ލަންޑަން (މާޗް 8) - ރަޝިޔާގެ ކުރީގެ ޖާސޫސީ އޮފިޝަލެއް ކަމަށްވާ ސާގީ ސްކްރިޕަލް އާއި އޭނާގެ އަންހެން ދަރިފުޅު ޔުލިއާ މަރާލުމުގެ ބޭނުގައި ވަނީ ނާވް އެޖެންޓެއް ބޭނުންކޮށްފައި ކަމަށް އިނގިރޭސި ވިލާތުގެ ފުލުހުން ބުނެފި އެވެ.
08 މާޗް 2018
ލަންޑަން (މާޗް 8) - ރަޝިޔާގެ ކުރީގެ ޖާސޫސީ އޮފިޝަލެއް ކަމަށްވާ ސާގީ ސްކްރިޕަލް އާއި އޭނާގެ އަންހެން ދަރިފުޅު ޔުލިއާ މަރާލުމުގެ ބޭނުގައި ވަނީ ނާވް އެޖެންޓެއް ބޭނުންކޮށްފައި ކަމަށް އިނގިރޭސި ވިލާތުގެ ފުލުހުން ބުނެފި އެވެ.
ސޯލިސްބަރީގެ ޝޮޕިން މޯލެއްގެ ބޭރުގައި ބެންޗެއްގައި އިންދާ ހޭނެތިގެން ވެއްޓުނު ސާގީ،66، ގެ ހާލު މިހާރު ވަރަށް ނާޒުކެވެ. އޭނާ ވެއްޓުނު ތަނަށް ފުރަތަމަ ދިޔަ ފުލުސް އޮފިސަރުގެ ހާލު ވެސް ދެރަ އެވެ.
ނާވް އެޖެންޓަކީ ވަރަށް ވިހަގަދަ ކެމިކަލެކެވެ. ނާވް އެޖެންޓް ބޭނުން ކުރުމުން ނޭވާލާ ނިޒާމާއި ހަށިގަނޑުގެ މަސައްކަތް ހުއްޓެ އެވެ. ނާވް އެޖެންޓް އާއްމުކޮށް ހަށިގަނޑަށް އެތެރެ ވަނީ އަނގަޔާއި ނޭފަތުންނާއި ލޮލުން އަދި ހަމުގެ ތެރޭންނެވެ.
ކައުންޓަ ޓެރަރިޒަމްގެ އިސްވެރިޔާ އަދި އެސިސްޓެންޓް ކޮމިޝަނާ މާކް ރޯލީ ވިދާޅުވީ ރަޝިޔާގެ ޖާސޫސް މަރާލަން ބޭނުންކުރި ނާވް އެޖެންޓް އިނގިރޭސި ސައެންޓިސްޓުން މިހާރު ދެނެގެންފައިވާ ކަމަށެވެ. ނަމަވެސް މި މަރުހަލާގައި އެ މައުލޫމާތު އާއްމު ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ ސްކްރިޕަލް އަށް ވިހަ ދިނުމުގައި ރަޝިޔާގެ ރޯލެއް އޮތްކަން ސާބިތުވެއްޖެ ނަމަ ހަރުކަށި ރައްދެއް ދޭނެ ކަމަށެވެ. ރަޝިޔާ އިން ބުނެފައި ވަނީ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށެވެ. އަދި އިނގިރޭސި ފުލުހުން އެދިއްޖެ ނަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ރަޝިޔާ އިން ބުނެފައިވެ އެވެ.
ރިޓަޔާކޮށްފައިވާ ރަޝިޔާގެ ކުރީގެ އިންޓަލިޖެންސް އޮފިސަރު ކާނަލް ސްކްރިޕަލް ވަނީ އިނގިރޭސި ވިލާތުގެ ޖާސޫސީ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. ރަޝިޔާ އިން 2006 ވަނަ އަހަރު އޭނާ ވަނީ 13 އަހަރަށް ޖަލަށް ލައިފަ އެވެ. އޭނާގެ ކުށަކީ ރަޝިޔާގެ ޖާސޫސީ މައުލޫމާތު އިނގިރޭސި ވިލާތުގެ އިންޓެލިޖެންސް ސާވިސް އަށް ފޯރުކޮށްދިނުމެވެ. އެކަމަކު އެފްބީއައިގެ ބެލުމުގެ ދަށުގައިވާ ރަޝިޔާގެ 10 ޖާސޫސުން މިނިވަންކުރާ މަތިން ރަޝިޔާގެ ޖަލުން ނެރުނު ހަތަރު މީހުންގެ ތެރޭގައި ސްޕްރިކަލް ވެސް ހިމެނެ އެވެ. ވޭތުވެދިޔަ އަށް އަހަރު އޭނާ ދިރިއުޅުނީ އިނގިރޭސި ވިލާތުގަ އެވެ.
އަހަރެމެންނަކީ ޓޫރިސްޓުން: ވިހަދިން ކަމަށް ބުނާ މީހުން
ވިހަ ދިން ރަޝިޔާގެ ކުރީގެ ޖާސޫސްގެ ހާލު ރަނގަޅު
އިނގިރޭސިން ދަނީ އަލިފާނާ ކުޅެމުން: ރަޝިޔާ
ރަޝިޔާއިން ވެސް އިނގިރޭސި 23 ޑިޕްލޮމެޓުން ފޮނުވާލަނީ
ޔުކްރެއިން ހަނގުރާމަ މެދުކަނޑާލަން ހުށަހަޅައިފި
ޔޫކްރޭނަށް ފައިޓާ ޖެޓް ދޭން އިނގިރޭސިން ޖެހިލުންވެއްޖެ
އިނގިރޭސި ވިލާތުން އިތުރު އަސްކަރީ އެހީ ޔޫކްރޭނަށް
އިނގިރޭސި ބޮޑުވަޒީރަށް ރަޝިޔާ އިން ފިޔަވަޅު އަޅައިފި
ރަޝިޔާ އިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފި: ޔޫކްރޭން
ޔުކްރޭނުގައި އަބްރަމޮވިޗަށް ވިހަ ދިން ކަމަށް ބުނެފި