Roadha Mihaaru

ހާލަތު އުފެއްދި މީހުންނަށް ވެސް އޭގެ ކޮންޓްރޯލެއް ނެތް: ރައީސް ޔާމީން

ސުޕްރީމް ކޯޓުން އަމުރުތަކެއް ނެރެގެން ދައުލަތް ހުއްޓުވާލަން މަސައްކަތް ކުރި ސިޔާސީ ފަރާތްތަކަށް ވެސް އެ ރޭވުންތަކުގެ ކޮންޓްރޯލް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ހާލަތު އުފެއްދި މީހުންނަށް ވެސް އޭގެ ކޮންޓްރޯލެއް ނެތް
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

07 ފެބުރުއަރީ 2018

ސުޕްރީމް ކޯޓުން އަމުރުތަކެއް ނެރެގެން ދައުލަތް ހުއްޓުވާލަން މަސައްކަތް ކުރި ސިޔާސީ ފަރާތްތަކަށް ވެސް އެ ރޭވުންތަކުގެ ކޮންޓްރޯލް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޖަލު ހުކުމްތަކެއް ތަންފީޒު ކުރަމުން ގެންދަވާ ސިޔާސީ ނުވަ ބޭފުޅަކު ދޫކުރަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު އެ ކޯޓުން މިރޭ ބާތިލް ކުރުމުގެ އުފަލުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފަނޑިޔާރުން ހަތިޔާރަކަށް ހަދައިގެން ކުރި އެ މަސައްކަތުގެ ކޮންޓްރޯލް އެކަން ރޭވި ފަރާތްތަކުގެ އަތުގައި ވެސް ނެތް ކަމަށެވެ.

"މި ދޫކޮށްލީ 360 ޑިގްރީއެއް ނޫން. 760 ޑިގްރީ އަށް އަނބުރާފަ އޮތް އެއްޗެއް. ދޫކޮށްލީމަ އޭތި އެނބުރިގެން އަންނައިރު އޭތި ޖެހޭ ކޮންމެ މީހެއް ފަނާވެގެން ދާ ވަރުގެ ވަރުގަދަ ހަތިޔާރެއް. އޭގެ ކޮންޓްރޯލެއް އެ އުފެއްދި މީހާގެ އަތުގައި ވެސް ނެތް،" އެ އަމުރާއެކު ރޭވިފައިވާ ކަންތައްތައް ބޮޑުކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

Mee judiciary in gennan ulhunee bagaavaatheh: Raees

Mee judiciary in gennan ulhunee bagaavaatheh: Raees

The most trusted news source in the Maldives

Mihaaru

ސުޕްރީމް ކޯޓުގެ އަމުރާއެކު ހިންގަން އުޅުނު ކަންކަން ބަޢާވާތެއްގޮތަށް ސިފަކުރައްވައި ރައީސް ވާހަކަ ދެއްކެވުން--

ސުޕްރީމް ކޯޓުން އެ އަމުރު ނެރުމާއެކު ފުލުހުން ވަނީ އެކަން ތަންފީޒު ކުރާނެ ކަން އިއުލާން ކޮށްފަ އެވެ. އޭރު މުޒާހަރާ ކުރަމުން ދިޔަ އިދިކޮޅު ފަރާތްތަކުން ވެސް ބުނަމުން ދިޔައީ ފުލުހުންގެ އެހީތެރިކަން އެ ފަރާތްތަކަށް ލިބޭނެ ކަމަށެވެ. ނަމަވެސް އޭގެ މާ ގިނަ އިރުތަކެއް ނުވެ އޭރުގެ ޕޮލިސް ކޮމިޝަނާ އަހުމަދު އަރީފް އެ މަގާމުން ރައީސް ވަކިކުރެއްވި އެވެ.

ރައީސް މިރޭ ވިދާޅުވީ ފުލުހުންގެ އިސް ވެރިންގެ އެންގުމަށް އެ ރޭ ފުލުހުން ނުކުމެ އެ އަމުރު ތަންފީޒު ކުރުމަކީ އެ "ބަޣާވާތް" ރޭވި މީހުން އެދުނު ގޮތް ކަމަށެވެ. އެހެން އެކަން ވި ނަމަ ވެރިކަން ބަދަލު ކުރީސް ކަމަށް ރައީސް އިޝާރާތް ކުރެއްވި އެވެ.

"ﷲގެ ހެޔޮ ރަހުމަތާއެކު އެކަން ނުވީ. އެހެން ނޫން ނަމަ އެ ރޭ އަޅުގަނޑުމެންނަށް ފެބްރުއަރީ ހަތެއް ތަކުރާރު ވީސް." ހިތާމަވެރި ރެއެއްގެ ގޮތުގައި އެ ރޭ ސިފަ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

އެހާލަތުން އަރައިގަތުމަށް އެންމެ ބޮޑު މަސައްކަތެއް ކޮށްދެއްވީ ދިވެހި ސިފައިންނާއި ފުލުހުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. މަގުމަތީގައި ކުރިމަތިލުންތަކެއް ނުހިނގައި އެކަން ނިމުނީ އެ ބޭފުޅުންގެ މަސައްކަތުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަލާމަތްވީ އަޅުގަނޑުގެ މޮޅުކަަމަކުން ނޫން. މާތް ﷲގެ ރަހުމަތުން. އަޅުގަނޑާ އެކު ހަމަ ގައުމީ ޖިހާދެއް ކުރެއްވި ބޭފުޅުން އެބަތިއްބެވި. ރެއާ ދުވާލު މަސައްކަތް ކުރެއްވި ބޭފުޅުން ހިމެނޭ. އޭގެ ތެރޭގައި އަޅުގަނޑުގެ އަންހެނުން ހިމެނޭ. ޕާޓީގެ އިސް މީހުން ހިމެނޭ. ޑިފެންސް މިނިސްޓްރީ ހިމެނޭ." ރައީސް ވިދާޅުވި އެވެ.