Roadha Mihaaru
ސީރިއާގެ އަސްކަރީ އަމާޒުތަކަށް އިޒްރޭލުން ވައިގެ ހަމަލާދީފި

ސީރިއާގެ އަސްކަރީ އަމާޒުތަކަށް އިޒްރޭލުން ވައިގެ ހަމަލާދީފި

08 ފެބުރުއަރީ 2018

ދިމިޝްގު (ފެބްރުއަރީ 8) - ވެރިރަށް ދިމިޝްގާ ކައިރީގައިވާ އަސްކަރީ އަމާޒުތަކަށް އިޒްރޭލުން ވައިގެ ހަމަލާދީފައިވާ ކަމަށް ސީރިއާ އިން ތުހުމަތު ކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (ފެބްރުއަރީ 8) - ވެރިރަށް ދިމިޝްގާ ކައިރީގައިވާ އަސްކަރީ އަމާޒުތަކަށް އިޒްރޭލުން ވައިގެ ހަމަލާދީފައިވާ ކަމަށް ސީރިއާ އިން ތުހުމަތު ކޮށްފި އެވެ.

ސީރިއާގެ ރަސްމީ ނޫސް އެޖެންސީ ސަނާ އިން ބުނީ ވެރިރަށް ދިމިޝްގުގެ ހުޅަނގު އުތުރުން 10 ކިލޯ މީޓަރު ދުރުގައި އޮންނަ ޖަމްރަޔާ އަސްކަރީ މަރުކަޒަށް އިޒްރޭލުގެ ވައިގެ ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށެވެ. އަދި ހަމަލާ ދިނުމަށް ވަނީ ލުބުނާނުގެ ވައިގެ ސަރަހައްދު ބޭނުންކޮށްފައި ކަމަށް ވެސް ބުނެފައިވެ އެވެ.

"އިޒްރޭލުގެ ގިނަ ހަމަލާތައް ވަނީ ސީރިއާގެ އެއާ ޑިފެންސް ސިސްޓަމްތަކުން ބްލޮކްކޮށް ހަލާކުކޮށްލާފައި،" ސަނާ ނޫސް އެޖެންސީން ބުނެފައިވެ އެވެ.

އިނގިރޭސި ވިލާތުގައި ހިންގާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފައި ވަނީ އިޒްރޭލުގެ ބައެއް ހަމަލާތައް ސީރިއާގެ އަމާޒުތަކަށް އަރާފައިވާ ކަމަށެވެ.

މި ތުހުމަތުތަކާ ގުޅިގެން އިޒްރޭލުގެ އަސްކަރިއްޔާ އިން ވަކި އެއްޗެއް ނުބުނެ އެވެ.