16 މެއި 2019
ކޮލަމްބޯ (މެއި 16) - ސްރީ ލަންކާގައި ހިންގި ދީނީ ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކޮލަމްބޯ (މެއި 16) - ސްރީ ލަންކާގައި ހިންގި ދީނީ ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ތަރުޖަމާން ރުވާން ގުނަސެކަރަ ވިދާޅުވީ ހަމަނުޖެހުން އެންމެ ބޮޑަށް ހިންގި ނޯތު-ވެސްޓަން ޕްރޮވިންސް (އެންޑަބްލިއުޕީ) އިން ހައްޔަރު ކުރި 78 މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެހެން ހިސާބުތަކުން މީހުން ހައްޔަރު ކުރީ ފުލުހުން ހިންގި އޮޕަރޭޝަންތަކުގަ އެވެ.
އެންޑަބްލިއުޕީގެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް އިތުރު 5،500 ފުލުހުން ވަނީ ފޮނުވައިފަ އެވެ. އެ ޕްރޮވިންސްގެ ހަމަނުޖެހުންތަކުގައި ހޯމަ ދުވަހު ވަނީ މުސްލިމަކު މަރާލައިފަ އެވެ. އަދި މުސްލިމުންގެ ފިހާރަތަކާއި މިސްކިތްތަކަށް ވަނީ ގެއްލުން ދީފަ އެވެ.
ލަންކާގެ މުސްލިމުންނަށް ހަމަލާތައް އަމާޒުވާން ފެށީ އެޕްރީލް 21 ވަނަ ދުވަހު ދިން ބޮން ގޮއްވުމުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.
ގުނަސެކަރަ ވިދާޅުވީ ކޮލަމްބޯގެ އުތުރުން އޮންނަ އެންޑަބްލިއުޕީ އާއި ޖެހިގެން އޮންނަ ގަމްޕަހާ އަވަށުގައި މިހާރު ވެސް އޮންނަނީ ރޭގަނޑު ކާފިއު ހިންގާފައި ކަމަށެވެ. ހަމަނުޖެހުންތައް ބޮޑުވުމުން މި ހަފުތާގައި މުޅި ލަންކާގައި ވަނީ ދެ ރެއަކު ކާފިއު ހިންގައިފަ އެވެ.
ސިފައިންގެ ތަރުޖަމާން ސުމިތު އަތަޕައްތޫ ވިދާޅުވެފައި ވަނީ ހަމަނުޖެހުމުގެ ހާލަތު މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ހަމަނުޖެހުން ހިންގި ސަރަހައްދުތަކުގެ ސީސީޓީވީ ފުޓޭޖްތައް ބެލުމުގައި ވެސް ފުލުހުންގެ އެތައް އޮފިޝަލުންނެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ސަރުކާރުގެ ތަރުޖަމާން ނަވިން ޑިސަނަޔަކަ ވިދާޅުވީ ހަމަނުޖެހުމުގައި އިސްކޮށް ތިބި މީހުން ދެނެގެންފައިވާ ކަމަށާއި އެ މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ލަންކާގެ ބުޑިސްޓުންގެ އިސް މީހެއް ކަމަށްވާ އަމިތު ވީރަސިންހަ ހިމެނެ އެވެ. މިދިޔަ އަހަރުގެ މާޗު މަހު ކެންޑީގައި މުސްލިމުންނާ ދެކޮޅަށް ދިން ހަމަލާތަކުގައި ވެސް އިސްކޮށް ހުރީ އޭނާ އެވެ.
ލަންކާ މިސްކިތްތަކުގައި ދޭ ޚުތުބާ ފާސްކުރަން އަންގައިފި
މުސްލިމުންނާ ދެކޮޅަށް ދޭ ހަމަލާތައް ކޮންޓްރޯލްކޮށްފި
ލަންކާގެ މިސްކިތްތަކަށް ހަމަލާދޭތީ ކާފިއު ހިންގައިފި
ލަންކާ މިސްކިތްތަކުގައި މިއަދު ހުުކުުރު ނުކުރަން އެދިއްޖެ
ގެއްލުން ލިބުނު ކޮންމެ އާއިލާއަކަށް ފަސް ލައްކަ ރުޕީސް
ކެންޑީގެ ސްކޫލްތައް މާދަމާ ހުޅުވަނީ
މިސްކިތްތަކަށް ދޭ ހަމަލާ އަށް އަޅާނުލާތީ ފާޑުކިޔުން
ލަންކާގެ މިސްކިތްތަކަށް ދޭ ހަމަލާތައް ކުށްވެރިކޮށްފި
އަނބިމީހާ ހަނދާނުގައި ރަށު ސްކޫލްގައި މިސްކިތެއް
ލަންކާގެ އިންތިހާބީ ޝަކުވާތަކާއެކު 190 މީހަކު ބަންދު