Roadha Mihaaru
ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރަނީ

ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރުމަށް ރައީސް ހުށަހަޅުއްވައިފި

19 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމަށް ބާއްވާ ޚާއްސަ ޖަލްސާ އަށް، މަޖިލީހުގެ އިދާރާގެ ވަށައިގެންވާ ސަރަހައްދު ބަންދުކޮށް ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފި އެވެ.

މަޖިލީހުގެ އިދާރާގެ ވަށައިގެންވާ ސަރަހައްދުގައި ސިފައިންނާއި ފުލުހުން ޝީލްޑާއެކު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި މީޑިއާ ވެސް މަޖިލީހުގެ އިދާރާގެ ކައިރިއަށް ދިއުން ވަނީ ހުއްޓުވައިފަ އެވެ.

މިއަދު ހެނދުނު 11:00 ގައި ބާއްވާ ޖަލްސާ އަށް ބައެއް މެމްބަރުން މިހާރު ވަނީ މަޖިލީހުގެ އިދާރާ އަށް ވަޑައިގެންފަ އެވެ.

ޕީޕީއެމްގެ ބައެއް މެމްބަރުން މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަޑައިގެން މަޖިލީހުގެ އިދާރާގެ ގޭޓު ކައިރީގައި މަޑުކޮށްލައްވައިގެން.

ޕީޕީއެމްގެ ބައެއް މެމްބަރުން މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަޑައިގެން މަޖިލީހުގެ އިދާރާގެ ގޭޓު ކައިރީގައި މަޑުކޮށްލައްވައިގެން.

ސުޕްރީމު ކޯޓުން ރޭ ނެރުނު އަމުރުގައި ވަނީ، ޕާޓީ ބަދަލު ކުރުމަކީ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމެއް ނޫން ކަމަށް މި މަހުގެ 1 ގައި އެ ކޯޓުން އަމުރުކޮށްފައިވާ ބަޔަށް އަމަލުކުރުން ފަސްކުރަން އަމުރުކޮށްފަ އެވެ. މިއާއެކު، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަށް މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަދެވަޑައިނުގެންނެވޭނެ ކަމަށް ޕީޕީއެމްގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވަ އެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި، ސުޕްރީމް ކޯޓުން ރޭ ވަގުތީ އަމުރު ނެރުނު ނަމަވެސް 12 މެމްބަރުންނަށް މިއަދުގެ ޖަލްސާ ވަޑައިގެންނެވޭނެ އެވެ. އަދި މިއަދުގެ ޖަލްސާ އަށް ވަޑައިގަތުމަށް އަންގައި އެ 12 މެމްބަރުންނަށް މަޖިލީހުގެ އިދާރާ އިން އިއްޔެ ދިން ދައުވަތު، ސުޕްރީމް ކޯޓުގެ ރޭގެ އަމުރާ ގުޅިގެން ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ތަފުސީލް އަންނަނީ...