Roadha Mihaaru
ޕެވީލިއަން އަންނަ މަހު ހުޅުވޭނެ: މުއިއްޒު

ރަސްފަންނުގައި ހަދާ ޕެވީލިއަން އަންނަ މަހު ހުޅުވޭނެ: މުއިއްޒު

09 މާޗް 2018

ރަސްފަންނުގައި ތަރައްގީ ކުރަމުންދާ ޕެވީލިއަން އަންނަ މަސް ނިމުމުގެ ކުރިން ހުޅުވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރަސްފަންނުގައި ތަރައްގީ ކުރަމުންދާ ޕެވީލިއަން އަންނަ މަސް ނިމުމުގެ ކުރިން ހުޅުވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑަބްލިއުއެސްސީން ރަސްފަންނުގައި ތަރައްގީ ކުރާ ޕެވީލިއަންގެ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ އެތަނުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށާއި އަންނަ މަސް ނިމުމުގެ ކުރިން އެތަން ހުޅުވޭނެ ކަމުގެ ޔަގީންކަން ޑިވެލޮޕަރުގެ ފަރާތުގެ ލިބިފައިވާ ކަމަށެވެ.

މުއިއްޒު ކުރެއްވި ޓްވީޓް

ޕެވީލިއަންގެ މަސައްކަތް ނިމުމަކާ ގާތުގައި އޮތްއިރު، އެތަން ހިންގާނެ ފަރާތެއް ހޯދަން އެމްޑަބްލިއުއެސްސީން މިދިޔަ އަހަރުގެ އޮގަސްޓް މަހު ވަނީ ބިޑަށް ހުޅުވާލައިފަ އެވެ. އެތަން ހިންގަން ބްރަދާސް ކޭޓަރިންއާ އެކު ފުރަތަމަ ހެދި އެއްބަސްވުން އުވާލުމަށް ފަހު އަލުން ބިޑަށް ހުޅުވާލުމުން އޭރު ދެ ކުންފުންޏަކުން ބިޑް ހުށަހެޅި އެވެ. އޭގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ފްރެންޗައިޒެއް ކަމަށްވާ މެންހަޓަން ފިޝް މާކެޓް ވެސް ހިމެނެ އެވެ.

ތިން ބުރި އަށް ހަދާ ރަސްފަންނުގެ ޕެވިލިއަންގެ ތިން ބުރީގައި ވެސް ހުންނަނީ ރެސްޓޯރަންޓެވެ.