Roadha Mihaaru
ސަރުކާރު "ހުއްޓުވަން" ފުރުސަތެއް ނުދޭނަން: ޕޮލިސް

ސަރުކާރު "ހުއްޓުވައި، ވައްޓާލަން" ފުރުސަތެއް ނުދޭނަން: ފުލުހުން

14 މާޗް 2018

ސަރުކާރު "ހުއްޓުވައި، ވައްޓާލަން" ދުރާލައި ރާވައިގެން އަންނަ ހުކުރު ދުވަހު މާލޭގައި އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރު "ހުއްޓުވައި، ވައްޓާލަން" ދުރާލައި ރާވައިގެން އަންނަ ހުކުރު ދުވަހު މާލޭގައި އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ހުކުރު ދުވަހުގެ އެއްވުމާ ގުޅޭ ގޮތުން ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ "ހުއްޓުވާ"ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ބާއްވަން އުޅެނީ ޣައިރު ގާނޫނީ އެއްވުމެއް ކަމަށެވެ. އެ އެއްވުމުގައި ސަރުކާރާ ދެކޮޅަށް ހަމަނުޖެހުން ހިންގައި، މާލެ ތެރޭގެ އަމާންކަން ނަގާލަން ރާވާފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ.

އެހެންވެ، އެ މައްސަލައިގައި ބަޔަކު ހައްޔަރުކޮށް މިހާރު ވެސް ތަހުގީގު ހިންގަމުން އަންނަ ކަމަށް ޝިފާން ވިދާޅުވި އެވެ. އެކަމަކު އެ ތުހުމަތަށް ހައްޔަރުކުރީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލައި ސަލާމަތީ ބާރުތަކާ ކުރިމަތިލައި އެކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކައި ތާރީހަކަށް ފަހު ތާރީހެއް ކަނޑައަޅައި އެއްވުންތައް ބޭއްވުމަށް ކުރަމުންދާ މަސައްކަތަށް ގޮވާލާ ގޮވާލުންތަކަކީ ގާނޫނާ ޚިލާފު ކަންކަން،" ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފަދަ ގާނޫނާ ޚިލާފު ކަންކަން ކުރާ ފަރާތްތައް ހުއްޓުވައި ފުލުހުން ފިޔަވަޅު އަޅާނެ އެވެ.

ޝިފާން ވިދާޅުވީ އެއްވުމަށް، މީހުން މާލެ ގެނައުމަށް ބައެއް ރަށްރަށުގައި ތިބި ނުފޫޒު ގަދަ މީހުން މަސައްކަތް ކުރާ ކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ރަށްރަށުގައި، ހުރި އުޅަނދުތަކަކީ ވަކި ކަންކަމަށް ހުއްދަ ދީފައިވާ އުޅަނދުތަކެއް ކަމަށާއި އެއާ ޚިލާފުވެ މީހުން މާލެ ގެންނަ ނަމަ، އުޅަނދުތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފަ އެވެ.