Roadha Mihaaru
ބީއެމްއެލްގެ މުވައްޒަފުން ކެންސަރަށް ސްކްރީން ކުރަނީ

ބީއެމްއެލްގެ މުވައްޒަފުން ކެންސަރަށް ސްކްރީން ކުރަނީ

18 ޖުލައި 2016

ކެންސާ ސޮސައިޓީ އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންނަށް ބްރެސްޓް ކެންސާ ސްކްރީނިން ޕްރޮގްރާމެއް ފަށައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ކެންސާ ސޮސައިޓީ އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންނަށް ބްރެސްޓް ކެންސާ ސްކްރީނިން ޕްރޮގްރާމެއް ފަށައިފި އެވެ.

"އަލިފުޅުތުއްތު ފައުންޑޭޝަން"ގެ އެހީތެރިކަމާ އެކު ހިންގާ މި ޕްރޮގްރާމްގައި ބޭންކުގެ މުވައްޒަފުންނާއި އެމީހުންގެ ބައިވެރިންނަށް ކުރިއަށް އޮތް ދެ ދުވަހު ސްކްރީން ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ބޭންކުން ބުނި ގޮތުގައި ޑޮކްޓަރުންގެ ޓީމަކުން ހަރަކާތްތެރިވާ މި ޕްރޮގްރާމްގައި ޑޮކްޓަރަށް ދެއްކުމުގެ އިތުރުން އަލްޓްރާ ސައުންޑް ސްކޭނިން ހިދުމުގެ ފުރުސަތު ލިބޭނެ އެވެ.

އަދި ކެންސަރު ހުރިތޯ އަމިއްލައަށް ބަލާނެ ގޮތާއި ވީހާ ވެސް ކުރިން ކެންސަރު ދެނެގަނެ، ފަރުވާ ހޯދުމުުގެ މުހިންމު ކަމާ ބެހޭ ގޮތުން މައުލޫމާތު ދޭ ސެޝަންތަކެއް ވެސް ބާއްވާނެ ކަމަށް ބޭންކުން ބުނެ އެވެ. މި ސެޝަންތައް ނަގައިދެނީ ކެންސާ ސޮސައިޓީގެ ތަޖުރިބާކާރުންނެވެ.

މިއީ ކެންސާ ސޮސައިޓީން ރާއްޖޭގެ ބޮޑެތި އޮފީސްތަކާއި މުއައްސަސާތަކާ ގުޅިގެން މަހަކު އެއްފަހަރު، ހިލޭ ހިންގުމަށް ނިންމާފައިވާ ސްކްރީނިން ޕްރޮގްރާމްގެ ދެށުން ހިންގާ ފުރަތަމަ ހަރަކާތެވެ.