Roadha Mihaaru
ޑިޓިއުންގެ ލަވައިން ކެންސަރުބަލީގެ ޗެމްޕިއަނުންގެ ވާހަކަ

ޑިޓިއުންގެ ލަވައަކުން ކެންސަރު ބަލީގެ ޗެމްޕިއަނުންގެ ވާހަކައެއް

30 އޮކްޓޯބަރ 2018

ކެންސަރު ބަލީގެ ވާހަކަ ކިތައްމެ ވަރަކަށް ދެއްކިއަސް އެކަން ތަޖުރިބާ ނުކުރާ މީހަކަށް އެ ބަލީގައި ހުރި ވޭނެއް އިހުސާސެއް ނުކުރެވޭނެ އެވެ. ނަމަވެސް އެމީހުން ދިރިއުޅުނު ގޮތް، މަޝްހޫރު މިއުޒިކް ބޭންޑް، ޑިޓިއުން ބޭންޑުން މިފަހަރު މި ގެނެސްދޭ ވީޑިއޯ ލަވައިން ފެންނާނެ އެވެ. ކެންސަރުން ފަސޭހަވެ އާ ފެށުމަކުން ދިރިއުޅުން ފެށި ތިން ޗެމްޕިއަނުންގެ ވާހަކަ އެވެ؛ އެ މީހުން ހޯދި އާ ދިރިއުޅުމެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި މަހުގެ 20 ވަނަ ދުވަހު، ކެންސަރު ސޮސައިޓީއަށް ފަންޑު ހޯދަން ބޭއްވި ގާލާ ނައިޓުގައި ލޯންޗުކުރި "އާފެށުން" ލަވައިން ކިޔައިދެނީ މަޝްހޫރު ކެއްކުންތެރިޔާ ފާތިމަތު އުމަރު (ފާތުުން) އާއި އަމިއްލަ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ ޕްރޮޕްގެ ޖެނެރަލް މެނޭޖަރު އަހުމަދު ހަމީދާއި ކުރެހުންތެރިއެއް ކަމަށްވާ ސެރާ މޫސަގެ ހަޔާތުގެ ވާހަކަ އެވެ.

ލަވަ ފެށިގެން ދާއިރު އެ މީހުން ވެސް އުޅެނީ މަސައްކަތުގައި މަސްއޫލުވެގެންނެވެ. އިރުކޮޅެއް ފަހުން ވަރުބަލިވުމުގެ ސަބަބަން އެ މީހުން ކުރަމުންދިޔަ މަސައްކަތް ހުއްޓާލަ އެވެ. ނަމަވެސް އަނެއްކާ ވެސް ހިތްވަރެއް ލިބި އާ ފެށުމަކާއެކު ކުރިއަށްދެ އެވެ.

"އާފެށުން" ލަވަ

އެ ލަވަ މިހާރު ލަވަފޮށިންނާއި ޑިޓިއުން ބޭންޑުގެ ޔޫޓިއުބް ޗެނަލުން ފެންނާނެ އެވެ. ލަވަފޮށިން "އާފެށުން" ލަވަ އަޑުއަހައިގެން ލިބޭ ހުރިހާ ފައިސާއެއް ލިބޭނީ ކެންސަރު ސޮސައިޓީއަށެވެ. އެ ލަވަ ރިލީޒްކުރި ރޭ ވެސް ލަވަފޮށީގެ ފަރާތުން ވަނީ އެ ސޮސައިޓީއަށް 10،000ރ. ހަދިޔާކޮށްފަ އެވެ.

ޑިޓިއުން ބޭންޑުން ބުނިގޮތުގައި ކެންސަރު ބަލި ތަހައްމަލުކުރަމުންދާ މީހުން ދިރިއުޅުމަށް ކުރަމުންދަނީ ވޭންހުރި ހަނގުރާމައެކެވެ. އެ ކަންތައްތައް ވަރަށް ކައިރިން ފެނިފައިވާ ކަމަށް، އެ ބޭންޑުގެ މެމްބަރަކު ބުންޏެވެ.

ކެންސަރު ސޮސައިޓީން ފަންޑު ހޯދަން ބޭއްވި ގާލާ ނައިޓުގައި، ކެންސަރު ބަލިން ސަލާމަތްވި ފާތުން ވާހަކަދައްކަނީ.-- ފޮޓޯ: ޑިޓިއުން ބޭންޑް

ކެންސަރު ސޮސައިޓީން ފަންޑު ހޯދަން ބޭއްވި ގާލާ ނައިޓުގައި، ކެންސަރު ބަލިން ސަލާމަތްވި ފާތުން ވާހަކަދައްކަނީ.-- ފޮޓޯ: ޑިޓިއުން ބޭންޑް

"ވަރަށް ވޭންހުރި އެކަމަކު ވެސް ވަރަށް ހިތްވަރާއެކު ދިރިއުޅުމަށް ހަނގުރާމަކުރަމުން އެ ދަނީ. އެހެންވެ އެކަން ގިނަ ބަޔަކަށް ކިޔައިދިނުމަށް މި ލަވަ ތައްޔާރުކުރީ،" ބޭންޑުގެ މެމްބަރު ބުންޏެވެ.

ކެންސަރު ސޮސައިޓީން އަންނަނީ ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކޮށްގެން ވެސް ކެންސަރު ބައްޔަށް މީހުން ސްކްރީން ކުރަމުންނެވެ. އަދި އެ ބައްޔަށް އާއްމުން ހޭލުންތެރިކުރުވަން ވަރަށް ގިނަ ހަރަކާތްތައް ހިންގަ އެވެ.