Roadha Mihaaru
ދަތުރުގެ ތާށިކަން ނެދަލެންޑްސް އަށް މައްސަލައަކަށް ނުވާނެ: ކޫމަން

ނެދަލެންޑްސްގެ ޓީމު ތާށިވެ ދަތުރަށް ބުރުއަރައިފި؛ އެކަމަކު ކުޅުންތެރިން ވަރުބައްޔެއް ނޫން: ކޫމަން

10 ޖުލައި 2024

ންޑް (ޖުލައި 10) – ޔޫރޯގެ ސެމީ ފައިނަލްގެ ދެވަނަ މެޗު ކުޅޭ ޑޯޓްމެންޑް ސިޓީ އަށް ނެދަލެންޑްސްގެ ޓީމު ކުރި ދަތުރަށް ބުރޫ އަރައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ންޑް (ޖުލައި 10) – ޔޫރޯގެ ސެމީ ފައިނަލްގެ ދެވަނަ މެޗު ކުޅޭ ޑޯޓްމެންޑް ސިޓީ އަށް ނެދަލެންޑްސްގެ ޓީމު ކުރި ދަތުރަށް ބުރޫ އަރައިފި އެވެ.

ޖަރުމަނުގައި، ކުރިއަށްދާ މުބާރާތުގައި ނެދަލެންޑްސްގެ ޓީމު ކޭމްޕްކޮށްގެން ތިބީ ވްލްފްސްބާގްގަ އެވެ. އިންގްލެންޑާ ދެކޮޅަށް މިރޭ، ނެދަލެންޑްސް ކުޅޭ ސެމީ ފައިނަލްގެ މެޗު ކުޅޭނީ ޑޯޓްމެންޑް ފުޓްބޯލް އެރީނާގަ އެވެ.

ވުލްފްސްބާގުން ޑޯޓްމެންޑަށް ވައިގެ މަގުން ދަތުރު ކުރަން އޮތް ރޫޓް ބަންދުވުމުމުން އެ ޓީމަށް ޖެހުނީ ދަތުރު ކެންސަލް ކުރާށެވެ. ދަތުރު ކެންސަލް ނުވި ނަމަ އިއްޔެގެ ހެނދުނު އެ ޓީމަށް ޑޯޓްމެންޑަށް ދެވޭނެ އެވެ.

ފަހުން ދަތުރުކުރެވޭ ގޮތް ހަމަޖެހުނެވެ. އެކަމަކު އެ ޓީމަށް ހޮޓަލަށް ދެވުނީ ރޭގެ ވަގުތެއްގަ އެވެ. ދަތުރަށް ބުރޫ އެރުމުން ޔޫއެފާ އަށް ޖެހުނީ ނެދަލެންޑްސްގެ ޓީމުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސް ވެސް ކެންސަލް ކުރާށެވެ.

ފަހުން ޔޫއެފާގެ ވެބްސައިޓަށް ދިން އިންޓަވިއުގައި ކޫމަން ބުނީ ދަތުރުގެ ތާށިކަން އެ ޓީމަށް މައްސަލައަކަށް ނުވާނެ ކަމަށެވެ.

"އެއީ މައްސަލައެއް ނޫން. (އިއްޔެ) ގެ މެންދުރު ފަހު އަހަރެމެންނަށް ރަނގަޅަށް އަރާމުކޮށްލެވުނު. ފްލައިޓްގައި އަހަރެމެން ހޭދަ ކުރީ އެންމެ 30 މިނެޓް. ހޮޓަލަށް އައީ، މިރޭ [ރޭގައ،" ކޫމަން ބުންޏެވެ.

މިރޭގެ މެޗަކީ އިންގްލެންޑާއި ނެދަލެންޑްސް ބޮޑު މުބާރާތްތަކުގައި ބައްދަލު ކުރާ ހަތަރު ވަނަ މެޗެވެ. މީގެ ކުރިން ކުޅުނު ތިން މެޗުގެ ތެރެއިން ކޮންމެ ޓީމަކުން ވަނީ އެއް މެޗު ކާމިޔާބުކޮށްފަ އެވެ.

ކޫމަން ބުނީ ދެ ޓީމުގެ ދެމެދުގައި މާބޮޑު ތަފާތެއް ނެތް ކަމަށެވެ. މެޗުގައި ދެ ޓީމަށް ވެސް އޮތީ ހަމަހަމަ ފުރުސަތެއް ކަމަށް ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް މަސައްކަތް ކުރި ކޫމަން ބުންޏެވެ.

"އެކަމަކު މޮޅުވަންޏާ އަހަރެމެން ބޭނުން ވަނީ ރަނގަޅު ގޭމެއް ކުޅެން. އެ ޓީމުގައި ވަކިވަކި ކުޅުންތެރިންގެ ފެންވަރު ރަނގަޅު. އެކަމަކު ދެ ޓީމު ވެސް ވަރަށް ވަރުގަދަ. މެޗު ވާނެ ފޯރިގަދަ މެޗަކަށް،" ކޫމަން ބުންޏެވެ.

އިންގްލެންޑް ސެމީ ފައިނަލަށް ދަތުރު ކުރީ ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗު އިތުރު ވަގުތުގެ ދެ ހާފު ވެސް ކުޅެ ޕެނަލްޓީ ޖަހައިގެންނެވެ. އެކަމަކު ނެދަލެންޑްސް ވަނީ ކުއާޓާގައި ތުރުކީއާ ދެކޮޅަށް ކުޅެ މެޗުގެ ފުރިހަމަ ވަގުތުގައި މޮޅުވެފަ އެވެ.

އިންގްލެންޑުން ގިނަ ވަގުތުތަކެއް އިތުރަށް ކުޅެފައި ވުމުން، މިރޭގެ މެޗުގެ ފަހު ވަގުތަށް ތަފާތަކަށް ވެދާނެ ކަމަށް ކޫމަން ބުންޏެވެ.

"އަހަރެމެން ވަރަށް ތޫނުފިލިކޮށް މި ތިބީ މެޗަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން. އަދި އެ ޓީމާ ދެކޮޅަށް ރަނގަޅު މެޗެއް ކުޅޭނަން،" އޭނާ ބުންޏެވެ.

މިރޭގެ މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.