އިޒްރޭލުން ސީރިއާގައި ހިންގި އޮޕަރޭޝަނެއްގައި 13 މީހަކު މަރާލިތާ އެއް ދުވަސް ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިޒްރޭލަށް އިންޒާރު ދެއްވައިފި އެވެ.
އިޒްރޭލުން ސީރިއާގައި ހިންގި އޮޕަރޭޝަނެއްގައި 13 މީހަކު މަރާލިތާ އެއް ދުވަސް ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިޒްރޭލަށް އިންޒާރު ދެއްވައިފި އެވެ.
ސީރިއާގެ އެތެރޭގެ މައްސަލަތައް ގޯސްވާނެ ކަންކަން ނުކުރުމަށާއި އެ ގައުމުގެ އާ ސަރުކާރަށް ގޮންޖެހުން ކުރިމަތިވާނެ ކަންކަން ނުރުމަށް ޓްރަމްޕު އިންޒާރު ދެއްވިތާ ގިނަ އިރުތަކެއް ނުވެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ވަނީ ޓްރަމްޕު ފޯނުން ގުޅައި ނަތަންޔާހޫއާ ވާހަކަ ދެއްކެވި ކަމަށާއި އެމެރިކާއަށް އައުމަށް އަނެއްކާވެސް ދައުވަތު ދީފައިވާ ކަމަށް ބުނެފަ އެވެ.
"އިޒްރޭލުން ސީރިއާއާ އެކު ރަނގަޅު ގޮތުގައި އަދި ތެދުވެރިކަމާ އެކު މަޝްވަރާ ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް. އަދި ސީރިއާ އަކީ ފުދުންތެރި ދައުލަތަކަށް ބަދަލުވުމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ހިންގައިގެން ނުވާނެ،" ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ވިދާޅުވި އެވެ.
ސީރިއާގެ ވެރިކަމުން ބައްޝާރުލް އަސަދު ދުރުކޮށް، ކުރިން އެމެރިކާއިން ޓެރަރިސްޓް ޖަމާއަތެއްގެ ލީޑަރެއްގެ ގޮތުގައި ބަލަމުން އައި އަހްމަދު އަލް ޝަރާ ވެރިކަމާ ހަވާލުވި ފަހުން އެމެރިކާއިން ގެންދަނީ އިޒްރޭލާއި ސީރިއާ އެއްބަސްވުމަކަށް ގެނެވޭތޯ މަސައްކަތްކުރަމުންނެވެ. އެމެރިކާގެ ޓެރަރިސްޓް ލިސްޓުން ޝަރާގެ ނަން އުނިކޮށް އޭނާއާ އެކު ވައިޓް ހައުސްގައި ޓްރަމްޕު ވަނީ މިދިޔަ މަހު ބައްދަލު ވެސް ކުރައްވައިފަ އެވެ.
ނަމަވެސް އިޒްރޭލުން ސީރިއާ ސަރަހައްދަށް ހަމަލާދިނުން ހުއްޓުމަކަށް ނާންނާތީ މަސްރަހު ހޫނުކޮށް އޮއްވައި މިދިޔަ ހުކުރު ދުވަހުގެ ރޭ އިޒްރޭލުން ދިން ހަމަލާތަކެއްގައި 13 މީހަކު މަރުވުމާ އެކު ހާލަތު ވަނީ އިތުރަށް ގޯސްވެފަ އެވެ.
އިޒްރޭލުގެ މި އަމަލަކީ ހަނގުރާމައިގެ ޖަރީމާ ކަމަށް ސީރިއާއިން ބުނާއިރު އިޒްރޭލުން ބުނަމުންދަނީ ހަމަލާ ދިނީ ހަނގުރާމަވެރި ޖަމާއަތަކަށް ކަމަށެވެ.
ޓްރަމްޕު ވިދާޅުވެފައިވާ ގޮތުގައި ޝަރާގެ ލީޑަޝިޕްގައި ސީރިއާއަށް ގެންނަމުންދާ ބަދަލުތަކާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހެ އެވެ. ޝަރާ މަސައްކަތްކުރައްވަނީ ސީރިއާ ރައްޔިތުންނަށާއި އިޒްރޭލަށް ވެސް ރަނގަޅު ގޮތް ވުމަށް ކަމަށް ޓްރަމްޕު ވިދާޅުވި އެވެ.
ޒަމާންވީ ދާހިލީ ހަނގުރާމައަށް ފަހު ސީރިއާ އަލުން އާރާސްތުކުރުމަށް އެމެރިކާއިން ހުރިހާ ގޮތަކުން ވެސް އެހީތެރިކަން ދޭނެ ކަމަށް ޓްރަމްޕު ވަނީ ޔަގީކަން ދެއްވައިފަ އެވެ. -- އޭއެފްޕީ
އައިސިސްއާ ދެކޮޅު އިއްތިހާދުގައި ސީރިއާ ބައިވެރިވަނީ
ކުރީގެ "ޓެރަރިސްޓް" އެންމެ ފަހުން ވައިޓް ހައުސްއަށް
ޣައްޒާގެ ޕްލޭނަށް ސަލާމަތީ މަޖިލީހުން ވޯޓު ނަގަނީ
ސައޫދީން އިޒްރޭލާ ގުޅުން ގާއިމުކުރަން ޓްރަމްޕު އެދޭނެ!
ނަތަންޔާހޫއަށް މާފު ދޭން އެދި ޓްރަމްޕުގެ ސިޓީއެއް
ޣައްޒާއަށް ފައުޖު ފޮނުވުމުގެ ގަރާރު ސަލާމަތީ މަޖިލީހަށް
"އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ ހަމާސް ނައްތާލާނަން"
ޓްރަމްޕަށް އިޒްރޭލުގެ އެންމެ މަތީ ޝަރަފް
ހަނގުރާމަ ނިމިއްޖެ: ޓްރަމްޕު
ޣައްޒާގެ ޑީލަކަށް ފުރުސަތު އެބަ އޮތް: ޓްރަމްޕު