22 މާޗް 2018
އާމްސްޓެޑަމް، ނެދަލެންޑްސް (މާޗް 22) - ނެދަލެންޑްސްގެ ކުރީގެ ފޯވާޑް ޕެޓްރިކް ކްލައިވަޓް އުމުރުން 18 އަހަރުގައި ދެއްކި ކުޅުމަށް ވުރެ ތަފާތު މޮޅު ކުޅުމެއް އޭނާގެ ދަރިފުޅު ޖަސްޓިން ކްލައިވަޓް ދައްކަމުން އަންނަ ކަމަށް ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.
އާމްސްޓެޑަމް، ނެދަލެންޑްސް (މާޗް 22) - ނެދަލެންޑްސްގެ ކުރީގެ ފޯވާޑް ޕެޓްރިކް ކްލައިވަޓް އުމުރުން 18 އަހަރުގައި ދެއްކި ކުޅުމަށް ވުރެ ތަފާތު މޮޅު ކުޅުމެއް އޭނާގެ ދަރިފުޅު ޖަސްޓިން ކްލައިވަޓް ދައްކަމުން އަންނަ ކަމަށް ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.
ޕެޓްރިކް ކްލައިވަޓް ބާސެލޯނާ އަށް ކުޅުނުއިރު، ކޫމަން އަކީ ބާސެލޯނާގެ އެސިސްޓަންޓް ކޯޗެކެވެ. ނެދަލެންޑްސް ގައުމީ ޓީމުގެ މިހާރުގެ ކޯޗު ކޫމަން ވަނީ މާދަމާރޭ އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗުގައި އުމުރުން 18 އަހަރުގެ ޖަސްޓިން ކްލައިވަޓަށް ފުރުސަތުދޭން ވަނީ ނިންމައިފަ އެވެ.
"އަހަރެން ދުށިން އުމުރުން 18 އަހަރުގައި ޕެޓްރިކް (ކްލައިވަޓް) ކުޅުނުތަން. މިހާރު އެބަފެނޭ ޖަސްޓިން ކުޅޭތަން. ވަރަށް ބޮޑު ތަފާތެއް އެބަހުރި. ޕެޓްރިކް ކްލައިވަޓަކީ ސެންޓަ ފޯވަޑެއް. އެކަމު އޭނާގެ ދަރިފުޅު ޖަަސްޓިން މި ފެންނަނީ އެޓޭކުގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ކުޅުންތެރިޔެއްގެ ގޮތުގައި. އަހަރެންގެ ނަޒަރުގައި އެ އުމުރުގައި މި ދެ މީހުން އަޅާކިޔަންޏާ ކޮންމެ ކޯޗެއް ވެސް ނަގާނީ ޖަސްޓިން،" ކޫމަން ބުންޏެވެ.
ދާދި ފަހުން ޕެޓްރިކް ކްލައިވަޓް ވަނީ އޭނާގެ ދަރިފުޅު ޖަސްޓިން އަށް މީޑިއާ އިން މާ ބޮޑު ޕްރެޝަރެއް ކުރިމަތިވާން ނޭދޭ ކަމަށް ބުނެފަ އެވެ.
"މަޝްހޫރު ކުޅުންތެރިއެއްގެ ދަރިއަކަށް ވުމަކީ މީޑިއާގެ ސަމާލުކަން ލިބޭނެ ކަމެއް. އެކަމަކު ޖަސްޓިން ކުޅޭ މޮޅު ކުޅުމުގެ ސަބަބުން އޭނާ އަށް ތަފާތު ޕްރެޝަރެއް އަންނަން އަހަރެން ބޭނުމެއް ނުވޭ،" ޕެޓްރިކް ކްލައިވަޓް ބުންޏެވެ.
ޖަސްޓިން އަންނަނީ މި ސީޒަނުގައި އަޔެކްސް އަށް ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. މިދިޔަ ނޮވެމްބަރު މަހު އޭނާ ވަނީ އަޔެކްސް އާއި ރޮޑާ ކުޅުނު މެޗުގައި ހެޓްރިކެއް ހަދައިފަ އެވެ.
ދަތުރުގެ ތާށިކަން ނެދަލެންޑްސް އަށް މައްސަލައަކަށް ނުވާނެ: ކޫމަން
ބްރެޒިލް އާއި ނެދަލެންޑްސް ކޯޗު މަގާމުން ވަކިވެއްޖެ
ވެން ޑައިކަށް ޔޫރޯގައި ކުޅެވޭނެ: ކޫމަން
ބާސެލޯނާގެ ކޯޗަކަށް ކޫމަން ހަމަޖައްސައިފި
ބާސާގެ އޮފާ އަށް ވުރެ ކޫމަނަށް ނެދަލެޑްންސް މުހިއްމު
ކޫމަން ގެންދަން ބާސެލޯނާ އިން ބޮޑު އަގެއް ދައްކަންޖެހޭ
ޖަރުމަނުން އާ ޖީލެއް، ފެށީ އިތުބާރާ އެކު
ވަޓްކިންސް ފަހުވަގުތު ޖެހިގޯލުން އިންގްލެންޑް ފައިނަލަށް
ފަހަތުން އަރައި ތުރުކީ ބަލިކޮށް ނެދަލެންޑްސް ސެމީ އަށް
ރޮމޭނިއާ ބަލިކޮށް ނެދަލެންޑްސް ކުއާޓާ އަށް