަ ލަނޑެއް ޖެހި އެވެ. އެ ލަނޑަކީ ލިވަޕޫލްގެ ޖޮއެލް މަޓިޕް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ދެ ވަަނަ ހާފުގައި މުހައްމަދު ސަލާހު ލިވަޕޫލަށް ލަނޑެއް ކާމިޔާބު ކޮށްދިން ނަމަވެސް އިތުރު ލަނޑެއް އެ ޓީމަށް ޖެހޭ ގޮތެއް ނުވި އެވެ. މި ނަތީޖާއާ އެކު މިދިޔަ އަހަރުގެ އޭޕްރީލް މަހަށް ފަހު ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ބަލިވެފަ އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އޭނާގެ ޓީމުން ދެއްކި ކުޅުމަށް ބަލާއިރު މި މެޗުން ބަލިވުމުން ކުރެވޭނެ ޝަކުވާއެއް ނެތް ކަމަށެވެ.
މެޗު ހަމަކޮށްގެން ސިޓީ އަށް ހަތަރު ޕޮއިންތްގެ ލީޑެއް
އާސެނަލަށް ފަހު ޗެމްޕިއަން ލިވަޕޫލް ވެސް ކަޓައިފި
ކުއާޓާ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް މިޑްލްސްބަރާ
ނޮޓިންހަމް އަތުން ބަލިވެ، ޗެމްޕިއަން ލެސްޓާ ކަޓައިފި
ފަހަތުންއަރައި މޮޅުވެ ލިވަޕޫލާއި ޓޮޓެންހަމް އަނެއްބުރަށް
ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، ޓޮޓެންހަމް ސަލާމަތްވެއްޖެ
ކޭން އަށް އަނިޔާވެ ޕޮޗެޓީނޯ އަށް ބޮލުގެ ރިހުމެއް
ޓެންހަގަށް ޔުނައިޓެޑްގެ ވަޒީފާ ވެސް ސަލާމަތްވެއްޖެ
ކްލޮޕްގެ ފެއާވެލް ފެށައިފި، ނޯރިޗް އަތުން ބޮޑު މޮޅެއް
ޔުނައިޓެޑް އަނެއް ބުރަށް؛ ސިޓީ ޖެހެނީ ޓޮޓެންހަމާ