Roadha Mihaaru
މަހްލޫފް މިރޭ ކޯޓަށް ހާޒިރު ކުރަނީ

ހައްޔަރުކުރި ފަހުން ފުރަތަމަ ފަހަރަށް މަހްލޫފް މިރޭ ކޯޓަށް

17 މާޗް 2018

އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން މިދިޔަ މަހު ހައްޔަރު ކުރި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ފުރަތަމަ ފަހަރަށް މިރޭ ކޯޓަށް ހާޒިރު ކުރާނެ ކަމަށް މަހްލޫފްގެ އަނބިކަނބަލުން ވިދާޅުވެެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން މިދިޔަ މަހު ހައްޔަރު ކުރި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ފުރަތަމަ ފަހަރަށް މިރޭ ކޯޓަށް ހާޒިރު ކުރާނެ ކަމަށް މަހްލޫފްގެ އަނބިކަނބަލުން ވިދާޅުވެެއްޖެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ނުގެންދާތީ، މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރި ފަހުން މަހްލޫފް ވެސް މިހާތަނަށް ކޯޓަކަށް ނުގެންދެ އެވެ. މަހްލޫފްގެ ވަކީލާ ހަވާލާ ދެއްވައި، މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް ކުރެއްވި ޓްވީޓެއްގައިވަނީ މަހްލޫފް މިރޭ 8:00 ގައި ކޯޓަށް ގެންދާނެ ކަމަށެވެ.

ނަޒްރާގެ ޓްވީޓް

މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން އިދިކޮޅު ގިނަ ފަރާތްތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ ބައެއް މެމްބަރުން ވެސް ހިމެނެ އެވެ.

އިދިކޮޅު ފަރާތްތަކުން ރޭ ކުރި މުޒާހަރާގައި ވެސް 141 މީހަކު ހައްޔަރުކޮށް އޭގެ ތެރެއިން ދެ މީހެކު ވަނީ ދޫކޮށްލައިފަ އެވެ.