11 މާޗް 2018
ކޮލަމްބޯ (މާޗް 11) - ކެންޑީގެ ހުރިހާ ސަރުކާރު ސްކޫލްތަކެއް މާދަމާ ހުޅުވާނެ ކަމަށް ސެންޓްރަލް ޕްރޮވިންސްގެ ޗީފް މިނިސްޓަރު ސަރަތު އެކަނަޔަކަ މިއަދު ވިދާޅުވެއްޖެ އެވެ.
ކޮލަމްބޯ (މާޗް 11) - ކެންޑީގެ ހުރިހާ ސަރުކާރު ސްކޫލްތަކެއް މާދަމާ ހުޅުވާނެ ކަމަށް ސެންޓްރަލް ޕްރޮވިންސްގެ ޗީފް މިނިސްޓަރު ސަރަތު އެކަނަޔަކަ މިއަދު ވިދާޅުވެއްޖެ އެވެ.
ކެންޑީގެ ބައެއް ހިސާބުތަކުގައި މުސްލިމުންނަށް އަމާޒުކޮށް ބުޑިސްޓުންގެ ހަރުކަށި ފަރާތްތަކުން ދޭން ފެށި ހަމަލާތަކާ ގުޅިގެން ކެންޑީގެ އެޑްމިނިސްޓްރޭޓިވް ޑިސްޓްރިކްޓުގެ ސްކޫލްތައް ބަންދުކުރީ މި މަހު 7 ވަނަ ދުވަހު އެވެ.
ކެންޑީގައި ހަމަނުޖެހުންތައް ބޮޑުވުމުން އިއުލާންކުރި ކާފިއު ވެސް އިއްޔެ ވަނީ އުވާލައިފަ އެވެ. ފުލުހުންގެ ތަރުޖަމާން ރުވާން ގުނަސެކަރަ ވިދާޅުވީ ކެންޑީގެ ހާލަތު މަޑުމަޑުން ހަމައަކަށް އެޅެން ފަށާފައިވާ ކަމަށެވެ. ކެންޑީގެ ހާލަތު ރަނގަޅުވާން ފެށި ނަމަވެސް ފުލުހުންނާއި ސިފައިން އަދިވެސް ގެންދަނީ މަގުތަކުގައި ފޯރިމަރަމުންނެވެ.
ލަންކާގެ ހަމަނުޖެހުންތަކުގައި ވަނީ ތިން މީހުން މަރުވެ 20 މީހުން ޒަޚަމްވެ އަދި މުސްލިމުންގެ 200 އަށް ވުރެ ގިނަ އިމާރާތާއި ތަކެއްޗަށް ގެއްލުންދީފަ އެވެ. ހަމަނުޖެހުންތަކުގައި އެންމެ ބޮޑު ގެއްލުމެއްދީފައި ވަނީ ކެންޑީއަށެވެ. ގެއްލުންދިން 11 މިސްކިތުގެ ތެރޭން ނުވަ މިސްކިތް ހުންނަނީ ކެންޑީގަ އެވެ.
މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް ވަނީ 150 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހަމަނުޖެހުމުގެ ފަހަތުގައިވާ އެންމެ އިސް މީހުން ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ހަމަނުޖެހުންތައް ބޮޑުވުމުން ލަންކާގައި މިހާރު ވަނީ 10 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.
ލަންކާގެ ހަމަނުޖެހުމުގައި 100 މީހުން ހައްޔަރުކޮށްފި
ގެއްލުން ލިބުނު ކޮންމެ އާއިލާއަކަށް ފަސް ލައްކަ ރުޕީސް
ލަންކާގެ އިންތިހާބީ ޝަކުވާތަކާއެކު 190 މީހަކު ބަންދު
ލަންކާގައި އުޅުނީ ރާއްޖޭގެ ގޭންގު ލީޑަރަކު މަރާލަން!
ލަންކާގެ ހަމަލާ: ދިވެއްސެއްގެ ދަރިއަކު ހައްޔަރުކޮށްފި
ލަންކާގައި ހަމަލާއެއް ދޭން އެބައުޅޭ: އެމެރިކާ
ސްކޭމް ހިންގާ 230 މީހަކު ލަންކާއިން ހައްޔަރުކޮށްފި
ސްރީލަންކަންގައި ފަސްޓް އޮފިސަރު ކޮކްޕިޓުން ބޭރުކޮށްފި
ލަންކާގެ އިގްތިސާދަށް 4.4 ޕަސެންޓުގެ ކުރިއެރުމެއް
ޝެފަކު މަރާލި މައްސަލާގައި މުހިންމު ހެކިން ނުހޯދުނު