Roadha Mihaaru
އެމްއާރުޑީސީގެ މަސައްކަތްތައް ހައުސިންގެ ދަށަށް

އެމްއާރުޑީސީގެ މަސައްކަތްތައް ހައުސިން މިނިސްޓްރީގެ ދަށަށް

05 މާޗް 2018

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މަސައްކަތްތައް، އެތަނުގެ މުވައްޒަފުންނާ އެކު، ހައުސިން މިނިސްޓްރީގެ، ޕަބްލިކް ވޯކްސް ސާވިސަސްގެ ދަށަށް ބަދަލުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މަސައްކަތްތައް، އެތަނުގެ މުވައްޒަފުންނާ އެކު، ހައުސިން މިނިސްޓްރީގެ، ޕަބްލިކް ވޯކްސް ސާވިސަސްގެ ދަށަށް ބަދަލުކޮށްފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިދިޔަ މަހުން ފެށިގެން، އެމްއާރުޑީސީގެ ބިޒުނަސް ޑިވެލޮޕްމެންޓް ފިޔަވާ އެހެން ހުރިހާ ޑިޕާޓްމަންޓެއްގެ މުވައްޒަފުންނާއި މަސައްކަތްތައް ވަނީ ޕަބްލިކް ވޯކްސް ސާވިސަސްގެ ދަށަށް ބަދަލުކޮށްފަ އެވެ.

ޓްރެކް ދަނޑު ކައިރީގައި ހުންނަ އެމްއާރުޑީސީގެ ސައިޓު ވެސް މިހާރު ވަނީ ޕަބްލިކް ވޯކްސް ސާވިސްގެ ދަށަށް ގެންގޮސްފަ އެވެ. އެގޮތުން އެތަނުގައި ވަނީ އެ ޑިޕާޓްމަންޓްގެ ނަން ބޯޑު ވެސް ހަރުކޮށްފަ އެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި މަގު ހެދުމުގެ އިތުރުން ފުޓްބޯޅަ ދަނޑާއި ނަރުދަމާ އެޅުމުގެ މަސައްކަތް ވެސް ކުރަމުން ދިޔަ އެމްއާރުޑީސީ އުވާލަން އެކުންފުނީގެ ބޯޑުގައި ކުރިން ވަނީ މަޝްވަރާކޮށްފަ އެވެ.

MRDC uvaalan mashvaraakoffi

MRDC uvaalan mashvaraakoffi

The most trusted news source in the Maldives

Mihaaru

އެމްއާރުޑީސީ އުވާލަން މަޝްވަރާ ކުރުން--

މަޖީދީ މަގު ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ މުވައްޒަފުން ކުރަނީ: އެމްއާރުޑީސީގެ މަސައްކަތްތައް ވެސް މިހާރު ވަނީ ހައުސިންއަށް ބަދަލުކޮށްފައި -- މިހާރު ފޮޓޯ

މަޖީދީ މަގު ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ މުވައްޒަފުން ކުރަނީ: އެމްއާރުޑީސީގެ މަސައްކަތްތައް ވެސް މިހާރު ވަނީ ހައުސިންއަށް ބަދަލުކޮށްފައި -- މިހާރު ފޮޓޯ

އެމްއާރުޑީސީއަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އެޅިފައިވާ ކުންފުންޏެކެވެ. އަދި އެއީ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ މެނޭޖިން ޑިރެކްޓަރުން އައްޔަންކުރި ކުންފުނި ވެސް މެ އެވެ. މިހާތަނަށް އެ ކުންފުނީގައި ފަސް މެނޭޖިން ޑިރެކްޓަރުން މަސައްކަތްކޮށްފައިވެ އެވެ.